A wide advertisement which will be shown on all devices. (700 x 100)

ޔުނެސްކޯ ބައޯސްފެއަރ ރިޒާވްއަކަށް ފުވައްމުލައް ވަނީ

ފުވައްމުލައް ކިޅި ސަރހައްދު ޔުނެސްކޯ ބައޯސްފެއަރ ރިޒާވަކަށް ވެގެން ދަނީ

ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) ބައޮސްފެއަރ ރިޒާވް އެއްގެ ލަގަބު ފުވައްމުލަކަށް މި އޮކްޓޯބަރު މަހު 28 ގައި ލިބޭނެ ކަމުގެ ޚަބަރު ލިބިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

މި ލަގަބު ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ އަށް ރަސްމީކޮށް ދިނުމަށް ހަމަޖެހިފައި ވަނީ މި އޮކްޓޯބަރު މަހު 28 ގައި ބާއްވާ ޔުނެސްކޯގެ “މެން އެންޑް ބައޯސްފެއަރ އިންޓަނޭޝަނަލް ކޯޑިނޭޝަން ކައުންސިލް” ބައްދަލުވުމުގައެެވެ.

ފުވައްމުލައް ކިޅި ސަރަހައްދު ގައި ހަދާފައިވާ ބޯޑްވޯކް އަދި ހަޓެއް – ޔުނެސްކޯ ބައޯސްފެއަރ ރިޒާވަކަށް ވެގެން ދަނީ

ރާއްޖޭގައި މިހާރު ގާއިމުކުރެވިފައިވާ ހަމައެކަނި ޔުނެސްކޯގެ ބައޯސްފެއަރ ރިޒާވަކީ ބ.އަތޮޅުގައި ގާއިމުކުރެވިފައިވާ ރިޒާވް އެވެ.

މި މިބައްދަލުވުމުގައި ކަންކަން ނިމެންވާއިރަށް ކުރިޔަށް ހުރި މަރުހަލާތަކުގައި ކަންކަން ކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކަމާގުޅޭ އިދާރާތަކާއެކު ވެބިނާ (އޮންލައިން ސެމިނާރެއް) ބޭއްވުމަށް ހަމަޖައްސާފައި ވެއެވެ. އެގޮތުން މި ވެބިނާރ އަކީ އެންވަޔަރމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި ބ.އަޮޅު ބައިޯސްފެއަރ ރިޒާވް އާއިއެކު ތިމާވެއްޓާ ބެހޭ މިނިސްޓްރީން، “ޒޫމް” މެދުވެރިކޮށް ކުރިޔަށްގެންދާ ވެބިނާރ އެކެވެ. މި ވެބިނާގައި ފުވައްމުލައް ސިޓީގެ ފަރާތުން ވެސް ބައިވެރިވާނެއެވެ.

މި ވެބިނާރގެ މައިގަނޑު މަގުސަދަކީ ބައޯސްފެއަރ ރިޒާވްއަކަށް ވުމުން ފުވައްމުލަކަށް ލިބިގެދާނެ ފުރުސަތުތައް ހިއްސާ ކުރުމާއި، ބައޯސްފެއަރ ރިޒާވްގެ 10 އަހަރު ދުވަހުގެ އެކްޝަން ޕްލޭން އާއި ބައޯސްފެއަރ ރިޒާވްގެ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް މަޝްވަރާކުރުން ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ބ.އަތޮޅު ހަނިފަރުގައި ހަދާފައިވާ ޔުނެސްކޯ ބައޯސްފެއަރ ރިޒާވް – ފަތުރުވެރިންނާއި ޑައިވަރުންގެ ސަމާލުކަން ލިބިފައިވޭ.

މީގެ އިތުރުން ބ.އަތޮޅު ބައޯސްފެއަރ ރިޒާވްގެ ތަޖުރިބާ، ބ.އަތޮޅު ކައުންސިލާއި ބ.އަތޮޅު ހަނިފަރު ބޭގައި ގާއިމުކޮށްފައިވާ ބައޮސްފެއަރ ރިޒާވް ހިންގާ ފަރާތްތަކުން ހިއްސާކުރާގޮތަށް ހަމަޖެހިފައި ވެއެވެ.

އެގޮތުން މި ވެބިނާރ ގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފުވައްމުލައް ސިޓީ ކައުންސިލްގެ ނަމަބަރު 7487900 އަށް ގުޅުއްވައި ނަން ނޯޓުކުރުމަށް އެދިފައިވެއެވެ. އަމިއްލަ ޖަމްއިއްޔާތަކާއި ސަރުކާރު އަދި /އަމިއްލަ ކުންފުނިަތކާއި، މަސްވެރިން، ދަނޑުވެރިން، ދިވެހި ބޭސް ވެރިން، އަދި ފަތުރުވެރިކަމުގެ ދާއިރާގެ މީހުންގެ އިތުރުން އާއްމު ރައްޔިތުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ވަނީ ހުޅުވާލާފައެވެ.

ފުވައްމުލައް ކިޅި ސަރަހައްދު ޔުނެސްކޯ ބައޯސްފެއަރ ރިޒާވަކަށް ވެގެން ދަނީ

މިއަހަރު ޖެނުއަރީ މަހުގެ ތެރޭގައި ފުވައްމުލައް ސިޓީގެ ކިޅި ސަރަހައްދުތައް ޔުނެސްކޯ ގެ ބައޯސްފެއަރ ރިޒާވްއަކަށް ހެދުމާއި ގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ފުވައްމުލައް ސިޓީ ކައުންސިލްގައި ބާއްވައިފައި ވެއެވެ.

އެގޮތުން ކަނޑައެޅޭ ސަރަހައްދުތައް ހިމާޔަތްކުރުމުގެ މެނޭޖްމެންޓް ޕްލޭނެއް ހަދަން ޖެހެއެވެ. އަދި މިކަމަށް ޔުނެސްކޯގެ ޓެކްނިކަލް އެހީ ލިބިގެންދިއުމުގެ އިތުރުން މިތަންތަނުން ބެލެހެއްޓުމަށް ފީއެއް ނެގިގެންދާނެ ކަމަށްވެއެވެ. މީގެ އިތުރުން ހިމާޔަތްކުރާ ސަރަހައްދުތައް އިޝްތިހާރުކުރެވި ފަތުރުވެރިކަމުގެ ގޮތުން މާކެޓް ކުރެވިގެންދާނެކަމަށް ވެއެވެ.

ޔުނެސްކޯގެ ބައޯސްފިއަރ ރިޒާރވް އަކަށް ފުވައްމުލައް ހެދުމުގެ މަޝްވަރާ 2020 ޖެނުއަރީ މަހު ފުވައްމުލައް ސިޓީ ކައުންސިލްގައި

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !