ފެނަކައިގެ ކަރަންޓް ޑިސްޓްރިބިއުޝަން ފޮށްޓެއް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް އަންނަ ހޮނިހިރު ދުވަހު (17 އޮކްޓޯަބަރު 2020) ހެނދުނު 2 ގަޑިއަރަށް މާލެގްނ އަދި ދޫނޑިގަންއަވަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.
އެގޮތުން ބަދަލުކުރުމުގެ މަސައްކަތް ކުރަނީ މާލެގަމު އަވަށު ސިބްކޯ/ބްލޫހެވަން ކައިރީގައި ބަހައްޓާފައުިވާ ޑިސްޓްރިބިއުޝަން ފޮށްޓެވެ. ކަރަންޓްގެ ޚިދުމަތް މެދުކެނޑުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށެވެ. މި 2 ގަޑިއިރު ކަރަންޓްގެ ޚިދުމަތް މެދުކަނަޑާލެވެނީ:
1. މާލެގަމު އަވަށު ހުރުވަޑިއެ އިން ފެށިގެން މީރަންގެ، ގޮންގަލި، މާފަހި، ހުދަންބަރުގެ، އަލުއިމާގެ، ހާގޯގެ، ސީކޯ، މާލޭގޭ، ޝެރިފް އަދި ސްޕޭސް ކިޔާގެ ހިމެނޭ ސަރަހައްދާއި
2. ދޫނޑިގަމު އަވަށު ރެލީއިން ފެށިގެން ނަރިނންގުވިލާ، އީސްޓްލައިޓް، އަދި ރެޑިއަމްވިލާ ހިމެނޭ ސަރަހައްދުން ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.
އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭނަމަ ނުވަތަ ކަރަންޓް ކެނޑޭގޮތް ވެއްޖެނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ސްވިޗުން ކަނޑާފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ކަމަށް އިންޖީނުގެއިން އިރުޝާދު ދެއެވެ. އަދި ކަރަންޓް ކެނޑުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ފެނަކަ-ފުވައްމުލައް ގެ 9784194 ނުވަތަ 6865009 އަށް ގުޅުއްވުމަށް އެފަނކައިން އިން އެދިފައިވެއެވެ.
ފުވައމްުލަކުގެ ކަރަންޓްގައި މިހާރު ދިމާވާ އެއްމައްސަލައަކި އެކށިގެންވާ މިންވަރުގެ ވޯލްޓޭޖެއް ބައެއް ހިސާބުތަކަށް ފޯރުކޮށް ނުދެވުންކަމަށް ވެއެވެ. މިހެން ދިމާވަނީ ކުރީއްސުރެ ބަހައްޓާފައުހުރި ޓްރާންސްފޯމަރުތައް ހުރިލެއް ދުރު ކަމާއި އެއިން 220 ވޯލްޓް ގޭގެއާއި ހަމަޔަށް ފޯރުކޮށް ނުދެވެތީ ކަމަށް ވެއެވެ.
އެކަށިގެންވާ ވޯލްޓެޖް ބައެއް ހިސާބުތަކަށް ނުލިބޭ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ވަސީލަތްތައް ފުވައްމުލަކަށް ލިބިފައިވާ ކަމަށާއި މަސައްކަތް ނުފެށި ލަސްވަނީ އެމަސައްކަތަށް ބޭނުންވާ ޕެނަލުބޯޑުގެ ބައެއް ނުލިބޭތީ ކަމަށް ފެނަކަ ފުވައްމުލަކުގެ މެނޭޖަރ، ހުސައިން ޝާފީ އިބްރާހިމް ވިދާޅުވެއެވެ.
ފުވައްމުލަކުގެ ކަރަންޓްގެ ޚިދުމަތް އަޕްގްރޭޑް ކުރުމުގެ ގޮތުން ކަރަންޓް ނެޓްވޯކްގެ ކޭބަލްތައް 11 ކިލޯ ވޯލްޓަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް ޝާފީ ވިދާޅުވެއެވެ.
ފުވައްމުލަކުގައި އައު އިންޖިނުގެއެއް އެޅުމަށް ދޫނޑިގަމުން ބިން ކަނޑައޅާފައި ވެއެވެ.
ޚިޔާލުތައް