A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުން ލަސްވާތީ އެމްޕީ ރަޝީދު ސުވާލުކޮށްފި

އެމްޕީ މުހައްމަދު ރަޝީދު (ދޮންބެ) މަޖުލީހުގައި ވާހަކަ ދައްކަވަނީ

ފުވައްމުލައް ސިޓީ އެތެރޭގެ މަގުތައް ހެދުން ލަސްވާތީ ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ) މިނިސްޓަރ އޮފް ޕްލޭންނިން އެންޑް ހައުސިން މުހަމއްދު އަސްލަމު އާއި ސުވާލުކޮސްފިއެވެ.

އެމްޕީ ދޮންބެ މިނިސްޓަރު އަސްލަމުއާއި ސުވާލު ކުރައްވަމުން މަޖުލީހުގެ ތަޅުމުގައި ވިދާޅުވީ:

“ފުވައްމުލަކު އިންޓާރނަލް ރޯޑް ޕްރޮޖެކްޓްގެ 31 މަގެއް ވަނީ ޖުލައި 2019ގައި އެމްޓީސީސީ އާއި ވަނީ ހަވާލުކުރެވިފައި. 730 ދުވަސް ތެރޭގައި، 24 މަސް ދުވަހުގެ ތެރޭގައި މިޕްރޮޖެކްޓް ނިންމަން އެވޯޑް ކުރެވިފައިވާ އިރު، މިހާރު 16 މަސް ފާއިތުވެގެން ހިނގައްޖެ. ބާކީ އޮތީ 8 މަސް. އަދި އެއްވެސް މަގެއް ނުނިމޭ… ޕްރޮޖެކްޓްގެ ޝެޑިއުލާއި އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ދާކަން ތިޔަބޭފުޅުން ބައްލަވަންތޯ؟” އެވެ.

އަދި ދެވަނަ ސުވާލެއްގެ ގޮތުގައި އެއްސެވީ “ބައެއް ދާއިރާތަކުގެ މަސައްކަތްތައް ރޮކެޓް ސްޕީޑްގައި ދާއިރު ކޮވިޑާއި ޖެހި އަނެއްބައި ދާއިރާތަކުގެ މަސައްކަތްތައް ފިނިހަކަ ސްޕީޑްގައި ކުރިޔަށްދަނީ ކީއްވެގެންތޯ؟” އެވެ.

ފުރަތަމަ ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމު ވިދާޅުވީ، ޖެހޭނީ ސީދާ ޝެޑިއުލްގައި މަސައްކަތް ރޭވިފައި އޮތްގޮތް ބަލަންކަމަށާއި، ނަމަވެސް މަސަްކަތކުގައި ލސްކަމެއް އުލޭކަމަށް ގަބޫލުކުރައްވާ ކަމަށާއި މެމްބަރު ސުވާލު އެކުރައްވަނީ މަސައްކަތް ލަސްވެގެންކަމަށް ގާބޫލުކުރައްވާ ކަމަށެވެ. ޝެޑިލައުކަށްވުރެ މަސައްކަތް ލަސްވެފައިވަނީ ކިހާވަރަކަށްތޯ ޖެހޭނީ މަސައްކަތް ކުރައްވާ ބޭފުޅުންނާއެކު (އެމްޓީސީސީ) އިށީދެގެން ބަލާފައި މެމްބަރަށް ޖަވާބެއް އަރުވަން ކަމަށެވެ.

ހުރިހާ ޕްރޮޖެކްޓްތައް ވެސް މޮނިޓަރ ކުރައްވަމުން ގެންދަވާކަމަށާއި މައްސަލަތައް ނިކުތުމުން އެ މައްސަލަތައް ހައްލުކުރެއްވުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މައްސަލަތައް ހައްލުކުރުމުގައި ބައެއްފަހަރު ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންނާއި ވެސް މަޝްވަރާ ކުރައްވާ ކަމަށެވެ.

ދެވަނަ ސުވާލަށް ޖަވާނުދެއްވަމުން މިނިސްޓަރު އަސްލަމު ވިދާޅުވީ ބައެއް މަސައްކަތްތައް ރޮކެޓް ސްޕީޑްގައި އަނެއްބައި މަސައްކަތްތައް ފިނިހަކަ ސްޕީޑްގައި ދަނީ ތަފާތު އެކި ސަބަބުތަކާ ހެދި ކަމަށެވެ. އެގޮތުން ބައެއްފަހަރު އެއީ ކޮންތްރެކްތަރުގެ ކެޕޭސިޓިގެ މައްސަލައެއް ކަމަށާއި،  ބައެއްފަހަރު ޕްރޮޖެކްޓްގެ ތެރޭގައި ކުރިން ވިސްނާފައިނުވާ ކަންކަން ދިމާވާތީއާއި ބައެއް ފަހަރު ޕްރޮޖެކްޓްގެ މަސައްކަތް ކުރަން ސައިޓްގައި ތިބޭ މީހުންގެ މައްސަލަ ހުރެގެން ފަދަ ތަފާތު ސަބަބުތަކާއިހެދި ކަމަށެވެ.

“ހަމަގައިމު ވެސް އަޅުގަނޑު އެއްވެސް ދާއިރާއަކަށް އެއްވެސް މެމްބަރަކަށް ފޭވާކޮށްފައި، ނޫނީ އަނެއްބައި މެމްބަރަށް ނުރުހިފައި ވާތީކީ ނޫން އަދި ސަރުކާރުން ވެސް އެގޮތަށް ދެކޭތީ ނޫން އެކަންތައްތައް އެގޮތަށް ހިނގަނީ ކީ. އެއީ މަސައްކަތުގެ މަހައުލާއި މަސައްކަތާއި ގުޅިފައި ހުންނަ ސަބަބުތަކައްޓަކައި” ކަމަށް އަސްލަމު ވިދާޅުވިއެވެ.

ފުވައްމުލަކު އެތެރޭގެ މަގު ހެދުން. ފޮޓޯ؛ މުހައްމަދު ޝަހީދު 21 ޖުލައި 2020

އަސްލަމު އެހެން ވިދަޅުވުމުން މަޖުލިސް ރައީސް ވިދާޅުވި ‘އިއްޒަތްތެރި ވަޒީރު އެކަހަލަ ކަންތައްތައް ނުކުރައްވާތި” އެވެ.

ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތަކުގެ މަސައްކަތް ކުރިޔަށްދަނީ ވަރަށް ލަސް ސްޕީޑެއްގައި ކަމަށް ފުވައްމުލަކުގެ ރައްޔިތުން ބުނަމުން ދެއެވެ. ބޭރުމަގު ނުވަތަ ރިންގް ރޯޑްގެ މަސައްކަތް ވެސް އެމްޓީސީސީއަށް އަދި ވަނީ އެއްކޮށް ނިންމާ ނުލެވިފައެވެ. އަދި އެތެރޭގެ 31 މަގެއްގެ ތެރެއިްނ މަސައްކަތ ކިރިޔާވެސް “ހޭކި އުޅެނީ” ވެސް ފިނިވާމަގާއި އޯކިޑު މަގުގައި އެކަންޏެވެ. އެދެމަގުގައި ވެސް އެކަށީގެންވާ ގޮތެއްގަިއ މަސައްކަތްކުރާތަނެއް ނުފެނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !