ސފުވައްމުލަކު ހޮސްޕިޓަލުން ޚިދުމަތަށް މުޅިން އަލަށް އިއްޔެ ފުވައްމުލަކުގެ ރޭޑިއޯގްރާފަރަކު ނުކުމެއްޖެއެވެ.
ފުވައްމުލަކު ހޮސްޕިޓަލާއި އަލަށް ގުޅުނު ފުވައްމުލަކުގެ ރޭޑިއޯގްރާފަރަކީ މާލެގަން، މުސްކުޅިގޭ އަޙްމަދު ޒައިދުއެވެ. ފުވައްމުލަކު ހޮސްޕިޓަލުން ވަނީ އެ ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖުގައި އޭނާއަށް މަރުހަބާ ކިޔައި ޕޯސްޓެއް ކޮށްފައެވެ.
ޒައިދު އިއްޔެ ޚިދުމަތަށް މިނުކުތީ 2017 ން 2019 އަށް އިންޑިއާގެ ބަހާރަތު ސެވަކް ސަމަޖުގައި ބީ.އެސް.އެސް ޑިޕްލޮމާ އިން ރޭޑިއޮލޮޖީ އެންޑް އިމޭޖިން ޓެކްނޮލޮޖީ ކޯހެއް ފުރިހަމަ ކުރެއްވުމަށް ފަހުއެވެ. ދިވެހި ސިވިލް ސާރވިސް ކޮމިޝަނުން ޒައިދުއަށް ފުވައްމުލަކު ހޮސްޕިޓަލުގެ ރޭޑިއޯގްރާފަރެއްގެ ވަޒީފާ ހަމަޖައްސަވާފައި ވަނީ ވެސް އިއްޔެ، 26 ނޮވެމްބަރ 2020 ދުވަހުގައެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ރޭޑިއޯގްރާފީ ރޫމް
ފުވައްމުލަކު ހޮސްޕިޓަލުގައި ދެ ރޭޑިއޯގްރާފަރުން މަސައްކަތް ކުރަމުން އާދެއެވެ. އެ ދެ މީހުންނަކީ ވެސް އިންޑިއާ ދެ މީހުންނެވެ. ނަމަވެސް އެއިގެ ތެރެއިން އެކަކު މަސައްކަތް ނުކުރެވޭ ވަރަށް ބަލިވުމުން މިއަހަރުގެ ތެރޭގައި ވަނީ އަނބުރާ ގައުމަށް ގޮސްފައިވާކަމަށް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ހާމަކުރެއްވިއެވެ.

އެކްސްރޭގެ ޚިދުމަތް -ފުވައްމުލަކު ހޮސްޕިޓަލް
މިއަދު ޚިދުމަތަށް އަލަން ނުކުންނަ ޒައިދު އާއެކު މިހާރު އެ ހޮސްޕިޓަލުގައި އަނެއްކާވެސް ދެ ރޭޑިއޯގްރާފަރުން މަސައްކަތް ކުރަމުން ދާނެއެވެ.
ރޭޑިއޯގްރާފަރުންނަކީ ސިއްޙީ ޚިދުމަތަށް އެކްސްރޭއާއާއި ސްކޭން ފަދަ “އިމޭޖްތައް” ނަގައި އެކަމުގެ ރިޕޯރޓްތައް ތައްޔާރުކުރާ ފަންނީ މީހުންނެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ޑިޖިޓަލް އެކްސްރޭގެ ޚިދުމަތް ޚިދުމަތް ދިނުމުގެ ޕްލޭން ކުރިޔަށް އެބައޮތް ކަމަށާއ،ި ދުރުނޫން ކުރިމަގެއްގައި އެކްސްރޭގެ ޚިދުމަތް ޑިޖިޓަލް ކުރުން އެބައޮތް ކަމަށް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު މިއަހަރު ޖޫންމަހު ވިދާޅުވެފައި ވެއެވެ.
ދާދިއަވަހަށް ފުވައްމުލަކު ހޮސްޕިޓަލުގައި ދިވެހި ޑޮކްޓަރުން ތިއްބަވައިގެން ރައްޔިތުންނަށް ޚިދުމަތް ކުރައްވަން ފައްޓަވާނެ ކަމަށް އަހުމަދު ސައީދު އިއްޔެ ވިދާޅުވެފައިވެއެވެ.

ޑިޖިޓަލް ރޭޑިއޯގްރަފީ
ޚިޔާލުތައް