A wide advertisement which will be shown on all devices. (700 x 100)

ހާފިޒް އަހުމަދު ސްކޫލުގެ ޕްރިންސިލްގެ މަގާމަށް ފަޔާޒު އަލުން ރުޖޫއަ ނުކުރި މައްސަލަ ސިވިލް ކޯޓުގައި ކުރިޔަށް ދަނީ

ހޭޒްގެ ކުރީގެ ޕްރިންސިޕަލް ފަޔާޒު އަލުން އެމަގާމަށް ރުޖޫއަ ނުކުރި މައްސަލް ސިވިލް ކޯޓުގައި ކުރިޔަށް ދަނީ

ހާފިޒް އަހުމަދު ސްކޫލުގެ ޕްރިންސިލްގެ މަގާމަށް މުހައްމަދު ފަޔާޒު އަލުން ރުޖޫއަ ނުކުރި މައްސަލައިގެ އަޑުއެހުން ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އާއި ދެކޮޅަށް ސިވިލް ކޯޓުގައި ކުރިޔަށް ކުރިޔަށް ދާކަމުގެ މައުލޫމާތު މިކަލް ނޫހަށް ލިބިފައިވެއެވެ.

ހާފިޒު އަހުމަދު ސްކޫލު (ހޭޒް)ގެ ކުރީގެ ޕްރިންސިޕަލް މުހައްމަދު ފަޔާޒު އެމަގާމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މަގާމަކަށް ބަދަލުކުރުމުން، އޭނާ ވަޒީފާ ބަދަލުކޮށްފައިވަނީ ސިވިލްސާިވިސް މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމުގެ އުސޫލުތަކާއި ޚިލާފަށް ކަމަށްބުނެ އަލުން އެމަގާމު އޭނާއަށް ދިނުމަށް އެދި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެޓްރައިބިއުނަލްއިން މައްސަލަބަލައި ސީއެސްސީއަށް އަންގާފައިވަނީ އޭނާއަށް އެވަޒީފާ އަލުން ދިނުމަށެވެ. ނަމަވެސް ފަޔާޒުއަށް އަލުން އެމަގާމު ދީފައެއް ނުވެއެވެ. ފަހުން ފަޔާޒުއަށް ވަނީ ފުވައްމުލަކު ސްކޫލުގެ ޕްރިންސިޕަލްކަމުގެ މަގަމަށް ހަމަޖައްސައިދީފައެވެ.

ހާފިޒު އަހުމަދު ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ފަޔާޒުއަށް އަލުން އެސްކޫލުގެ ޕްރިންސިޕަލްގެ މަގާމު ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ސީއެސްސީއަށް އެންގި އެންގުން ތަންފީޒުކުރުމަށް އެެދި ފަޔާޒުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބު ދާރީވުމަށް ސީއެސްސީއަށް ތިން ދުވަހުގެ މުހުލަތެއް ސިވިލް ކޯޓުން ދީފައި ވެއެވެ.

ނިމުނު މާރިޗު މަހުގެ 22 ވަނަ ދުވަހު ސިވިލް ކޯޓުގައި އޮތް އަޑުއެހުމުގައި، ފަޔާޒުއަށް އަލުން މަގާމު ހަމަޖައްސައި ނުދިނީ ކީއްވެގެންތޯ ގާޒީ ކުރެއްވި ސުވާލަށް ސީއެސްސީގެ ފަރާތުން ސީނިއާ ލީގަލް އޮފިސާ އަލްއުސްތާޒު އާޔަތު ﷲ ބުނެފައި ވަނީ ޓްރައިބިއުނަލްގެ ނިންމުމުގައި ބުނާ ބައެއް ވާހަކަތައް ތަފްސީލް ނޫން ކަމަށާއި، އެހެންކަމުން މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ ހުށަހެޅި ހާލަތު ނެތްކަމަށް ދެކޭ ކަމަށާއި، ވަޒީފާ އަލުން ހަމަަޖައްސައި ނުދިނީ އެސަބަބަށްޓަކައި ކަމުގައެވެ. މިޖަވާބާއި ގުޅިގެން ފަޔާޒުގެ ފަރާތުން ވަކީލު އުސްތާޒު ޒާލިފު ރައްދުދެއްވަމުން ވިދާޅުވެފައި ވަނީ ހާލަތު ނެތިދިއަކަމަށް ބެލެވޭނެ އެއްވެސް ކަމެއް ފާޔާޒު ހާފިޒު އަޙުމަދު ސްކޫލުން މިނިސްޓްރީއަށް ބަދަލުކުރުމަށް ފަހު ހިނގާފައި ނެތްކަމަށާއި، ބާތިލެއްގެ މައްޗަށް ތަރުތީބު ވާނީ ބާތިލް ަކންކަން ކަމަށާއި، އެ އަސާސްގެ މައްޗަށް ޓްރައިބިއުނަލުގެ ނިންމުމުގައި ވެސް ކަނޑައަޅާފައި ވަނީ އެފަދައިން ކަމުގައެވެ.

ދެފަރާތުގެ ވާހަކަތަކަށް ރިއާޔަތްކޮށް ގާޒީ ވަނީ، ޓްރައިބުނަލްގެ ނިންމުން ސީއެސްސީ އިސްތިއުނާފުކުރިތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ސީއެސްސީގެ ވަކީލު ބުނެފައި ވަނީ މައްސަލަ އިސްތިއުނާފުކޮށްފައި ނުވާކަމުގައެވެ. އެ ދުވަހުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ ސީއެސްސީ ދައްކަން ބޭނުންވާ ވާހަކަ ލިޔުމުން ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުގައެވެ.

މައްސަލައިގެ ކުރީބައި

2019 ވަނަ އަހަރު ހާފިޒު އަޙުމަދުގެ ކުރީގެ ޕްރިންސިޕަލް ފަޔާޒު މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ބަދަލުކުރުމަށްފަހު، ފަހުން އއ. އަތޮޅު މަދަރުސާއަށް ބަދަލުކުރި މައްސަލާގައި ފަޔާޒުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 2020 ވަނަ އަހަރު ހުށަހެޅި މައްސަލަ ބެއްލެވުމަށްފަހު ޓްރައިބިއުނަލުން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެތެރޭގައި މައްސަލަ ނިންމާފައި ވަނީ ފަޔާޒު މިނިސްޓްރީއަށް ބަދަލުކޮށްފައި ވަނީ އުސޫލުތަކާއި ޚިލާށް ކަމަށް ބެލެވޭ ސަބަބަށްޓަކައި، އެ ނިންމުމުގެ މައްޗަށް ތަރުތީބުވެގެން އައި އެންމެހައި ކަންކަންކަން ބާތިލް ކަމަށް ކަނޑައަޅައި، ފަޔާޒަށް ހާފިޒު އަހުމަދު ސްކޫލުގެ ޕްރިންސިޕަލްކަން، މައްސަލަ ނިންމާ ތާރީޚުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 30 ދުވަސް ތެރޭގައި ހަމަޖެއްސުމަށް ސީއެސްސީގެ މައްޗަށް އަންގާފައެވެ. އަދި ފާޔާޒު މިނިސްޓްރީގައި މަސައްކަތް ކުރި މުއްދަތަށް ފިކްސްޑް އޯޓީގެ ގޮތުގައި ލިބެންޖެހޭ އޯޓީ ފައިސާއާއި މާލޭގައި ހުރި މުއްދަތަށް ކޮއްތު ފައިސާ ދިނުމަށް ވެސް ޓްރައިބިއުނަލުގެ ނިންމުމުގައި ކަނޑައަޅާފައި ވެއެވެ. ނަމަވެސް ފަޔާޒަށް ދިނުމަށް ކަނޑައެޅި ފައިސާ ސީއެސްސީއިން ދިނުމަށްފަހު، ހާފިޒު އަހުމަދު ސްކޫލުގެ ޕްރިންސިޕަލްކަން އަލުން ދޭން ޖެހޭ ހާލަތެއް ނެތްކަމަށް ބުނެ ޓްރައިބުނަލްގެ ނިންމުމާއި އެއްގޮތަށް ފުރިހަމައަށް އަމަލުކޮށްފައެއް ނުވެއެވެ.

 

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !