A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގެ ޓީމެއް ގއ. އަތޮޅަށް ކުރާ ދަތުރެއްގައި

ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރ ފަލާޙު ޝަރީފު ގއ..ގެމަނަފުއްޓަށް ވަޑަިއގަންނަވަނީ 29 އޮކްޓޯބަރު 2020

ފުވައްމުލައް ސިޓީގެ ޓީމެއް ގއ.އަތޮޅަށް ޒިޔާރަތް ކުރައްވަމުން އެބަގެންދަވައެވެ. މިއޮކްޓޯބަރު މަހު 28 އިން 31 ގެ ނިޔަލަށް ކުރާ މިދަތުރުގައި ގއ. ގެމަނަފުއްޓާއި ވިލިގިލ، މާމެންދޫ، ނިލަންދޫ އަދި ދާންދުއަށް ވެސް ޒިޔާރަތް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިއީ ސިސްޓަރ އައިލްންޑް އެއްބަސްވުމުގެ ދަށުން ކުރިޔަށްގެންދެވޭ ހަރަކާތެއްކަމަށް މައުލޫމާތުލިބެއެވެ.
ސިސްޓާ އައިލެންޑް އެއްބަސްވުމަކީ ފުވައްމުލައް ސިޓީ ކައުންސިލާއި ގއ.އަތޮޅު ކައުންސިލައި ރަށު ކައުންސިލްތައް ގުޅިގެން އެކިދާއިރާތަކުން އެއްބާލުން ދިނުމަށާއި ފަންނީ ޚިދުމަތައް، އަދި ވަސީލަތްތައް ދެފަރާތުން ބަދަލުކުރުމަށާއި އެކުވެރިކަން އާލާކުރުމަށް ވެވުނު އެއްބަސްވުމެކެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ގއ.އަތޮޅަށް ކުރާ ދަތުރުގެ ތެރެއިން ވިލިގިލީގައި.

މި އެއްބަސްވުމުގެ ދަށުން ފުވައްމުލައް ސިޓީ ކައުންސިލުން އިއްޔެ ވަނީ ގއ. ވިލިގިލީ ކައުނސިލާއެކު މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.

ގއ. ވިލިނގިލީގައި ފުވައްމުލައް ސިޓީ ކައުންސިލާއި ގއ.އަތޮޅު ކައުންސިލްގެ ބައްދަލުވުން.

ފުވައްމުލައް ސިޓީ ކައުންސިލްގެ މިދަތުރުގައި ބައިވެރިވާ ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ގއ.ގެމަނަފުށީގައި މެޑިކަލް ކޭމްޕެއް އިއްޔެ ކުރިޔަށް ވަނީ ގެންގޮސްފައެވެ. މި މެޑިކަލް ކޭމްޕްގައި ގެމަނަފުށީ ހެލްތު ސެންޓަރާއި އައިކެއަރ އޮޕްޓިކަލްސް އިން ބައިވެރިވެއެވެ. މިކޭމްޕްގައި ފުވައްމުލަކު ހޮސްޕިޓަލުގެ ޑޮކްޓަރު ގއ.ގެމަނަފުށީގައި ބަލިމީހުން ބަލާފައި ވެއެވެ. ގެމަނަފުށި ކައުންސިލުން ހާމަކުރައްވާ ގޮތުގައި މިކޭމްޕްގައި އެތެރެހަށިގެ ޚާއްސަ ޑޮކްޓަރު (ފިޒީޝަން) ގެ އިތުރުން ލޮލުގެ ޚާއްސަ ދެ ޑޮކްޓަރުން ބަލިމީހުން ބައްލަވާނެއެވެ.

ގއ. ގެމަނަފުށިގައި ފުވައްމުލަކު ހޮސްޕިޓަލުން ބޭއްވި މެޑިކަލް ކޭމްޕް 2، 29 އޮކްޓޯބަރު 2020

މީގެ ކުރިން، މި އަހަރު ސެޕްޓެމްބަރު މަހު ވެސް ފުވައްމުލަކު ހޮސްޕިޓަލުން ގއ.ގެމަނަފުށީގައި ލޮލުގެ މެޑިކަލް ކޭމްޕެއް ބާއްވާފައި ވެއެވެ. އެކޭޕްގައި ފުވައްމުލައް ސިޓީގެ ލޮލުގެ ޚާއްސަ ޑޮކްޓަރު ވަނީ ގއ. ގެމަނަފުށީގައި 45 މީހުން ބައްލަވާފައެވެ.

ފުވައްމުލައް ސިޓީ ކައުނސިލްގެ މިދަތުރުގައި އިއްޔެ ވަނި ގއ. ގެމަނަފުށި ކުޑަކުދިންގެ ޕާކެއް ހުޅުވައިދީފައެވެ. ޕާކް ހުޅުވައިދެއްވީ ފުވައްމުލައް ސިޓީ މޭޔަރ އަބްދުﷲ ފަލާޙު ޝަރީފެވެ.\

ގެމަނަފުށީ ކުޑަކުދިންގެ ޕާކް ހުޅުވައިދިނުން. މެޔަރ ފަލާޙު ޝަރީފު.

މި އޮކްޓޯބަރު މަހު 15ގައި ވެސް ފުވައްމުލައް ސިޓީ ކައުންސިލްގެ 30 މީހުންނާއި އެކު ޖުމްލަ 60 މީހުން ތަޖުރިބާ ދަތުރެއްގައި ގއ.ވިލިނގިއްޔަށް ޒިޔާރަތްކޮށްފައިވާ ކަމަށް ގއ.އަތޮޅު ކައުންސިލުން ހާމަކުރައްވައެވެ.
މި އޮކްޓޯބަރު މަހު 15 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ހޭންޑްބޯޅަ ކޯޗަކު ފޮނުވައިގެން ގ.ގެމަނަފުށީގައި ހޭންޑްބޯލް ތައާރަފުކޮށް ކޯޗިން ކޭމްޕެއް ވެސް ކުރިޔަސް ގެންގޮސްފައި ވެއެވެ.

ހެންޑްބޯޅަ ކޯޗު ގއ.ގެމަނަފުއްޓަށް ދިއުން، 15 އޮކްޓޯބަރު 2020

ފާއިތުވި ސެޕްޓެމްބަރު މަހު 13 (2020) ގައި ގއ.އަތޮޅު ކައުންސިލް މެމްބަރުން ފުވައްމުލަކަށް ވަޑައިގެން ބައްދަލުވުމެއް ބާއްވާފައި ވެއެވެ. އަދި އޭގެ ފަހުން ސިސްޓަރ އައިލެންޑް ކޮންފަރެންސް ގއ. ވިލިނގިލީގައި ސެޕްޓެމްބަރު 19ގައި ބައްވާފައި ވެއެވެ.

ހުވަދު އަތޮޅު އުތުރު ބުރި ނުވަތަ ގއ. އަތޮޅު އަކީ 1970 ގެ އަހަރު ތަކުގައި ހުވަދު އަތޮޅު ދެބައިކުރެވުމުން އިދާރީގޮތުން ވަކިން ހިންގާ އަތޮޅެކެވެ. މިއަތޮޅުގައި ވެރިކަން ކުރަނީ ވިލިނގިލީ ގައެވެ. ގއ. އަތޮޅުގައި ޖުމްލަ 87 ރަށް އޮންނަ އިރު ގިނައީ ފަޅުރަށްރަށެވެ. އޭގެތެރެއިން މީހުން ދިރިއުޅެނީ 9 ރަށުގައެވެ. އެއީ:

ކޮލަމާފުށި، ދެއްވަދޫ، ވިލިނގިލި

މާމެންދޫ، ނިލަންދޫ، ދާންދޫ،

ކޮނޑޭ، ގެމަނަފުށި، ކަނޑުހުޅުދޫ އެވެ.

ގއ.އަތޮޅުގެ ރިޒޯޓްތައް

ވެރިކަން ކުރާ ވިލިނގިލި އޮންނަނީ ހުވަދު އަތޮޅުގެ އިރުމަތީ ފަރާތުގައެވެ. ގއ. އަތޮޅުގެ އެއާޕޯރޓް އޮންނަނީ ވިލިނގިލި ކައިރިން ކޫއްޑުގައެވެ. އަދި އެ އަތޮޅުގައި 7 ރިޒޯޓު އޮވެއެވެ. އެއީ ޕާކް ހަޔަޓް މޯލްޑިވްސް ހަނޑަހާ އާއި ދަ ރެޒިޑެންސް މޯލްޑިވްސް ފަޅުމާފުށި އާއި ކޮނޮންޓާ އާއި ކޫއްޑޫ، މެކުއަރ ރިޒޯޓާއި، މެރަދޫ އާއި ރޮބިންސަން ކްލަބް މޯލްޑިވްސް ހިމެނެއެވެ.

ހުވަދު އަތޮޅުން ފުވައްމުލަކާއި އެންމެ ކައިރީ ގދ.ވާދޫއާއި ފިޔޯރީ ފަރެސްމާތޮޑާއެވެ. ފުވައްމުލަކު މުދާ އުފުލާ ބޯޓުތަކުގެ ދަތުރުތައް އޮންގޮތުން އެނެމް ގިނައިން ކަނޑުމަގުން ދެވެނީ ގދ.ގައްދުއަށެވެ. ނަމަވެސް މިހާރު ފެރީދަތުރުތައް ބައެއ ްރަށަރަށް ގައިމުކުރެވިފައިވުމުން ފަސޭހަކަމާއެކު ގިނަ ރަށްތަކަށް މީހުންނަށް ޒިޔާރަތްކުރެވޭގޮތް ވަނީ ވެފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !