ފުވައްމުލަކު ހޮސްޕިޓަލުގެ ލޮލުގެ ބަލިތަކަށް ޚާއްސަ ޑޮކުޓަރު ގއ. ގެމަނަފުއްޓަށް ޒިޔާރަތްކޮށްފިއެވެ. ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ގއ.ގެމަނަފުއްޓަށް ޒިޔާރަތްކޮށްފައިވަނީ ފުވައްމުލަކު ހޮސްޕިޓަލުގެ ލޮލުގެ ޚާއްސަ ޑޮކުޓަރު ޑރ ލީލާ ލަކްޝްމަން. ޑރ. ލީލާ ލަކްޝްމަންގެ މިޒިޔާރަތުގައި އެރަށުގެ ހެލްތު ސެންޓަރުގައި ލޮލުގެ މައްސަލަތަކަށް ކޮންސަލްޓޭޝަން ދެއްވިއެވެ. މިމަހު 18 އާއި 19 އާއި ދެދުވަހު ޖުމްލަ 45 ބަލި މީހަކު ޑރ. ލަކްޝަމަން ބެއްލެވިއެވެ. ފުވައްމުލަކު ހޮސްޕިޓަލުން ގއ. ގެމަނަފުއްޓަށް ޒިޔާރަތްކުރައްވާފައިވާއިރު ފުވައްމުލަކު ސިޓީ ކައުންސިލާއި ގއ. އަތޮޅުގެ ރަށު ކައުންސިލްތަކާއި ދެމެދު ގުޅުން ގާއިމުކުރުމަށް ކޮންކޮންފަރެންސް ގއ.ގެމަނަފުށީގައި ވަނީ ބާއްވާފައެވެ.
ގއ.އަތޮޅު ކައުންސިލާއި ފުވައްމުލައް ސިޓީ ކައުންސިލްގެ ދެމެދުގައި މީގެ ކުރިން ވަނި އެއްބަސްމެއް ގާއިމުކޮށްފައެވެ.
ޚިޔާލުތައް