A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ހިމެނޭ، ދެކުނުގެ 5 އަތޮޅަށް މޫސުމީ ހުދު ސަމާލު ނެރެފި

ކުރިޔަށް އޮތް 24 ގަޑިއިރު ދިވެހިރާއްޖޭގެ މޫސުން. 3 ނޮވެމްބަރ 2020

ފުވައްމުލައް ސިޓީއަށް ހިމެނޭ، ދެކުނުގެ 5 އަތޮޅުގެ ސަރަހަށްދަށް މޫސުމީ ހުދު ސަމާލު ނެރެފިއެވެ. އެއާއެކު ދެކުނުގެ އަތޮޅުތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކްލް ސާވިސް އިން އިރުޝާދު ނެރެފައި ވެއެވެ.

މިއަދު، 3 ނޮވެމްބަރު 2020 ގެ ފަތިހު 1:00 އިން މެންދުރު ފަހު 1:30 އަށް ދެކުނުން ލ. އަތޮޅާއި، ހުވަދުއަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ އަށް ވަނީ މޫސުމީ ހުދު ސަމާލު ނެރެފައެވެ. އެންމެ ފުރަތަމަ ރޭ ހުދު ސަމާލު ނެރުނީ ދެކުނުގެ 4 އަތޮޅަށެވެ. ނަމަވެސް އެއިގެ ފަހުން މިއަދު ހެނދުނު ވަނީ ލ.އަތޮޅުން ފެށިގެން އައްޑޫ އަތޮޅާއި ހަމަޔަށް ހުދު ސަމާލު ނެރެފައެވެ.

މޫސުމީ ހުދު ސަމާލު ނެރެނީ އާއްމު ވައި ގަޑިއަކު 19-24 މޭލާއި ދެމެދުގެ ބާރުމިނުގައި ހުރުމާއި ކޮޅިގަނޑުގައި 50-54 މޭލަށް ވައި ގަދަވާނެ ކަމަށް ލާފާކޮށްފައެވެ. އަދި 50 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ބަލާފައެވެ. މިއީ ފުލުފުގައި މިއަދު ހުދު ސަމާލު ނެރުނު 2 ވަނަ ފަހަރެވެ. އެގޮތުން ރެއާއި މިއަދު ހެނދުނު އަދި މެންދުރު ފަހުން ވެސް މިވަނީ ފުވައްމުލައް ހިމެނޭ ސަރަހައްދަށް ހުދު ސަމާލު ނެރެފެއެވެ.

މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް، ކުރިޔަށް އޮތް 24 ގަޑިއިރަށް މުޅި ރާއްޖެއަށް ނެރެފައިވާ މޫސުމީ އިރުޝާދުގައި ވާ ގޮތުން ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެއެވެ. އަދި މީގެތެރެއިން ބައެއް ރަށްތަކަށްް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރުން އެކަށީގެން ވެއެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު-އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށް ހާމަކުރެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަަށް ގަދަ ވާނެއެވެ.

މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރާނެ ކަމަށާއި އުތުރުގެ އަތޮޅުތަަކަށް އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށެވެ. ރާއްޖޭގެ ދެކުނު ފިޔަވައި އެހެން ހިސާބުތަކަށް އާއްމުކޮށް ވައިޖެހޭނީ މަޑުން ހުޅަނގު-އުތުރާއި އުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަަށް މަޑުވާނެކަމަށް ލަފާކުރެއެވެ.

ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ކަނޑުގެ ރާޅުގެ އުސްމިން 1 – 5 ފޫޓުގައި ހުންނަނެކަމަށް ބެލެވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !