A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 225 ހޯދައިފި

ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނުގައި ބަލައިފާސްކުރި ގޭގެ ގޯތިތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތައް. ފޮޓޯ ފުލުހުނ

ފުވައްމުލަކުގައި މިއަދު ހެނދުނު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 225 ކުދި ރަބަރު ޕެކެޓާއި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށ ފުލުހުން ހާމަކުރެއެވެ.

މި އޮޕަރޭޝަންގެ ދަށުން ބަލައި ފާސްކޮށްފައި ވަނީ ފުވައްމުލަކު ދޫޑިގަން އަވަށު ގެއެކެވެ. ފުވައްމުލަކު ދޫޑިގަން އަވަށު ގެއެއްގެ ގޯތި ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން ހިންގި މި އޮޕަރޭޝަނުގައި، މިއަދު (އޮކްޓޫބަރު 19) ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެގެ ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ވަނީ ފެނިފައެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މަސްތުވާތަކެތީގެ މިމައްސަލަ ފުވައްމުލަކު ޕޮލިސްއިން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ހާމަކުރެއެވެ.

މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މީ އިތުރުން މިއަދު ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު  ވަނީ ހައްޔަރުކޮށްފިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !