A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ހިމެނޭ ސަރަހައްދަށް މިއަދު ދެވަނަ ފަހަރަށް މޫސުމީ ރީނދޫ ސަމާލު ނެރެފި

މިއަދު އެންމެ ފަހުން ނެރެފައިވާ މޫސުމީ ޔެލޯ އެލާޓް.

ފުވައްމުލައް ހިމެނޭ ސަރަހައްދަށް މިއަދު ދެވަނަ ފަހަރަށް މޫސުމީ ރީނދޫ ސަމާލު ނެރެފިއެވެ. އެންމެ ފަހުން ނެރުނު ޔެލޯ އެލާޓްގައި ވަނީ މިރޭ 8:00 އިން 12:00 އަށް ފުވައްމުލައް ހިމެނޭ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި މޫސުން ގޯސްވާނެކަމަށެވެ.

އެގޮތުން މިރޭ ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ. އާއްމު ވައިގެ ބާރުމިން 28-35 މޭލާއި ދެމެދުގައި ހުންނާނެކަމަށް ފާކުރެވޭއިރު ކޮޅިގަނޑުގައި 55 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެއެވެ. އެންމެ ފަހުގެ ޔެލޯ އެލާތް ނެރެފައިވަނީ ކ.އަތޮޅުން ފެށިގެން އައްޑު އަތޮޅައި ދެމެދުގެ ރަށްތަކަށެވެ.

މީގެ ކުރިން މިއަދު ހެނދުނު ވެސް ވަނީ ތ. ކޮޅުމަޑުލުން ފެށިގެން އައްޑުއާއި ދެމެދުގެ އަތޮޅުތަކަށްވެސް ރީނދޫ ސަމާލު ނެރެފައެވެ. އަދި އެއިގެ ފަހުން ހަވީރު ވަނީ 4؛00 އިން މިރެއަށް ވައިޓް އެލާޓްވެސް ނެރެފައެވެ.

މިއަދު ހެނދުނުގެ މޫސުމީ ޔެލޯ އެލާޓް

އިއްޔެ ފުވައްމުލަކަށް މޫސުން ގޮސް ނޫން ނަމަވެސް މިއަދު ފުވައްމުލަކަށް ވާރޭވެހި އާއްމު ކަންކަމަށް ބުރޫ އަރާފައިވާކަމުގެ މައުލޫމާތު ލިބިފައި ވެއެވެ. އެގޮތުން މިއަދު ހަވީރު ކުޅެން އޮތް އަހންހުނުގެ ހެންޑްބޯލަ މުބާރާތުގެ ސެމީފައިނަލް 2 ވަނަ މެޗު ވާރޭގެ ސަބަބުން ވަނީ މާދަމައަށް ލަސް ކޮށްފައެވެ.

މީސުމީ ޔެލޯ އެލާޜްތ ނެރެފައވާތީ ފުވައްމުލަކުގެ ރައްޔިތުން، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ފުވައްމުލައް ސިޓީ ކައުނސިލުން އެދިފައިވެއެވެ. އަދި މުސުން ގޯސްވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ފުވައްމުލައް ސިޓީ ކައުންސިލްގެ އިމަޖެންސީ ނަމްބަރު 7315001 އަށް ގުޅުއްވައި ރިޕޯރޓް ކުރެއްވުމަށް އާއްމު ނޯޓިސް ނެރެފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !