ފުވައްމުލައް ސިޓީގައި އަހަރުތަކެއް ވަންދެން ރަށުން ބޭރު ނުކުރެވި ގިނަވެފައިވާ ކުނިތައް ރަށުން ބޭރުމުމުގެ މަސައްކަތް، ވެމްކޯއާއ، އެމްދަބްލިޔު އެސީ އާއި އެމްޓީސީ އަދި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ފަށައިފިއެވެ.
އެގޮތުން ބޭރުކުރާ ކުނި ނައްތާލުމަށް އަދި ރިސައިކަލް ކުރުމަށް ގެންދިއުމަށް ހަަމަޖެހިފައިވަނީ ތިލަފުއްޓަށެވެ. އެގޮތުން ގެންދެވޭ ކުނިތަކުގެ ތެރޭގައި ޕްލާސްޓިކްގެ ބާއްވަތްތަކާއި މައުދަނުގެ ކުނީގެ ބާއްވަތްތައް ހިމެނެއެވެ.

ފުވައްމުލަކުން ބޭރުކުރުމަށް ތައްޔާރުކުރެވިފައިވާ ކުނިތައް ބޯޓަށް ލޯޑް ކުރުމަށް ގެންދަނީ
ފުވައްމުލަކު ބަނދަރަށް ގިނަ އަދަދަކަށް ކުނިތައް ތަރުތީބުކޮށް ބަނޑަލް ކޮށް ޖަމާކުރެވިފައި ހުންނަތީ ގިނަ ދުވަސްތަކެއް ފަހުން މިތަކެތި ރަށުން ބޭރުކުރެވޭ ގޮތް ހަމަޖެހިގެން ދިއުމުން އެކަމަށް ގިނަ ފަރާތްތަކުން ހިތްހަމަޖެހުމުގެ ޝުއޫރުތައް ފާޅުކުރަމުން ދެއެވެ.
ފުވައްމުލައް ސިޓީގެ ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތް 1 ފެބްރުއަރީ 2018 އިން ފެށިގެން ދެމުން އަންނަނީ ވެމްކޯ އިންިނެވެ. އެގޮތުން ގޭބިސީން އުފެދޭ ކުނި ނަގާދެނީ ހަފުތާއަކު 3 ދުވަހު މަހަކަށް 100 ރުފިޔާއަށެވެ. އެހެން ބާވަތްތަކުގެ ކުނި ނެގުން އޮންނަނީ އެކަމަށް އެދުމުން ކަނޑައެޅޭ އުސޫލެއްގެ މަތިން އަގު ނަގާގޮތަށެވެ. ވެމްކޯއިން ނަގާ ކުނި ގެންގޮސް ޖަމާކުރަނީ ފުނާޑު އަވަށު ސަރަހައްދުގައި ހުންނަ ކުނިކޮށްޓަކަށެވެ.

ފުވައްމުލަކު ކުނި ކޮށި – މަތިން. ފޮޓޯ؛ ހުސޭން ރަޝީދު
ތިމާވެއްޓަށް ގެންލުން ކުޑަ ގޮތެއްގައި ބައެއް ޒާތުގެ ކުނިތައް ކުނިކޮށީގައި ނައްތާލުމުގެ މަސައްކަތް ކުރުމަށް ވާހަކަ ދެކެވިފައި ވެއެވެ. އަދި ބައެއް ޒާތުގެ ކުނިއެންދުމަށް އިންސިނަރޭޓާ ބަހައްޓާ ގޮތަށް ވެސް ހަމެޖެހިފައި ވެއެވެ. ނަމަވެސް މިތަކެތި ބަހައްޓާފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

ވެމްކޯއިން ފުވައްމުލަކު ގޭބިސީތަކުން އުފެދޭ ކުނި ނެގުމަށް ހަމަޖެހިފައިވާ ތާވަލް 2020
ޚިޔާލުތައް