A wide advertisement which will be shown on all devices. (700 x 100)

ހޭޒްގެ ކާބޯތަކެތީގެ މައުރަޒު އަންނަ އާދީއްތަ ދުވަހު

ހޭޒްގެ ޚާބޯތަކެތީގެ މައުރަޒު 2021

ހާފިޒު އަހުމަދު ސުކޫލު (ހޭޒް) ގެ ބެލެނިވެރިން ކާބޯތަކެތީގެ މައުރަޒެއް ބާއްވަން ތައްޔާރުވެއްޖެއެވެ. މިމައުރަޒު ބޭއްވުމަށް ހަމަޖެހިފައި ވަނީ 7 ނޮވެމްބަރު 2021 ވާ އާދީއްތަ ދުވަހު ހެނދުނު 11:00 އިން މެމދުރު ފަހު 3:00 އަށް މާނޭރެ އަތިރީގައެވެ.

ކާބޯތަކެތީގެ މިމައުރަޒުގައި ކުކުޅު ބިރިޔާނި އާއި ކުކުޅު ފަރާޓާ އާއި ނާސިގޯރެން އާއި ސްޕެގަޓީގެ ބާވަތްތައް ލިބެން ހުންނާނެކަމަށް ވެއެވެ.

މިމައުރަޒުން ކާބޯތަކެތި ވިއްކައިގެން ލިބޭ ފައިދާ އަކީ ސްކޫލުގައި ދަރިވަރުންނާިއ ގުޅޭ އެކިއެކި ކަންކަމަށް ޚަރަދުކުރުމަށް ހޯދޭ ފައިސާކަމަށް މައުލޫމާތު ލިބެއެވެ. ސްކުލްތަކުގައި ހިންގާ ޔުނިފޯމް ހަރަކާތަތަކުގެ އެކިއެކި ކަންކަމަށް ސްކޫލްތަކުގައި އެކަށީގެންވާ ބަޖެޓެއް ނުހުރެއެވެ. ވުމާއެކު ސްކޫލްތަކުގައި އޮންނަ ބެލެނިވެރިންނާއި ޓީޗަރުންގެ ޖަމްއިއްޔާއިން މިފަދަ ހަރަކާތަކަށް ފަންޑް ހޯދުމުގެ ގޮތުން ކާބޯތަކެތީގެ މައުރަޒާއި މަސައްކަތު ދުވަސް ފާހަގަކޮށްގެން އެއްކުރާ ފައިސާ އެފަދަ ކަންކަމަށް ޚަރަދުކުރުމަށް ސްކޫލާއި ހަވާލުކުރެވެއެވެ.

ކޮވިޑް-19ގެ ދުވަސްތަކުގައި މިފަދަކަންކަން ކުރިޔަށް ނުގެންދެނު ކަމުގައި ވިޔަސް ސްކޫލްތައް އާއްމު އުސޫލުން ކިޔަވައިދިނުމާއި އިތުރު ހަރަކާތްތައް ކުރިޔަށް ގެންދަން ފެށުމާއެކު މިފަދަ ހަރަކާތްތަކަކަށް ވެސް ވަނީ ބޭނުންވެފައެވެ. މިފަދަ ހަރަކާތްތަކުން ސްކޫލުގެ ބެލެނިވެރިންނާއި ޓީޗަރުން އެއްބައިވަންތަ ކުރުވަން އެހީތެރިވެއެވެ. އަދި ރަށުގެ އާއްމުންނަށް ސްކޫލް ތަކުގެ މިފަދަކަންކަމަށް އެހީތެރިވުމަށް ފުރުސަތު ފަހިވެގެން ދެއެވެ.

 

 

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !