A wide advertisement which will be shown on all devices. (700 x 100)

ބާކީ ހުރި 47 ފްލެޓަށް 814 ފަރާތަކުން ފޯމު ހުށަހަޅާފައިވޭ

ފުވައްމުލައް ސިޓީގައި އިމާރާތް ކުރެވިފައިވާ ފްލެޓް. ފޮޓޯ: މުހައްމަދު އަޙުމަދު

ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން ތިން ވަނަ ބުރުގައި ކުރި އިއުލާން ކުރި 47 ފްލެޓަށް 814 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ޙާމަކުރައްވައެވެ.

ދެވަނަ ބުރުގައި ދޫކުރި ފްލަޓްތަކަށް ފަހު ބާކީ ހުރީ ކެޓަގަރީ އޭ (ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ހާއްސަ ކުރެވިފައިވާ) 40 ފްލެޓެވެ. މިފްލެޓްތަކަށް މި ބުރުގައި 670 ފޯމު ހުށަހަޅާފައިވެވެ. އަދި  ކެޓަގަރީ ބީ (ފުވައްމުލައް ސިޓީއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަތުގެ މީހުންނަށް ހާއްސަ ކުރެވިފައިވާ) ގެ 7 ފްލެޓަށް  144 ފޯމު ހުށަހަޅާފައި ވެއެވެ. މިއި މީގެ ކުރީ ދެ ބުރުގައި ފޯމު ހުށަހެޅި އަދަދާއި އަޅާ ބަލާއިރު ވަރަށް ބޮޑުތަން އިތުރު އަދަދެކެވެ.

ފުވައްމުލައް ސިޓީ ދަޑިމަގު ސަރަހައްދުގައި އިމާރާތް ކުރެވިފައިވާ ފްލެޓްތައް

ފުވައްމުލައް ސިޓީގެ ދަޑިމަގު އަވަށާއި ދިގުވާޑު އަވަށުގެ ސަރަހައްދުގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް އެންމެ ފުރަތަމަ ބުރުގައި އިއުލާން ކުރުމުން ކުރިމަތިލީ ނިސްބަތުން ވަރަށް މަދު ބައެއްކެވެ. އެގޮތުން އޭ ކެޓަގަރީން 180 ފްލެޓަށް ހުޅުވާލުމުން އެފަހަރު ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެފައި ވަނީ 135 މީހެކެވެ. އަދި ބީ ކެޓަގަރީގެ 20 ފްލެޓަށް ޝަރުތު ހަމަވެފައި ވަނީ 15 މީހެކެވެ. އަދި އެފަހަރު ދެ ކެޓަގަރީން ވެސް ފްލެޓް ލިބުނު ބައެއް މީހުން ފްލެޓާއި ހަވާލުނުވެ ދޫކޮށްލާފައި ވެސް ވެއެވެ.

ދެވަނަ ބުރުގައި އިއުލާން ކުރީ ޖުމްލަ 40 ފްލެޓަށެވެ. އެއީ އޭ ކެޓަގަރީން 35 ފްލެޓާއި ބީ ކެޓަގަރީން 5 ފްލެޓަށެވެ. ނަމަވެސް ފުރަތަމަ ބުރަށް ފަހު އެކިގޮތްގޮތުން ބާކީ 87 ފްލެޓް ހުރިކަމަށް އަދަދުތަކުން ދައްކައެވެ. އެއީ އޭ ކެޓަގަރީން ބާކީ ހުރި 75 ފްލެޓާއި ބީ ކެޓާގަރީން ބާކީ ހުރި 12 ފްލެޓެވެ.

ދެވަނަ ބުރުގެ ފްލެޓްތަކަށް ވެސް ގިނަ ބަޔަކު ކުރިމަތި ލިއެވެ. އެގޮތުން އޭ ކެޓަގަރީން 40 ފްލެޓަށް 206 ފަރާތަކުން ޝަރުތު ހަމަވިއެވެ. އަދި ބިކެޓަގަރީގެ 5 ފްލެޓަށް 25 މީހުން ޝަރުތު ހަމިވިއެވެ.

މިއަދު ބޭއްވި ފްލެޓްގެ ގުރުނެގުން، 14 ޖުން 2020. ފޮޓޯ: ފސކ

ދެވަނަ ބުރުގައި ފްލެޓް ދޫކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ފުރަތަމަ ނިންމީ ބާކީހުރި ހުރިހާ ފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންނަށް ތަރުތީބުން ދޫކޮށް ނިންމާލުމަށެވެ. ނަމަވެސް، އާއްމު ފަރާތްތަކުން ޝަކުވާ ހުށެހެޅި އިއުލާން ކުރި އަދަދަށްވުރެ އިތުރަށް ދޫނުކުރެވޭނެކަމަށެވެ. އެގޮތުން ގާނޫނީ ގޮތުން މައްސަލަ ބެލުމަށްފަހު ސިޓީ ކައުންސިލްގެ ނިންމުން ބަދަލުކުރީ ދެވަނަ ބުރުގައި އިުއލާން ކުރެވުނު ޖުމްލަ 40 ފްލެޓް އެބުރުގައި ދޫކުރުމަށްފަހު ބާކީ ހުރި ފްލެތްތައް 3 ވަނަ ބުރަކަށް އަލުން އިއުޅާން ކުރުމަށެވެ. އެގޮތުން ދެވަނަ ބުރުގައި ދޫކޮށްފައި ވަނީ އޭކެޓަގަރީން އިއުލާން ކުރެވުނު 35 ފްލެޓާއި ބީކެޓަގަރީން އހުޅުވާލެވުނު 5 ފްލެޓެވެ.

އެގޮތުން ދެވަނަ ބުރަށްފަހު ބާކީ ހުންނާނެ ކަމަށް ހިސާބުތަކުން ދައްކަނީ:

ކެޓަގަރީ އޭ އިން 40 ފްލެޓް (މިއަދަދު ބަލާފައިވަނީ ފުރަތަމަ ބުރުގައި 105 ފަރާތުން ފްލެޓް ލިބިފައިވާ ކަމަށް ބަލައިގެން)

ކެޓަގަރީ ބީ އިން 7 ފްލެޓް އެވެ.

ތިން ވަނަ ބުރުގައި ފުވައްމުލައް ސިޓީ ކައުންސިލުން މި 47 ފްލެޓަށް އިއުލާން ކުރުމުން މިވަނީ 670 ފޯމާއެކު މިހާތަނަށް ފްލެޓަށް ކުރިމާތިނުލާހާ މަތީ ނިސްބަތަލުން ކުރިމަތިލާފައެވެ. އެއްގޮތުް ބަލާއި މިއީ ބޯހިޔާވަހިކަމަ ށްބޭނުންވެފައިތިބި މީހުން އިތުރު ވާކަމުގެ ހެއްކެކެވެ. އަނެއް ގޮތުން މިއީ ފްލެޓް ދިރިއުޅުން މީހުން ބލައިގަތް ކަމުގެގެ ހެއްކެކެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި ޕްރޮގްރާމުގެ ދަށުން މީގެ ކުރިން ދެބުރުގައި ފްލެޓު ލިބުނު ފަރާތްތަކާ މިހާރު ވަނީ ފްލެޓު ހަވާލުކޮށްފައެވެ. އަދި އެއިގެތެރެއިން ގިނަ ފަރާތްތަކަކުން ފްލެތްތަކުގައި މިހާރު އަންނަނީ ދިރިއުޅެމުންނެވެ.

ފުވައްމުލައް ސިޓީ ފްލެޓް އެޕްލިކޭޝަނަށް ޕޮއިންޓް ލިބިފައިވާ ގޮތް

ރައީސް އިބްރާހިްމ މުހައްމަދު ސޯލިހުގެ ސަރުކާރުން ގެދޮރުވެރިކުމުގެ ސިޔާސަތުގެ ދަށުން ފާއިތުވި 2019 ވަނަ އަހަރު ޖުލައި މަހު ވަނީ ފުވައްމުލަކުގައި 800 ހައުސިން ޔުނިޓް ގައިމުކުރާނެ ކަމަށް އިއުލާންކޮށް ފައެވެ. ނަމަވެސް މިކަމުގެ އިތުރު މައުލޫމާތެއް ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ފުވައްމުލަކު ސިޓީ ކައުންސިލުން ވެސް މިހާތަނަށް ހާމަކޮށްފައިވަކަން އެނގޭކަށް ނެތެވެ.

ބޯހިޔާވަހިކަމުގެ އެ މަޝްރޫއު އިއުލާން ކުރަމުން ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ޚާލިސް ޝަރީފް ވިދާޅުވެފައި ވަނީ ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން ފުވައްމުލަކުގައި އެޅުމަށް ހަމަޖެހިފައިވާ 800 ހައުސިންގ ޔުނިޓް އެޅުމުގައި މިހާރު ގޯތި ލިބި، ގެއެއް އެޅިފައިނުވާ ފަރާތްތަކަށް އެމީހުންގެ ގޯތި ތަކުގައި ގެ އެޅުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އެގޮތުން އަމިއްލަ ގޯތީގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރުޢުގެ ދަށުން ގޯތި އެޅުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށަހެޅުމަށް އިލުލާން ކުރެވިގެންވެސް ދިޔައެވެ. ނަމަވެސް އެއިގެ ފަހުން އެކަމުގެ އެއްވެސް ވާހަކައެއް ސަރުކާރުގެ އިދާރާތަކުން ނުދައްކަވައެވެ.

ފުވައްމުލަކުގައި ދެބުރިއަށް ގާއިމުކުރެވިފައި ހައުސިން ޔުނިޓްތަކުގެ މިނިސްޓަރ ސިޓީ ކައުންސިލާއި ހަވާލު ކުރައްވަނީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !