A wide advertisement which will be shown on all devices. (700 x 100)

“ރަށިރިހިވޭލި އެގްޒެބިޝަން 2020” ގެ ނަމުގައި މައުރަޒެއް ބާއްވަނީ

ފުވައްމުލަކު ނާރުވައްފަލުދައަކި ގިނަ ބަޔަކަށް ކަމުދާ މަޝްހޫރު ޕްރޮޑަކްތެއް

“ރަށިރިހިވޭލި އެގްޒެބިޝަން 2020” ގެ ނަމުގައި އަމިއްލައަށް އުފައްދާ ތަކެތީގެ މައުރަޒެއް ފުވައްމުލައް ސިޓީގައި ބާއްވަން ނިންމައިފިއެވެ. ފުުވަައްމުލައް ސިޓީ ކައުންސިލުން އިއްޔެ އިއުލާން ކުރިގޮތުގައި މި މައުރަޒު ބޭއްވުމަށް ހަޖެހިފައި ވަނީ އަންނަ ޖުމްހޫރީ ދުވަހާއި ގުޅުވައިގެން ނޮވެމްބަރު 12 ވަނަ ދުވަހުއެވެ.

މި މައުރަޒުގައި ބައިވެރިކުރުމަށް ހަމަޖެހިފައި ވަނީ އަމިއްލައަށް ތަކެތި އުފައްދާ ފަރާތަކުންނެވެ. އެގޮތުން އުފައްދާ ތަކެތި މާކެޓްކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. މި މައުރަޒުގައި ކަބޯތަކެތީގެ ބާވަތްތަކުގެ އިތުރުން ފުވައްމުލަކުގެ ކޮންމެ އުފެއްދުއް ވެސް ބައިވެރި ކުރެވިދާނެއެވެ. އަދި ފުވައްމުލަކުން ދޭ ޚިދުމަތްތައް ވެސް މި އެގްޒިބިޝަނުގ ތެރެއިން މާކެޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ފުވައްމުލައް ސިޓީގެ ބައެއް ގެސްޓް ހައުސް

މި މައުރަޒުގެ މަގުސަދަކީ ފުވައްމުލަކަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި ފުވައްމުލަކުގެ ރައްޔިތުންނަށް ފުވައްމުލަކުން ލިބެން ހުރި ޚިދުމައްތަކާއި އުފެއްދުންތައް މާކެޓްކޮށް ވިޔަފާރު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމާއެކު އެއްތަނަކުން ޚިދުމަތްތަކާއި އުފެއްދުންތަކުގެ މައުލޫމާތު ފޯރުކޮށް ދިނުންކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ ނަމްބަރު 7487900 އަށް ނަމާއި ގުޅޭނެ ފޯނު ނަމްބަރު މެސެޖު ކުރެއްވުމަށް އެދިފައި ވެއެވެ.

ފުވައްމުލަކުގައި އުފައްދާ ވަޑާމުގެ ބާވަތްތަކާއި ދަނގަނޑުގެ އުފެއްދުންތައް ވެސް ރަށުގެ މީހުންނަށް މާކެޓްކުރަން މިއީ ރަނގަޅު ފުރުސަތަކަށް ވެދާނެއެވެ. މީގެ އިތުރުން ފުވައްމުލަކުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ގެސްޓް ހައުސްގެ ޚިދުމަތާއި އެކޮމެޑޭޝަން އަދި ދަތުރުފަތުރުގެ ޚިދުމަތްތަކާއި މުދާ އުފުލުމުގެ ޚިދުމަތް، އިމާރާތްކުރުމުގެ މަސައްކަތް، ބެކަރީއާއި ކެޓަރިން ޚިދުމަތްތައް، އޭސީ ރިޕެއަރ މެއިންޓެނަންސް މަސައްކަތް، އިލެކްޓްރޯނިކް މަސައްކަތް، ގަރާޖު މަސައްކަތް، ރޯމަސް ޑެލިވަރީގެ ޚިދުމަތް ފަދަ ކަންކަން ވެސް މިއެގްޒިބިޝަނުން ދައްކާލުމަކީ އެމަސައްކަތެއް ކުރިއަރައި ދިއުމަށް އޮތް ފަހި ފުރުސަތެކެވެ.

ފުވައްމުލަކަކީ ދިވެހި ކާނާގެ ގިނަ ބާވަތްތަތްކެއް އަމިއްލައަށް ރަށުގައި ތިބެގެން ފުއްދާ ވިއްކަމުން އަންނަ ބަޔަކު ދިރި އުޅޭ ރަށެކެވެ. ނަމަވެސް މިފަދަ ތަކެތި އެކަށީގެންވާ ގޮތެއްގައި މާކެޓް ކުރެވިފައި ނުވުމުގެ ސަބަބުން ގަންނަން ބޭނުންވާ މީހުންނަށް ބޭނުންވާ ބާވަތެއް ލިބޭން ހުންނަ ތަނަކާއި އަގު ހޯދަން ގިނަފަހަރާ ދަތިތަކާއި ކުރިމަތި ވެއެވެ.

ނާރުވައްމަފުލަ ހިލަނީ

ފުވައްމުލަކުގައި އުފައްދާ ކާނާގެ މަޝްހޫރު ބައެއް ބާވަތްތަކުގެ ތޭރޭގައި:

ނާރުވައްފަލުދަ – (ދިވެހި ޑޯނަޓް)،

އާރޮސް،

ފުއްޕިބަތް- ހަނޑުލުގެ ރޯސްލް ވައްތަރެއްގެ ފޮނިކާއެއްޗެއް

އަލަ ފަތަފޮޅި،

ކުޅިކާޖާ،

ވެމްބޮޅޮ،

ހެދީމަހަ (ކަނޑުކުކުޅު)،

ކަށިކޭލު މެޓާ،

ތެލުލި އަލަ،

ތެލުލި ބަނބުކެޔޮ އަދި

ތެލުލި ފަތުގެ ބާވަތްތައް ހިމެނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !