ފިނިވާމަގުގައިވާ މައި ފެންހޮޅިއަށް ކުއްލިއަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މިވަގުތު ދިގުވާޑު އަދި ދަޑިމަގުގެ ބައެއް ހިސާބުތަކުން ފެނުގެ ޚިދުމަތް މެދުކަނޑާލެވިފައިއި ވާކަމަށް ފެނަކަ-ފުވައްމުލައް އިން ހާމާކުރެއެވެ.
އެގޮތުން ފެނުގެ ޚިދުމަތް މެދުކަނޑާލެވިފައި ވަނީ ދިގުވާޑު (ފިނިވާމަގުގެ) ވާދީ ކިޔާ ގެއިން ފެށިގެން ދަޑިމަގު ފިނިވާގެ އާއި ހަމައަށެވެ.
މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިޙާރު ވެސް ކުރަމުން އަންނަ ކަމަށާއި އަލުން ފެން ދޫކުރެވޭ ވަރު ވާނީ މިއަދު ހަވީރު 5:00 ގައި ކަމަށް ފެނަކައިން ނެރުނު ނޯޓިސްގައި ވެއެވެ.
ފެނުގެ ޚިދުމަތް މެދުކަނޑާލާފައި ވުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ފެނަކައި ހާމަކުރެއެވެ.
+1
+1
ޚިޔާލުތައް