އެރައިޒް (އެކްސެލެރޭޓިން ރިނިއުއަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ) މަޝްރޫއުގެ ދަށުން ފުވައްމުލައް ސިޓީގައި ގާއިމުކުރާ ސޯލާ ހަކަތައިގެ ނިޒާމްއާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.
މިބައްދަލުވުން އޮތީ ފުވައްމުލައް ސިޓީ ކައުންސިލްގެ ޖަލްސާކުރާ ކޮޓަރީގައެވެ. މިބައްދަލުވުމުގައި ބައިވެރިވީ މޭޔަރު އިސްމާއީލް ރަފީގު އާއި ސިޓީ ކައުންސިލް މެމްބަރުންނާއި ކައުންސިލްގެ އިދާރީ އިސްބޭފުޅުންގެ ިއތުރުން ތިމާވެއްޓާއި ބެހޭ މިނިނސްޓްރިއާއި ވޯލްޑް ބޭންކްގެ ފަރާތުންނެވެ.
މިއީވޯލްޑް ބޭންކާއި އެންވަޔަރުމަންޓް މިނިސްޓްރީ ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓްގެ ދަށުން 2 މެގަ ވޮޓްގެ ކަރަންޓް އުފެއްދޭނެ ކަމަށް ސިޓީ ކައުންސިލުން ހހާމަކުރެއެވެ. މިޕްރޮޖެކްޓްގެ ސޯލާ ޕެނަލްތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައެވެ.

އެރައިޒް މަޝްރޫއާއި ގުޅޭގޮތުން މިއަދު ބޭއްވި ބައްދަލުވުން 2022
މީގެ ކުރިން 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ވެސް މިޕްރޮޖެކްތަށް ފުވައްމުލައް ސިޓިގައި ހަރަޚާތްތެރިވާ ޖަމްއިއްޔަތަކުގެ ޚޮޔާލު ޙޯދުމުގެ ބައްދަލުވުމެއް ބާއްވާފައި ވެއެވެ. އެބައްދަލުވުމުގައި ބައިވެރިވެފައި ވަނީ އެވެއާ ސޮސައިޓީ އާއި ވަންފުވައްމުލައް އިންވެ.
އޮންލައިންކޮށް ބޭއްވުނު އެ ބައްދަލުވުމުގައި މަޝްރުއާއި ގުޅޭ ގޮތުން ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރިޔަށްގެންދިޔަ ސާވޭގެ ނަތީޖާ ހިއްސާކޮށްފައި ވެއެވެ.

އެރައިޒް މަޝްރޫއާއި ގުޅޭގޮތުން މިއަދު ބޭއްވި ބައްދަލުވުން 2022
މި މަޝްރޫއޫގެ ދަށުން އުފައްދާ ކަރަންޓް ފުވައްމުލަކުގެ ކަރަންޓް ވިއުގައިގެ ތެރެއަށް ދޫކޮށްގެން ސަރުކާރުން ކަރަންޓް ސަބްސިޑީޒްގެ ގޮތުގައި މިހާރު ހޭދަކުރާ ފައިސާއިން 6.3 މިލިޔަން ރުފިޔާ އެހެން ކަންކަމަށް ބޭނުންކުރަން ސަލާމަތް ކުރެވޭނެކަމަށް ތިމާވެއްޓާއި ބެހޭ މިނިސްޓްރީއިން ކުރިން ހާމަކޮށްފައި ވެއެވެ. އަދި އަންދަން ޖެހޭ ޑީސަލް މަދުކުރެވި ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ހަކަތަ ބޭނުންކުރުން އިތުރުކުރެވިގެން ދާނެއެވެ.
ފުވައްމުލަކުގައި މިހާރު އެވްރެޖްކޮށް 3.7 މެގަވޮޓް ކަރަންޓް ބޭނުންކުރާކަމަށް ފެނަކައިގެ މެނޭޖު އަޝްރަފު ނޫމާނު (އައްރާ) ހާމަކުރައްވާފައި ވެއެވެ. މިހާރު ފުވައްމުލަކުގައި 5.6 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެ މިންވަރަށް އިންޖީނު ކެޕޭސިޓީ ހުރިކަމަށާއި އޯފްޕީކް ގަޑީގައި ބޭނުންކުރާނީ 2.9 މެގަވޮޓް ކަމަށެވެ. ނަމަވެސް ކުރިޔަށް އޮތް 25 އަހަރަށް 16 މެގަވޮޓް ކަރަންޓް ފުވައްމުލަކަށް ބޭނުންވާނެ ކަމަށް އަޝްރަފު ހާމަކުރެއްވިއެވެ.

ފުވައްމުލަކުގައި 2023ގައި ކަރަންޓް ބޭނުން ކުރާނެކަމަށް ބެލެވޭ ގޮތް- މައުލޫމާތު ތިމާވެއްޓާއި ބެހޭ މިނިސްޓްރީ
މިހާރު އޮފްޕީކްގަޑީގައި ފުވައްމުލަކަށް ބޭނުންވާ 2.9 މެގަވޮޓްގެ ތެރެއިން އެރައިޒް މަޝްރޫއުން 2 މެގަވޯޓްގެ ކެޕޭސިޓީ އިންސްޓޯލްކޮށްގެން 1.8 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދޭނެ ކަމަށް ބެލެވޭ އިރު، އެއީ މުޅި ފުވައްމުލަކަށް ބޭނުންވާ ހަކަތައިގެ ގާތްގަޑަކަށް %50 އެެވެ.
މިމަޝްރޫޢުގައި ހިމެނޭ މައިގަނޑު 3 ބަޔަކީ ބިމުގައި ސޯލާޕެނެލް ހަރުކޮށްގެން ކަރަންޓް އުފެއްދުމާއި، އެގޮތުން އުފެއްދޭ ކަރަންޓް ބެޓަރީ ނިޒާމެއްގައި ރައްކާކުރުމާއި ކަރަންޓް ގްރިޑް އަޕްގްރޭޑް ކުރުމެވެ. މީގެ ތެރެއިން ބިމުގައި ސޯލާޕެނެލް ހަރުކޮށްގެން ކަރަންޓް އުފެއްދުމުގެ މަރުހަލާގެ ޕްރިބިޑް ކޮލިފިކޭޝަން ވަނީ 2021 ވަނަ އަހަރު ޖެނުއަރީ މަހު ވަނީ ނިންމާފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި މިމަސައްކަތަށް ބިޑްހުށަހެޅުމުގެ މަރުހަލާ ކުރިޔަށް ގެންދެވެނެކަމަށް އޭރު ތިމާވެއްޓާއި ބެހޭ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

ބިންމަތީގައި ސޯލާ ހަކަތަ އުފައްދާ ޕެނަލްތައް ބަހައްޓާފައިވާ ގޮތުގެ މިސާލެއް – ފުވައްމުލަކު އެއަރޕޯޓގައި ވެސް ސޯލާ ޕެނެލް ހަރުކުރެވޭނީ މިކަހަލަ ގޮތަކަށް
މިފަދަ ގިނަ މަޝްރޫއުތަކެއް ހިންގިއްޖެ ނަމަ އާއްމުންގެ ކަރަންޓް ބިލުވެ ކުޑަވެގެންދާނެވެ. އެންމެ ފުރަތަމަ ކަމަކީ ސަބްސިޑީޒްއާއި ނުލައި ކަރަންޓް ފޯރުކޮށް ދިނުމެވެ. އެއިގެ ފަހުން ރައްޔިތުންގެ ކަރަންޓް ބިލް ކުޑަވެގެން ދިއުމެވެ.
+1
+1
ޚިޔާލުތައް