ފުވައްމުލަކު އުތުރު ކޮޅުން ދަދިަމގު ކުޅިގެ ބައެއް މިއަދު ހެނދުނު އަނދައިފިއެވެ. މިއަދު އަންދާފައި ވަނީ ކިޅީގެ ދަޑިމަގާއި ވީ ފަޅިން ‘ރެކިބެއަގެ’ ހިސާބުން ބިއްދޮށު ކަމަށްވެއެވެ.
މިކަލް ނޫހަށް ދާދި ދެންމެއަކު މައުލޫމާތު ލިބުނު ގޮތުގައި މިހާރު ވަނީ އަލިފާންގަޑި ކޮންޓްރޯލް ކުރެވިފައެވެ. މިއަދުގެ އަލިފާނަކީ ވެސް ބޮޑަށް ބެލެވޭ ގޮތުގައި ކޮންމެވެސް ބަޔަކު ރޯކޮށްލާފައިވާ އަލިފާނެކެވެ.
މިއަދު ހެނދުނު އަނދާފައި ވަނީ ވީދަދު ސަރހައްދުން ބައެއް ކަމަށް މައުލޫމާތު ލިބެފައެވެ. ވީދަޑަކީ ފުވައްމުލަކު ކުޅިތަކާއި ގުޅިފައިވާ ޗަސްބިން ސަރހައްދަށް ފުވައްމުލަކު މީހުން ކިޔާ ނަމެވެ.
ގިނައިން މިސަރަހައްދުގައި އަލިފާނުގެގެ ހާދިސާތައް ހިނގަނި އިރުވައި މޫސުމުގައެވެ. ހޫނު މޫސުމުގައި ވީދަޑުގެ ބޮޑު ބައެއްގައިވާ ‘ލޮންސި’ އާއި ‘ހައު’ ގަސްތަކުގެ ބުޑުން ބޮޑު ބައެއް ހިކިފައި ހުރުމުުންނާއި މާކެޔޮގަސްތަކާއި އެނޫން ވެސް ގަސްތަކުގައި އަލިފާން ހިފާ ޒާތުގެ ބާވަތްތައް ގިނަ އަދަދަކަށް ހުރުމުން، ރޯކޮށްލާ އަލިފާންގަނޑު ވަރަށް ފަސޭހައިން ކޮންޓްރޯލުން ނެއްޓިގެން ދާގޮތް މެދުވެރިވެއެވެ.
ބައެއްފަހަރާ މިފަދަ އަލިފާންގަޑު ރޯކުރަނީ މަޖަލަކަށް ހަދައިގެން ޒުވާން ފުރައިގެ ކުދިންނެވެ. ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިގޮތަށް ރޯކުރާ އަލިފާން ފެތުރި ކޮންޓްރޯލް ނުކުރެވި ގޮސް މީހުން ދިރިއުޅޭ ގެތަކަށް ވެސް ކުރިން ގެއްލުން ލިބިފައި އެބަހުއްޓެވެ.
މީއީ ހޭލުންތެރިވެ، މިކަމުގައި ނުރައްކަލާއި މެދު ވިސްނައި ހުއްޓާލަން ޖެހިފައިވާ ނޭދެވެ އަމަލެކަމަށް ބުނެ ފުވައްމުލަކުގެ ގިނ ަބަޔަކު އަންނަނީ ސޯޝަލް މީޑީއާގައި ވެސް މިކަމާއި ދެކޮޅަށް ޝުޢޫރު ފާޅުކުރަމުންނެވެ.
ޚިޔާލުތައް
nEcApAkAwi fayA sqTECAnqge bahewq himanAli nama. wemIhunq fOnaSq Java u ނުދެނީތަ؟