A wide advertisement which will be shown on all devices. (700 x 100)

އެތުލެޓިކްސް މުބާރާތް ފެށުމަށް ވަރަށް ފުރިހަމައަށް ފުވައްމުލައް ސިޓީ ތައްޔާރުވެއްޖެ

އެތުލެޓިކްސް މީޓް 2023 އަސް ފުވައްމުލައް ސިޓީ ތައްޔާރު

އިންޓާ ސްކޫލް އެތުލެޓިކްސް މީޓު 2023 ފެށުމަށް ވަރަށް ފުރިހަމައަށް ފުވައްމުލައް ސިޓީ ތައްޔާރުވެއްޖެއެވެ،

މި ފެބްރުއަރީ މަހުގެ 4 އިން 10އަކަށް ކުރިޔަށްގެންދާ މިމުބާރާތަށް ފުވައްމުލައް ސިޓީއަށް އަންނަ އެތުލީޓުންނާއި އޮފިޝަލުން، ބެލެނިވެރިން އަދި ބެލުންތެރިންނަށް ފުވައްމުލައް ސިޓީއިން އަންނަނީ ހޫނު މަރުހަމާއެއް ކިޔަމުންނެވެ. އެގޮތުން މިމުބާރާތަށް އެންމެ ފުރަތަމް އައި އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލުގެ ދަރިވަރުން އިން ފެށިގެން އެންމެ ފަހުން މިމަހު 6 ގައި އަންނަ ދަރިވަރުންނަށް ވެސް ހޫނު މަރުހަބާއެއް ކިޔުމަށް ވަނީ ތައްޔާރުވެފައެވެ.

އެތުލީޓުންނަށް މަރުހަބާ ކިޔުން

މެހުމަނުންނަށް މަރުހަބާ ކިޔުމުގެ އިތުރުން ސިޓީ ޒީނަތްތެރިކުރުމުގެ ގޮތުން މުޅި ސިޓީ ސާފުކުރުމުގެ މަސައްކަތް ވެސް ފުވައްމުލައް ސިޓީގެ ސަރުކާރުގެ މުއައްސަސާތަކާއި ސްކޫލުތަކުން ގުޅިގެން ވަނީ ކޮށް ނިންމާލާފައެވެ.

މީގެ އިތުުރން ރަށުގެގެ ބަނދަރު ސަރަހައްދުގައި އާއި ފުވައްމުލަކު އެތުލެޓިކްސް މުބާރާތް ކުރިޔަށް ގެންދާ ސްޓޭޑިއަމްގައި މަރުހަބާގެ ގިޑިގެއް ހެދުމާއި ފުވައްމުލަކު އެއާޕޯޓުގައި ފުވައްމުލަކަށް މަރުހަބާ ކިޔުމަށް ޚާއްސަ ބޯޑެއް ބެހެއްޓުމާއި މުބާރާތް ބާއްވާ ސްޓޭޑިއަމްގައި “ފުވައްމުލައް ޓްރޮޕިކަލް ޕެރަޑައިޒް’ ބޮޑު ހީލިއަމް ބެލޫން އެއް ބެހެއްޓުން ވެސް ހިމެނެއެވެ.

މަރުހަމާބެ ގިޑިގެ- ފުވައްމުލަކު ސްޓޭޑިއަމްގައި

މި އެތުލެޓިކްސް މީޓާއި ދިމާކޮށް “ރަށި ބާޒާރޮގެ ނަމުގައި މިމަހު 3-8 އަށް ފުވައްމުލައް ސިޓީ އިޖުތިމާއި މަރުކަޒުގައި ނައިޓް މާކެޓެއް ބޭއްވުމަށް ވެސް ވަނީ ތައްޔާރުވެފައެވެ. މި ނައިޓް މާކެޓް އޮންނާނީ ކޮންމެ ރެއަކު ވެސް 8:00 އިން 11؛00އަށް ފުވައްމުލަކު އިޖުތިމާއީ މަރުކަޒުގައެވެ.

މިފަހަރުގެ އެތުލެޓިކްސް މީޓުގައި ބައިވެރިވާ ސްކޫލަތައް

މި ފަހަރުގެ އެތުލެޓިކްސް މީޓުގައި 13 އަހަރުން ދަށުގެ އުމުރު ފުރާއިން ފެށިގެން 19 އަހަރުން ދަށުގެ އުމުރުފުރާ އާއި ދެމެދުގެ އުމުރުފުރާތަކުން ގިނަ ޓްރެކް އިވެންޓްތަކާއި ފިލްޑް އިވެންޓް ތަކެއް ކުރިޔަށް ގެންދެވޭނެއެވެ. މިއިވެންޓް ތަކުގައި ރާއްޖޭގެ 33 ސްކޫލަކުން 810 އެތުލީޓުން ވާދަކުރާނެއެވެ. މީގެ ތެރޭގައި ރަށުން ބޭރުން އަންނަ 490 އެތުލީޓުން ހިމެނެއެވެ.

ރަށި ބާޒާރޮ ފަށަނީ 3 ފެބްރުއަރީގައި

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !