A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް-އައްޑޫ ފެރީން ގެނައި މަސްތުވާތަކެތި އަތުލައިގެންފި

މީގެ ކުރިން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތި. ފޮޓޯ: ޕޮލިސް

ފާއިތުވި ބުރާސްފަތި ދުވަހު ފުވައްމުލައް-އައްޑޫ ފެރީން ގެނައި މަސްތުވާތަކެތި ފުލުން އަތުލައިގެންފިއެވެ. ފޭދޫ ބަނދަރުން ފުރައިގެން ފުވައްމުލަކަށް އައި އެމްޕިއެލް (މޯލްޑިވްސް ޕޯޓްސް ލިމިޓެޑް)ގެ ފެރީ ލޯންޗުން ގެނައި ފޮށިގަނޑަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ޖޫސް ޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން މީޑިއާއަށް ހާމަކޮށްފައި ވެއެވެ.

ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިތަކެތި އަތުލައިގެންފައި ވަނީ ފާއިތުވި ބުރާސްފަތި ދުވަހު ހެނދުނު 11:00 ހާއިރުއެވެ.

މަސްތުވާތަކެތި އުފުލުގެ މިމައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ހާމަކުރެއެވެ.

ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރުމުގައި އައްޑޫ ސިޓީއަކީ ވެސް ފާހަގަކުރެވިފައިވާ ދޮރެކެވެ. މީގެ ކުރިންވެސް އައްޑޫ ސިޓީ މަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަންފައި ވެއެވެ.

އައްޑޫ އަށް ކަނޑުމަގުން އެތެރެކުރަން އުޅެނިކޮށް ފުލުހުން އަތުލައިގަތް މަސްތުވާތަކެތި- ކަނޑަށް އުކަލާފައި

މި އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން ހިންގި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އައްޑުސިޓީގެ ކަނޑުގެ ސަރަހައްދުން 98.6 ކިލޯގެ މަސްތުވާތަކެއްޗާއެކު ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައ،ި ފުވައްމުލަކުގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވެ މީހުންނާއި ގާތް ގުޅުމެއް އޮންނަ މީހަކު ވެސް ހިމެނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !