ގޭގައި އިރުން ކަރަންޓް އުފެއްދުމުގެ ނިޒާމު ގާއިމުކުރުމަށް ފެނަކައިން ހުޅުވާލައިފި

ފެނަކައިގެ ސޯލާ ހަކަތަ ޕްލޭން 2022
Share on facebook
Share on twitter
Share on google

އަމިއްލަ މީހުންގެ ގޭގައި އިރުން ކަރަންޓް އުފެއްދުމުގެ ނިޒާމު ގާއިމުކުރުމަށް މިއަދުން (16 ފެބްރުއަރީ 2022) ފެށިގެން ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަށް ދީފައިވާ ނަމަކީ “ފަނަކަ ހޯމް ސޯލާ”ޕްޖެކްޓެވެ.

މިއީ މިނިނސްޓްރީ އޮފް އެންވަޔަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި ގުޅިގެން ފެނަކައިން އިން ހިންގާ ޕްރޮގްރާމެކެވެ. މިއީ 2030 ވަނަ އަހަރަށް ދިވެހި ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސަރުކާރުން ކުރާ ‘ނެޓް ޒިރޯ’ މަސައްކަތުގެ ތެރެއިން އާއްމު ފަރުދުންގެ ހިއްސާގެ ބައިގައި ހިނެގެން ކުރިޔަށްގެންދާ ޕްރޮޖެކްޓެކެވެ.

މި ޕްރޮގްރާމުގައި ގިނަގުނަ ފައިދާ ތަކެއް އެކުލެވިގެންވާކަމަށް ފެންކައިއިން ހާމަކުރެއެވެ. އެގޮތުން ތިމާވެށީގެ ގޮތުން ފެހި ހަކަތަ އުފެއްދި، ތެޔޮއަންދައިގެން ޖައްވަށް ދޫކުރެވެ ވިހަ ގޭސްތައް މަދުކުރެވުމާއި ދިގުމުއްދަތަކުން ކަރަންޓްގެ އަގު ހެޔޮވެގެން ދިއުން ހިމެނެއެވެ.

އާއްމު އުސޫލެއްގެ ގޮތުން ސޯލާ ހަކަތަ އުފެއްދުމަށް ބޮޑު ހޭދައެއް ކުރަން ޖެހުމުން އާއްމު ފަރުދުންނަށް އެކަން ވަނީ ފަށައިގަތުމަށް ތުރާލަކަށް ވެފައެވެ. އަދި ދިގުމުއްދަތު ހޯދެން އޮތް މަންފާ ހޯދުމަށް ވަނީ ހުރަހަކަށް ވެފައެވެ.

ފެނަކައިން ހާމަކޮށްފައިވާ ގޮތުން މި ޕްރޮޖެކްޓްގެ ދަށުްން ހޯމް ސޯލާއަށް ބަދަލުކުރުމުން އެކަމަށް ޚރަދުކުރާ ފައިސާގެ %97 އާއި ހަމަޔަށް އަނބުރާ ލިބޭނެއެވެ. އަދި ސޯލާ (ޕީވީ ސެލް) އަކީ މަރާމާތު ޚަރަދު ކުޑަ ދިގުމުއްދަތަކަށް ބޭނުންކުރެވޭ ވަސީލަތަކަށް ވުމުން އެއިގެ ފައިދާ ހުރިހާ އެންމެނަށް ވެސް ހޯދޭނެއެވެ.

މިޚިދުމަތަށް އެދޭ ފަރާތްތަކުން ފެނަކައިގައި ރަޖިސްޓްރީ ކުރުމުން އެގެއަކަށް ގޮސް ފުރާޅުގެ މިން ބަލައިދީ ކަމާއި ގުޅުން ހުރި މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ހާމަކުރެއެވެ. އަދި އެތަނަކަށް އެނެމް އެކަށޭނަ މިނެއްގެ ސޯލާ ޕެނެލްގެ މައުލޫމާތާއި، އަގުތައް ހުރިގޮތުގެ ތަފުސީލު ހިއްސާކުރެވިގެން ދާނެކަމަށް ހާމަކުރެއެވެ. އެގޮތުން ސޯލާ ޕެނަލް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށޭނީ ދެފަރާތުން އެކަމަށް އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ކަމަށެވެ.

ފެނަކަ ހޯމް ސޯލާ ޕްރޮގްރާމުގެ ދަށުން 9 ޕްލޭނެއް ހަދާފައި ވެއެވެ. އެއީ ފެހި ހަކަތަ 2 ކިލޯވޮޓުގެ 3 ޕްލޭނާއި، ފެހި ހަކަތަ 3 ކިލޯވޮޓުގެ 3 ޕްލޭނާއި ފެހި ހަކަތަ 5 ކިލޯވޮޓުގެ 3 ޕްލޭނެވެ.

ފެހި ހަކަތަ 2 ކިލޯވޮޓް ޕަވާ، އަގު:35 ހާސް ރުފިޔާ

ޕްލޭން 1- 2 އަހަރު، މަހު ފީ 1648ރ.- ޑައުންޕޭމެންޓް 0ރ

ޕްލޭން 2- 3 އަހަރު، މަހު ފީ 1096ރ.-ޑައުންޕޭމެންޓް 2،000ރ

ޕްލޭން 3- 5 އަހަރު، މަހު ފީ 700ރ.-ޑައުންޕޭމެންޓް 3،500ރ

ފެހި ހަކަތަ 3 ކިލޯވޮޓް ޕަވާ، އަގު: 55 ހާސް، ރުފިޔާ

ޕްލޭން 1- 2 އަހަރު، މަހު ފީ 2،448ރ.- ޑައުންޕޭމެންޓް 3،000ރ

ޕްލޭން 2- 3 އަހަރު، މަހު ފީ 1،661ރ.-ޑައުންޕޭމެންޓް 5،000ރ

ޕްލޭން 3- 5 އަހަރު، މަހު ފީ 1،057ރ.-ޑައުންޕޭމެންޓް 7،500ރ

ފެހި ހަކަތަ 5 ކިލޯވޮޓް ޕަވާ، 80 ހާސް ރުފިޔާ

ޕްލޭން 1- 2 އަހަރު، މަހު ފީ 3،554ރ.- ޑައުންޕޭމެންޓް 4،500ރ

ޕްލޭން 2- 3 އަހަރު، މަހު ފީ 2،391ރ.-ޑައުންޕޭމެންޓް 8،000ރ

ޕްލޭން 3- 5 އަހަރު، މަހު ފީ 1،557ރ.-ޑައުންޕޭމެންޓް 10،000ރ

 

މި ޕްރޮގްރާމުގައި ބައިވެރިވެގެން ސޯލާ ހަކަތަ އިން އަމިއްލަ ގޭގެ ކަރަންޓް ބިލް ކުޑަކުރެވި ދާނެއެވެ. އެގޮތުން މަހަކު ކަރަންޓް ބިލުން 500 ރުފިޔާ އާއި 900 އެއްހާ ރުފިޔާ ކުދަކުރެވިގެންދާނެކަމަށް ފެނަކައިގެ މައުލޫމާތުގައި ވެއެވެ.

ނަމަވެސް މި ކުޑަކުރެވުން އަސްލު ފެނިގެންދާނީ ސޯލާ ކަރަންޓް ޕްލޭން ގާއިމުކުރުމަށް ކުރެވުނު ޚަރަދުގެ ބައި އަނބުރާ ދައްކާ ނިމުމުންނެވެ. މި މަޝްރޫއޫން ދިގު މުއްދަތެއްގައި ފެނަކައަށާއި ސޯލާ ކަރަންޓް ގާއިމުކުރާ ގޭގެއަށް ވެސް ފައިދާ ވެގެންދާނެއެވެ. އަދި މުޅި ދައުލަތުން ވެސް ތެލުގެ ސަބްސިޑީއަށް ކުރާ ޚަރަދު ކުޑަވެ ފައިދާ ލިބިގެންދާނެއެވެ.

4.0/5.0 Article rating
2 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments