ދަރިވަރަކު އެއްލި ގޮނގިއަކުން ޖެހި ޓީޗަރެއްގެ ބޯފަޅައިގެން ގޮސްފި

ހެޒްގެ ސެޝަނެއްގެ ތެރެއިން
Share on facebook
Share on twitter
Share on google

މިއަދު ހެނދުނު ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލުގެ ދަރިވަރަކު އެއްލި ގޮނގިއަކުން ޖެހި ޓީޗަރެއްގެ ބޯފަޅައިގެން ގޮސްފި އެވެ. ބޯ ފަޅައިގެން ދިޔަ އަންހެން ޓީޗަރަށް ފުވައްމުލަކު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެވުމުންނެވެ.

މި ހާދިސާއާއި ގުޅޭ ތަފުސީލު މައުލޫމާތު ލިބޭގޮތް އަދި ވަނީ ނުވެފައެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މިކަން ހިންގީ މިއަދު ހެނދުނު ގްރޭޑް 9ގެ ދަރިވަރަކު ގްރޭޑް 8ގެ ކްލާހަކަށް ވަދެގަނެ، އެކްލާހުން ގޮނޑިއެއް ނަގައި އެހެން ކުއްޖަކާއި ދިމާލަށް އެއްލުމުން ގޮސް އެ ކްލާހުގައި އެވަގުތު ހުރި ޓީޗަރުގެ ބޮލުގެ ނިތްކުރީގައި ޖެހިގެންނެވެ.

ޓީޗަރުގެ ނިތްކުރިން ފަޅައިގެންދިޔަ ތަން ހޮސްޕިޓަލުގައި ދެފަހަރެއްގެ މަތިން ފަހާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިހާރު ޓީޗަރު ވަނީ ހޮސްޕިޓަލުގެ ވޯޑަށް ބަދަލުކޮށްފައެވެ.

 

2.1/5.0 Article rating
10 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments