A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ހޮސްޕިޓަލުން ނަގާ ބައެއް ޓެސްޓް ސާމްޕަލްތައް މާލެ ފޮނުވުމަށް މޯލްޑިވްސް ޕޯސްޓްއާއި އެކު އެއްބަސްވުމެއް ގާއިމުކޮށްފި

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު މިއަދު ގާއިމުކުރި އެއްބަސްވުމުގައި ސޮއިކުރައްވަނީ، 24 ސެޕް 2020
ފުވައްމުލަކު ހޮސްޕިޓަލުން ނަގާ ބައެއް ޓެސްޓް ސާމްޕަލްތައް މާލެ ފޮނުވުމަށް މޯލްޑިވްސް ޕޯސްޓްއާއި އެކު އެއްބަސްވުމެއްގައި މިއަދު، 24 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަޙްމަދު އަދުހަމް އެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖަރ، ހެލްތު ސާވިސަސް އަޙްމަދު ސައީދުއެވެ.
މި އެއްބަސްވުމުގެ ދަށުން ފުވައްމުލަކު ހޮސްޕިޓަލުން ނަގާ ބައެއް ސާމްޕަލްތައް މާލޭގެ އައިޖީއެމްއެޗަށް މޯލްޑިވްސް ޕޯސްޓުގެ ފަރާތުން ފޮނުވައިދޭނީ ފާސްޓް ޕޯސްޓު މެދުވެރިކޮށެވެ. އެގޮތުން މާލެ ފޮނުވާނީ ފުވައްމުލަކު ހޮސްޕިޓަލުގެ ލެބޯޓްރީގައި ހެދެން ނުހުންނަ ތަހުލީލުތައް ހެދުމަށެވެ.
މި އެއްބަސްވުމާއެކު އެކިއެކި ސާޖަރީތަކާއި ގުޅިގެން ހަށިގަނޑުން ވަކިކޮށްލާ ޓިއުމަރ، ސިސްޓްފަދަ ތަކެތީގެ ބައޮޕްސީ ހެދުމާއި ލެއާއި ކުޅު ފަދަ ތަކެތި ނަގައިގެން ހަދަންޖެހޭ ލެބޯޓްރީ ތަހުލީލުތަކުގެ ތެރެއިން ފުވައްމުލަކު ހޮސްޕިޓަލުގައި ހެދެން ނުހުންނަ ތަހުލީލުތައް ހެދުމުގައި އެ ހޮސްޕިޓަލުން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފުވައްމުލަކު ހޮސްޕިޓަކުން ހާމަކުރެއެވެ.

ގއ.ގެމަނަފުށީ ކައުންސިލްގެ ރައީސް ފުވައްމުލަކު ހޮސްޕިޓަލް ބައްލަވާލައްވަނީ، 24 ސެޕްތްެމްބަރު 2020

ދާދި ފަހުން ފުވައްމުލައ ސިޓީ ކައުންސިލުގެ ފަރާތުން ގއ. އަތޮޅަށް ކުރެއްވި ދަތުރުގައި ފުވައްމުލކު ހޮސްޕިޓަލުގެ މެނޭޖަރާއި ލޮލުގެ ޑޮކްޓަރު ބައިވެރިވެ ވަޑަގެންފައި ވެއެވެ. އަދި ގެމަނަފުށީގައި ލޮލުގެ ބަލިތަކަށް ކޮންސަލޓޭޝަން ދިނުން ބާއްވާފައި ވެއެވެ. މިއަދު މިވަނީ ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ ރައީސް ޢަބްދުﷲ ޝިހާން ފުވައްމުލަކު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެ ހޮސްޕިޓަލުގެ މެނޭޖްމެންޓާ ބައްދަލުކުރައްވާ އަދި ހޮސްޕިޓަލް ބައްލަވާލައްވާފައެވެ.
ފުވައްމުލައް ސިޓީ ކައުންސިލާއި ގއ. އަތޮޅުގެ ރަށްތަކާއެކު ގާއިމުކުރެވުނު ފަހުމުނާމާގައި ވާގޮތުން އެ އަތޮޅުގެ ރައްޔިތުންނަށް ފުވައްމުލަކު ހޮސްޕިޓަލުން ކުރިއާލާ އެޕޮއިންޓްމެންޓް ހެއްދުމާއި ބަލިމީހުން ބަލިމީމުން ބެލުމުގައި ފަސޭހަ އިންތިޒާމެއް ހަމަޖެއްސުން ހިމެނެއެވެ.
ފުވައްމުލައް ސިޓިއާއި ގއ. އަތޮޅުގެ ގިނަރަށްތަކާއެކު ފެރީގެ ނިޒާމެއް މިހާރު ގާއިމުކުރެވިފައި ވެއެވެ.
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !