ހޭޒްގެ ޑެޕިއުޓީ ޕްރިންސިޕަލް ޏ.އޭއީސީ އަށް ބަދަލުކޮށް

ހޭޒްގެ މުވައްޒަފުންނާއި އެޑިއުކޭޝަން މިނިސްޓްރީއިން ބައްދަލުރުން
Share on facebook
Share on twitter
Share on google

ހާފިޒު އަހުމަދު ސްކޫލު (ހޭޒް) ގެ ޑެޕިއުޓީ ޕްރިންސިޕަލް ޏ.އަތޮޅު ތައުލީމީ މަރުކަޒަށް ބަދަލުކޮށް ފިއެވެ. މީގެ އިތުރުން ހޭޒްގެ ލީޑިން ޓިޗަރަކު ވެސް މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) އަށް ބަދަލުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.

ހޭޒްގެ ސީނީއާ ދެމަގާމުގައި ތިއްބެވި ދެބޭފުޅުން ފުވައްމުލައް ސިޓީގެ އެހެން ދެ ސްކޫލަކަށް އެޑިއުކޭޝަން މިނިސްޓްރީއިން ބަދަލުކޮށްފައި ވަނީ ސިވިލް ސާވިސްގެ ގަވާއިދުގެ 86 ވަނަ މާއްދާގެ ދަށުންނެވެ.

ޏ.އޭއީސީއަށް ބަދަލުކޮށްފައި ވަނީ ހޭޒްގެ ޑެޕިއުޓީ ޕްރިންސިޕަލް އާމިނަތު އަހުމަދު އެވެ. ޏ.އޭއީސީގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމަށް އާމިނަތު އަހުމަދު ބަދަލުކޮށްފައިވާ ކަމުގެ ޔަގީންކަން ޏ.އޭއީސީއިން ދެއެވެ. ހޭޒްގެ ޑެޕިއުޓީ ޕްރިންސްިޕަލްގެ ޝަކުވާތަކެއް ލިބެމުން ދިއުމުގެ ސަބަބުން އޭނާ އާއި ސުވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ހަޒިރުވެމަށް މާލެ ހާޒިރުކޮށް އެމައްސަލަ ދާދިފަހުން ބަލާފައިވެއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީއިން ބެލިބެލުން ތަކަށްފަހު ނިންމާފައި ވަނީ މިވަގުތަށް އެންމެ މަސްލަހަތު ހުރިގޮތަކީ ޑެޕިއުޓީ ޕްރިންސިޕަލް މަސައްކަތް ކުރާ ތަން ބަދަލުކުރުން ކަމަށް ވެއެވެ. އެގޮތުން އޭނާގެ ވަޒިފާގެ މަގާމަށް އެއްވެސް ބަދަލެއް ނުގެނެސް ކުރިން ވެސް އަދާކުރަމުން ދިޔަ ވަޒީފާއަށް ޏ.އޭއީސީއަށް މިވަނީ ބަދަލުކޮށްފައެވެ.

އާމިނަތު އަހުމަދު ޑެޕިއުޓީ ޏ.އޭއީސީގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމަށް ބަދަލުކުރުމުން ޏ.އޭއީސީގައި ދެ ޑެޕިއުޓީ ޕްރިންސިޕަލުން ތިއްބަވާނެއެވެ. އެއީ ކުރިންވެސް އެމްގާމުގައި ހުންނެވި އީނާސް އާލީ އާއި އެކުއެވެ. ޏ.އޭއީސީގެ ޕްރިންސިޕްލަކީ އިސްމާއީލު ސައުދުﷲ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހޭޒްގެ މަގާމުތަކަށް ގެނައި ބަދަލުގެތެރޭގައި އެސްކޫލުގެ ގްރޭޑް 6 ގެ ލީޑިން ޓީޗަރަކަށް ހުންނެވި ޚަދީޖާ އިބްރީމް އެމްޖޭއެސްގެ ޓީޗަރަކަށް ބަދަލުކުރުން ހިމެނެއެވެ. ލީޑިން ޓީޗަރުންގެ މަގާމަކީ ދާއިމީ މަގާމެއް ނޫނެވެ. އެއީ އެވަގުތަކު ހުންނަ ސްކޫލެއްގައި ހަތަރު އަހަރު ދުވަހުގެ މުއްދަތަށް އައްޔަން ކުރެވޭ ވަގުތީ މަގާމެކެވެ. ދެ އަހަރުވުމުން އެސްކޫލެއްގެ މުދައްރިސުނަށް އެމަގާމު އަލުން ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވާ ޓާމްޑް މަގާމެކެވެ.

ހޭޒްގެ މުދައްރިސުންނާއި ބެލެނިވެރިން އަދި މެނޭޖްމެންޓްގެ ތެރޭގައި ދާދިފަހުން އުފެދުނު މައްސަލަތައް އެޑިއުކޭޝަން މިނިސްޓްރީން އިން ވަނީ އެކި މަރުހަލާ ތަކުގައި ބަލާފައެވެ. އެގޮތުން އެޑިއުކޭޝަން މިނސްޓްރީގެ ޚާއްސަ ޓީމެއް ފުވައްމުލައް ސިޓީއަށް އައިސް ހޭޒްގެ މުވައްޒަފުންނާއި ވަކިވަކިން ބައްދަލުކޮށް މައްސަލައިގެ އެންމެ ފުނަށް ވާސިލުވެފައި ކަމަށް ބެލެވެއެވެ.

އެއެކު އެޑިއުކޭޝަން މިނިސްޓރީއިން މިއެޅި ފިޔަވާޅާ އެކު މައްސަލަތައް ހައްލުވެގެން ދާނެ ކަމަށް ބެލެވެއެވެ. އަދި ހުރިހާ ފަރާތަކުން ވެސް އެކަން ގަބޫލުކުރާމަ ކަމަށް ވެއެވެ. މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި މަސައްކަތް ކުރާތަނަށް ބަދަލުގެނައި ބޭފުޅުން ވެސް ބޭނުންވީ މަސްލަހަތު އިސްކުރުމުގެ ގޮތުން ބަދަލުވުމަށެވެ.

2.6/5.0 Article rating
5 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
3 Comments
Inline Feedbacks
View all comments
Anonymous
Anonymous
1 year ago

ވަރަށް ސާފު، މަގާމުގެ ދަހިވެތިކަމުގައި އަބަދުވެސް ތިތާގަ އޮތީ ތިފަދަ ކޯޅުންތަކެއް. ޕްރިންސިޕަލުން އައީމަ އެމީހުންވެސް ބޭރުކޮށްލީ ތިތާގެ މަގާމުތަކުގެ ދަހިވެތިކަމުގަ އުޅޭ މީހުން. މިފަހަރު ބަޔަކު ތިކަމަށް ގެނައި ޕްރިންސިޕަލެއް ތިތާގައި ހުރީ. ހޭޒުގަ ތިއޮތް ޒާތީ ވާދަ ވެރިކަން ނިމުމަކަށް ނާންނާނެ ތިތާގަ ބޮޑު މަގާމު ނުލިބިގެން އުޅޭ މީހުން ބޭރު ނުކުރަނީސް.

Anonymous
Anonymous
1 year ago

Ethai heeshi …. teacher aku gai kottaagen school hinguvumma baraabaro vennen. HAS kuriyah

Anonymous
Anonymous
1 year ago

Meege comment post venney vaki faraathaka jeheegen leemmaa nikerennen ….. meethi post keranna