ފުވައްމުލައް ހޮސްޕިޓަލުގެ ތަރައްޤީއަށް ކުރިމަތިވެފައިވާ ދަތިތަށް ހައްލުކުރުމަށް މަސައްކަތް ކުރައްވާނަން – ނައިބް ރައިސް

Share on facebook
Share on twitter
Share on google

ފުވައްމުލައް ހޮސްޕިޓަލުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، މިހިނދުން މިހިނދަށް ހައްލު ބޭނުންވާ ކަންކަމާގުޅޭ ގޮތުން، ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ކުރައްވައި، އެ ކަންކަން ހަމަޖައްސަވަން މަސައްކަތް ކުރައްވާނެ ކަމުގައި ނައިބް ރައިސް ފައިސަލް ވިދާޅުވެއްޖެއެވެ.

ނައިބް ރައިސް މިހެން ވިދާޅުވީ ފުވައްމުލައް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި، އެ ތަނުގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމުގެ މަޢުލޫމާތު  ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖްމެންޓްގެ ފަރާތުން ނައިބް ރައިސް ފައިސަލް އާއި ޙިއްޞާ ކުރެއްވުމަށް މިރޭ ބެއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ އިތުރުން  ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ދެއްކެވި ވާހަކަފުޅުގެ ތެރޭގައި، ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ ގޮތުން ވަރަށް ތަފުޞީލުކޮށް އަލިއަޅުއްވައިލެއްވިއެވެ. އަދި ހޮސްޕިޓަލުގެ އޮނިގަނޑު ހަރުދަނާ ކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ބައްލަވަން ޖެހިވަޑައިގަންނަވާ ކަންކަން ބައްލަވައި، ކަމާގުޅޭ މާހިރުންގެ އިރުޝާދާއެކު މަސައްކަތް ކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

 

މި ބައްދަލުކުރެއްވުމުގައި ފުވައްމުލަކު ހޮސްޕިޓަލްގެ އިސްވެރިން  ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި، ހޮސްޕިޓަލަށް ބޭނުންވާ އިތުރު ވަޞީލަތްތައް ހޯދުމާއި، އައު ޚިދުމަތްތައް ތަޢާރުފުކުރުމުގައި ހުރި ގޮންޖެހުންތަކާއި، ޢާންމު ޞިއްޙަތާއި އެހެނިހެން ދާއިރާތަކުން ފަންނީ މުވައްޒަފުން ހޯދުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments