މިރޭ، 9 އޮކްޓޯބަރު 2020 އާއި މާދަމާ، 10 އޮކްޓޯބަރު ވާ ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ފުވައްމުލައް ސިޓީގެ ހުރިހާ ސަރަހައްދަކުން ފެނުގެ ޚިދމަތް މެދުކަނޑާލެވޭނެ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމާކުރެއެވެ.
މިރެއާއި މާދަމާ ރޭ ފެނުގެ ޚިދުމަތް މެދުކަނޑާލަނީ ފުވައްމުލަކު ފެން ޕްލާންޓްގެ މަރާމާތުގެ މަސައްކަތެއް ކުރުމަށް ކަމަށް ފެނަގައިގެ ނޯޓިސް ގައި ވެއެވެ. އެގޮތުން ފެނުގެ ޚިދުމަތް މެދުކަނޑާލެވެނީ:
9 އޮކްޓޯބަރު 2020 ވާ ހުކުރުު ދުވަހުގެ މެންދަމު 12:00 އިން ފެށިގެން އަނެއްދުވަހު ހެނދުނު 7:00 އަށް
10 އޮކްޓޯބަރު 2020 ވާ ހޮނިހިރުު ދުވަހުގެ މެންދަމު 12:00 އިން ފެށިގެން އަނެއްދުވަހު ހެނދުނު 7:00 އަށެވެ.

ފެނުގެ ޚިދުމަތް މެދު ކަނޑާލުން – ނޯޓިސް 9 އޮކްޓޯބަރު 2020
ފެނުގެ ޚިދުމަތް މެދުކަނޑާލުމާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ފެނަކައިގެން ނަންބަރު 7302297 ނުވަތަ 6860009 އަށް ގުޅުއްވުމަށް އެފަރާތުން އެދެއެވެ. އަދި ފެނުގެ ޚިދުމަތް މެދުކަނޑާލުމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައި ވެއެވެ.

ފުވައްމުލަކު ފެން ޕްލާންޓް
މި އަހަރު އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ވެސް މެއިންޓެނަންސް މަސައްކަތަކަށް ފެނުގެ ޚިދުމަތް މެދުކަނޑާލާފައި ވެއެވެ. އަދި ފާއިތުވި 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު 30 އާއި ނޮވެމްބަރު މަހުގެ 23 ގައި ވެސް ފެންހޮޅި މަރާމާތުކުރުމުގެ ގޮތުން ޚިދުމަތް މެދުކަނޑާލާފައި ވެއެވެ.
ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް ފެށި 2016 ވަނަ އަހަރުއެވެ. އެ މަޝްރޫއުގެ މަސައްކަތް މުޅިން ނުނިމެނީސް 2018 ގެ ރިޔާސީ ކެމްޕޭނުތެރޭގައި ފެނާއި ނަރުދަމާ އިފުތިތާޙު ކުރިއެވެ. ނަމަވެސް އާއްމުނަށް ފެން ލިބޭ ވަރުވީ 2019 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައެވެ. ފެނުގެ ޚިދުމަތަށް ބިލް ކުރަން ފަށާފައި ވަނީ 2019 އޮގަސްޓް މަހުން ފެށިގެންނެވެ.

އާއްމުކޮށް ބިލްކުރާ ގޮތަށް ފެން ދޫކުރުމަށް ފެށުން
ފެނަކަ އިން ދެމުންގެންދާ ފެނުގެ ޚިދުމަތް ހޯދުމަށް ގުޅާ ފެން މީޓަރުތަކުން ނަގަމުންދާ މަހު ފީ ކަނޑާލާނެކަމަށް ވެސް ފެނަކައިގެ އެމްޑީ މީޑިއާއަށް ވިދާޅުވެފައި ވެއެވެ. ނަމަވެސް އެކަމަށް އަދި އަމަލީސިފައެއް އައިސްފައެއް ނުވެވެ.
ޚިޔާލުތައް