A wide advertisement which will be shown on all devices. (700 x 100)

މައިލޯ އެތުލެޓިކްސް މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ހޭޒް އިން ހޯދައިފި

10ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަން ޝިޕް 2023 ގެ ފިރިހެން ޗެމްޕިއަން ޓީމު- ހޭޒް

މި މިއަދު ނިމުނު 10 ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕް އެތުލެޓިކްސް މުބާރާތުގެ ޗެމްޕިއަންކަން ހާފިޒް އަހުމަދު ސްކޫލް (ހޭޒް)ހޯދައިފިއެވެ.

ހޭޒް އިން ވަނީ މިއެތުލެޓިކްސް މީޓުގެ ފަޚުރުވެރި ކާމިޔާބީއެއް ހޯދާފައެވެ. ހޭޒްގެ ޓީމުން ވަނީ 15 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހާސިލުކޮށް، މިއެތުލެޓިކްސް މީޓުގެ 3 ރެކޯޑެއް ވެސް ހަދާފައެވެ. މިއީ 15 އަހަރުން ދަށުގެ ކުދިންނަށާއި އާއްމުނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ.

މި މުބާރާތުގައި ހޭޒްގެ ޓީމުން ހޯދާފައިވާ ފަޚުރުވެރި ކާމިޔާބީތައް

15 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓް: އާއިޝަތު ސާހީ ޝާހިދު – ހޭޒް

މީޓް ރެކޯޑު: 15 އަހަރުން ދަށުގެ އަންހެން ޖެވެލިން ތުރޯ – އާއިޝަތު ސާހީ ޝާހިދު – ހޭޒް

މީޓް ރެކޯޑު: 15 އަހަރުން ދަށުގެ އަންހެން ޓްރިޕްލް ޖަމްޕު – އާއިޝަތު ޝާޔާ ޝާހިދު – ހޭޒް

މީޓް ރެކޯޑު: 15 އަހަރުން ދަށުގެ ފިރިހެން ޓްރިޕްލް ޖަމްޕު – އަހުމަދު ޝައިމް ހަސަން އަބްދުﷲ – ހޭޒް

10ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަން ޝިޕް 2023 ގެ އަންހެން އެނެމެ މޮޅު އެތުލީޓް: އާއިޝަތު ސާޙީ ޝާހިދު – ހޭޒް

ފިރިހެން ކުދިންގެ ބައިން ހޭޒް އިން 1 ވަނަ ހޯދީ 204 ޕޮއިންޓް ހޯދައިގެންނެވެ. ހޭޒް އާއި އެންމެ ވާދަކުރި މާލޭ ހުރަވީ ސްކޫލަށް 2 ވަނަ ލިބުނީ 73 ޕޮއިންޓުންނެވެ. 3 ވަނަ ސާއިދު ސްޕޯޓްސް އަށް ލިބުނީ 42 ޕޮއިންޓުންނެވެ. މި ބައިން ޏ.އޭއީސީ އަށް ލިބިފައި ވަނީ 8 ވަނައެވެ. އެއީ އެސްކޫލުން އެންމެ ދެ ކުދިން ބައިވެރިވުމުން ކަމަށް ވެއެވެ. މިބައިގައި ޖުމުލަ 14 ޓީމެއް ވާދަކުރިއެވެ.

އަންހެން ކުދިންގެ ބައިން ވެސް ހޭޒް އިން ވަނީ 2 ވަނަ ހާސިލުކޮށްފައެވެ. އެއީ 136 ޕޮއިންޓުންނެވެ. މިބައިން ޝަރީފު ސްޕޯޓްސް އަށް 1 ވަނަ ލިބުނީ 155 ޕޮއިންޓުންނެވެ. 3 ވަނަ ނަސީރު ސްޕޯޓްސް ކްލަބަށް ލިބުނީ 74 ޕޮއިންޓުންނެވެ. މިބައިގައި ވާދަކުރީ 11 ޓީމަކުންނެވެ.

މި މާރިޗު 17-19 އަށް ހުޅުމާލެ ޓެރެކް ދަނޑުގައި ކުރިޔަށް ގެންދިޔަ މުބާރާތުގައި ހޭޒްގެ ފަރާތުން ބައިވެރިވެފައި ވަނީ 15 އަހަރުން ދަށުގެ ފިރިހެން ކުދިންނާއި 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިގައެވެ. މިދެ ބައިން ހޭޒްގެ ޓީމުން ވަނީ ޖުމުލަ 29 މެޑެލް ހޯދާފައެވެ. އެއީ:

ރަން މެޑެލް – 17

ރިހި މެޑެލް – 6

ލޯ މެޑެލް – 6

ހޭޒް ޓީމުން ހާސިލުކޮށްފައިވާ މެޑެލްތައް

ޓްރެކް އިވެންޓްސް – ފިރިހެން (15 އަހަރުން ދަށް)

100 މީޓަރު ދުވުން – ގޯލްޑް މެޑެލް: ޔޫސުފު ފަލާޙު ޝަރީފު – ހޭޒް

100 މީޓަރު ދުވުން – ބްރޯންޒް މެޑެލް: މުހައްމަދު އިވާދު އަހުމަދު – ހޭޒް

200 މީޓަރު ދުވުން – ގޯލްޑް މެޑެލް: ޔޫސުފު ފަލާޙު ޝަރީފު – ހޭޒް

80 މީޓަރު ހާޑްލްސް – ބްރޯންޒް މެޑެލް: މުހައްމަދު އިވާދު އަހުމަދު – ހޭޒް

400 މީޓަރު ދުވުން – ގޯލްޑް މެޑެލް: އަހުމަދު ޝައިމް ހަސަން އަބްދުﷲ – ހޭޒް

800 މީޓަރު ދުވުން – ސިލްވާ މެޑެލް: ޒާން ޒަރީރު – ހޭޒް

1500 މީޓަރު ދުވުން – ބްރޯންޒް މެޑެލް: ޒާން ޒަރީރު – ހޭޒް

10ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަން ޝިޕް 2023 ގެ ހޭޒް ޓީމު

15 އަހަރުން ދަށް 4*100 މިޓާރު ރިލޭ – ގޯލްޑް މެޑެލް

މުހައްމަދު އިވާދު އަހުމަދު

ޔޫސުފު ފަލާޙު ޝަރީފު

އަހުމަދު ޝައިމް ހަސަން އަބްދުﷲ

ޒާން ޒަރީރު އަލީ

15 އަހަރުން ދަށް މެޑްލޭ ރިލޭ – ގޯލްޑް މެޑެލް

މުހައްމަދު އިވާދު އަހުމަދު

ޔޫސުފު ފަލާޙު ޝަރީފު

އަހުމަދު ޝައިމް ހަސަން އަބްދުﷲ

ޒާން ޒަރީރު އަލީ

 

ފީލްޑް އިވެންޓްތައް – 15 އަހަރުން ދަށް

ޓްރިޕްލް ޖަމްޕް – ރަން މެޑެލް: އަހުމަދު ޝައިމް ހަސަން އަބްދުﷲ – ހޭޒް

ޓްރިޕްލް ޖަމްޕް – ލޯ މެޑެލް: ޒާން ޒަރީރު އަލީ – ހޭޒް

ޑިސްކަސް ތުރޯ – ރަން މެޑެލް: މުހައްމަދު ޖުދު ޝާފީ އިބްރާހިމް – ހޭޒް

ޑިސްކަސް ތުރޯ – ރިހި މެޑެލް: ޔޫދު ބިން ސައުދުﷲ – ހޭޒް

ޝޮޓްޕުޓް ތްރޯ – ރަން މެޑެލް: އިބްރާހިމް ޔަމިން ސައީދު – ހޭޒް

ޝޮޓްޕުޓް ތްރޯ – ރިހި މެޑެލް: ޔޫދު ބިން ސައުދުﷲ – ހޭޒް

ޝޮޓްޕުޓް ތްރޯ – ލޯ މެޑެލް: މުހައްމަދު ނަޒާން ނާޖާހު – ހޭޒް

 

15 އަހަރުން ދަށުގެ އަންހެން

80 މީޓަރު ހާޑްލްސް – ސިލްވާ މެޑެލް: ފާތިމަތު ނަޝާ މުހައްމަދު -ހޭޒް

 

ފީލްޑް އިވެންޓްތައް – 15 އަހަރުން ދަށް

އަންހެން ޖެވެލިން ތުރޯ – އާއިޝަތު ސާހީ ޝާހިދު – ރަން މެޑެލް

އަންހެން ޓްރިޕްލް ޖަމްޕު – އާއިޝަތު ޝާޔާ ޝާހިދު – ރަން މެޑެލް

އަންހެން ޓްރިޕްލް ޖަމްޕު – އާއިޝަތު ލައިބާ ލިރާރު – ރިހި މެޑެލް

އަންހެން ޓްރިޕްލް ޖަމްޕު – އާއިޝަތު އީނާލް ޝަހީމް – ލޯ މެޑެލް

އަންހެން ހައި ޖަމްޕު – އާއިޝަތު ސާހީ ޝާހިދު – ރަން މެޑެލް

އަންހެން ހައި ޖަމްޕު – ފާތިމަތު މިޝާލް އިބްރާހިމް – ރިހި މެޑެލް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !