A wide advertisement which will be shown on all devices. (700 x 100)

ޔުނެސްކޯ ބައޯސްފެއަރ ރިޒާވަކަށް ފުވައްމުލައް ސިޓީ ހަމަޖައްސައިފި

ޔުނެސްކޯ ބައޯސްފެއަރ ރިޒާވަކަށް ކަނޑައެޅި ފުވައްމުލައް 3 ސަރަހައްދު. 28 އޮކްޓޯބަރު 2020

ޔުނެސްކޯ ބައޯސްފެއަރ ރިޒާވްއަކަށް މުޅި ފުވައްމުލައް ސިޓީ އާއި ފުވައްމުލަކު ފަރުގެ ބައެއް މިއަދު (އޮކްޓޯބަރު މަހު 28 ގައި) ހަމަޖައްސައިފިއެވެ. ބައޯސްފެއަރ ރިޒާވް އެއްގެ ލަގަބު ފުވައްމުލަކަށް ލިބިގެންދިޔައީ މިއަދު އޮންލައިކޮށް ކުރިޔަށްގެންދިޔަ ޔުނެސްކޯގެ 32 ވަނަ އިންޓަރނޭޝަނަލް ކޯޑިނޭޝަން ކައުންސިލްގެ “މޭން އެންޑް ދި ބައޯސްފެއަރ ޕްރޮގްރާމް” ގެ ބައްދަލުވުމުގައެވެ.

މި ރަސްމިއްޔާތަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އެގޮތުން މިކަމަށް ޚާއްސަ ރަސްމިއްޔާތެއް ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައި ކުރިޔަށް ގެންގޮސްފައި ވެއެވެ.

ފުވައްމުލައް 3 ސަރހައްދެއް ޔުނެސްކޯ ބައޯސްފެއަރ ރިޒާވަކަށް ވުމުގެ ރަސްމިއްޔާތުގައި. 28 އޮކްޓޯބަރު 2020

މިރަސްމިއްޔާތުގައި ސިޓީ ކައުންސިލްގެ މެމްބަރުންނާއި ރަށުގެ އިސްފަރާތްތަކާއި ދައުވަތު ދައުވަތު އެރުވުނު ފަރާތްތަކުން ބައިވެރިވެފައި ވެއެވެ. މި ރަސްމިއްޔާތުގައި ފުވައްމުލަކު ސްކޫލަތަކުގެ ކުދިންގެ އައިޓަމްތަކެއް ވެސް ވަނީ ލައިވްކޮށް ކުރިޔަށްގެން ގޮސްފައެވެ.

ފުވައްމުލައް 3 ސަރހައްދެއް ޔުނެސްކޯ ބައޯސްފެއަރ ރިޒާވަކަށް ވުމުގެ ރަސްމިއްޔާތުގައި. 28 އޮކްޓޯބަރު

މުޅި ފުވައްމުލައް ސިޓީ ޔުނެސްކޯ ބައޯސްފެއަރ ރިޒާވް އަކަށް ކަނޑައާޅަފއިވާ އިރު މައި ސަރަހައްދުގެ(ކޯރ އެރިއާ) ގޮތުގައ ކަނޑައަޅާފައިވާ 3 ސަރަހައްދަކީ ފުވައްމުލަކު ބަންޑަރަ ކިޅި ސަރަހައްދާއި، ދަޑިމަގި ކިޅި ސަރހައްދުގެ އިތުރުން ފަރިކެޑެ (ކެޑެމޫލެ ފަރު) ސަރަހައްދެވެ. ޔުނެސްކޯ ބައޯސްފެއަރ ރިޒާވްގެ ގޮތުގައި މިއަދު ކަނޑައެޅި ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގެ ތަންތަނާއެކު ރާއްޖޭގައި ޔުނެސްކޯ ބައޯސްފެއަރ 3 ރިޒާވް ހަމަވީއެވެ. އަނެއް ތަނަކީ ބ.އަތޮޅު ހަނިފަރުއެވެ.

ފުވައްމުލައް 3 ސަރހައްދެއް ޔުނެސްކޯ ބައޯސްފެއަރ ރިޒާވަކަށް ވުމުގެ ރަސްމިއްޔާތުގައި. 28 އޮކްޓޯބަރު

ދިވެހިރާއްޖެއިން ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ވެސް ރަސްމީކޮށް ޔުނެސްކޯ ބައޮސްފެއަރ ރިޒާވް އެއްގެ ލަގަބު މިއަދު މިވަނީ ލިބިފައެވެ. މީގެ އިތުރުން ޔުނެސްކޯގެ މި ބައްދަލުވުމުގައި ވަނީ އެހެން ބައެއް ގައުމުތަކުން ވެސް ބައޯސްފެއަރ ރިޒާވްއަކަށް ހެދުމަށް ހުށަހެޅި ޕްރޮޕޯޒްލްތައް އެޕްރޫވްކޮށްފައެވެ. އެގޮތުން ބްރުކީނާފެސޯ އާއި ނައިޖާރ، ބެނިން އަދި ހެއިޓީގެ އިތުރުން އެހެން ބައެއް ގައުމުތައް ވެސް ހިމެނެއެވެ. މީގެތެރޭގައި ބައޯސްފެއަރ ރިޒާވްގެ ސަރަހައްދަށް ބަދަލުއައިސްގެން ފާސްކުރި 4 ތަނަކާއި ނަން ބަދަލުކުރި އެއްތަނާއި އިތުރު މައުލޫމާތު ހުށަހެޅުމަށް އެދިފައިވާ 2 ތަނެއްގެ އިތުރުން މުޅިން އަލަަށް ބައޯސްފެއަރ ރިޒާވްއަކަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް އެޕްރޫވް ކުރުން ވެސް އޮތެއެވެ.

ފުވައްމުލައް ކިޅި ސަރަހައްދު ގައި ހަދާފައިވާ ބޯޑްވޯކް އަދި ހަޓެއް – ޔުނެސްކޯ ބައޯސްފެއަރ ރިޒާވަކަށް ވެގެން ދަނީ

ބައޯސްފެއަރ ރިޒާވްއަކީ އެތަނެއްގައިވާ މާހައުލާއި ގުދުރަތީ ވަސީލަތްތައް ރަނގަޅު ގޮތުގައި ބޭނުންކުރާ އަދި އިންސާނުންނާއި މާހައުލާއި ގުޅިފައިވާ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރާ ތަންނަށް ޔުނެސްކޯއިން ދޭ ލަގަބެކެވެ.

ބައޯސްފެއާރ ރިޒާވްއަކަށް ވުމުން އެތަން ބޭނުންކުރުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކެއް ވެއެވެ. އަދި އެތަނުގެ ދިރުންތައް ދެމެހެއްޓުމަށާއި އެތަނުގެ ތިމާވެއްޓަށް ގެއްލުން ލިބޭ ކަންތައްތައް ކުރުން ހުއްޓުވޭނެއެވެ. އެއާއެކު އެތަނަކީ ދުނިޔޭގެ ފެންވަރުން ލިސްޓް ކުރެވިފައިވާ ސަރަހައްދަކަށް ވުމުން އެތަން ބެލުމަށް ޒިޔާރަތްކުރުމަށް ފަތުރުވެރިންގެ ސަމާލުކަން ލިބިގެން ދެއެވެ.

ފުވައްމުލައް ކިޅި ސަރަހައްދު ޔުނެސްކޯ ބައޯސްފެއަރ ރިޒާވަކަށް ކަނޑައަޅާއިފި

ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގައި ޔުނެސްކޯ ބައޮސްފެއަރ ރިޒާވް އެއް ގާއިމުކުރުވުމުން ތިމާވެއްޓާއި ބެހޭ މިނިސްިޓރީން އެ ދެ ކައުންސިލަށް މަރުހަމބާ ދަންނަވާފަފައި ވެއެވެ.

ތިމާވެއްޓާއި ބެހޭ މިނިސްޓރީގެ ޓްވީޓް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !