ފުވައްމުލަކު ފިނިވާމަގުގައިވާ މައި ފެންހޮޅިއަށް އިއްޔެ ދިމާވި މައްސަލަ އަދި ހައްލުނުވާކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ. އިއްޔެއިން ފެށިގެން އަދިވެސް ފިނިވާމަގުގެ ބޮޑު ބަޔަކުން ވަނީ ފެނުގެ ޚިދުމަތް މެދުކަނޑާލާފައެވެ.
މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުން ކަމަށް ފެނަކައިން ނެރުނު ނޯޓިސްގައި ވެއެވެ.
ފެނުގެ ޚިދުމަތް މެދުކަނޑާލެވިފައި ވަނީ ދިގުވާޑު (ފިނިވާމަގު) ވާދީ އިން ފެށިގެން ދަޑިމަގު ފިނިވާގެ ހިމެނޭ ސަރަހައްދަށަވެ. އެހިސާބުތަކަށް އަލުން ފެނުގެ ޚިދުމަތް ދެވޭނީ މިއަދު މެންދުރު 12:30 ގައި ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.
ފެނުގެ ޚިދުމަތް މެދުކަނޑާލާފައި ވުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ފެނަކައި ހާމަކުރެއެވެ.
+1
+1
ޚިޔާލުތައް