ފުވައްމުލައް ސިޓީން 5 ވަނަ މީހަކު ކޮވިޑް-19އަށް ފައްސި ވެފައިވާކަން ދާދި ދެންމެއަކު ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވައެވެ. މިއަދު ބައްޔަށް ޕޮޒިޓިވް ވީ ދިވެހި ފިރިހެނެ ކެވެ.
މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނުން ފުރިހަމަކުރަމުންދާ މީހެއްކަމަށާއި އޭގެ ފަރާތުން ކޮވިޑް-19ގެ އަލާމަތްތަކެއް ފެނުމުން އިއްޔެ ނެގި ސާމްޕަލްގެ ނަތީޖާ މިއަދު ލިބުނު އިރު ވަނީ ބައްޔަށް ޕޮޒިޓްވެ ވެފައެވެ.
ހޯމްކަރަންޓީނުގައި އޭނާގެ ޑައިރެކްޓް ކޮންޓެއް ނެތް ކަމަށާއި ރަށަށް ދަތުރުކުރުމުގެ ތެރޭއިން ޑައިރެކްޓް ކޮންޓެޓަކު ހުރިތޯ ބެލުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ފުވައްމަލަކު ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދު މައުލޫމާތު ދެއްވިއެވެ.
ހޯމް ކަރަންޓީނުގައި ހުރި މީހަކު ބައްޔަށް ޕޮޒިޓިވް ވުމުން ރަަށުަގއި ދިރިއުޅޭ މީހުން ބަލިފެތުރިދާނެތި އެހާ ކަންބޮޑުވާކަށް ނުޖެހެއެވެ. އެހެނީ އޭނާގެ ކޮންޓެކްޓަކު ހުރިކަމުގައި ވިޔަސް އެއީ ވެސް ކަރަންޓީނުގައި ހުންނާނެ މީހަކަށް ވާނެތީއެވެ. ނޫނީ އޭނާގެ ޑައިރެކްޓް ކޮންޓެކްޓެއް ނުހުންނާނެތީއެވެ.

5-15 ޖެނުއަރީ 2021 އަށް ހޯމް ކަރަންޓީނުގައި ހުރި ގެތައް
މިއަދުގެ ޕޮޒިޓިވް ކޭސް އާއެކު ފުވައްމުލަކު ހޮސްޕިޓަލުން އަދި ފުވައްމުލައް ސިޓީ ކައުންސިލުން އިރުޝާދުދީފައިވަނީ “ރައްޔިތުން ކޮވިޑް-19އިގެ ރޯގާއިން ރައްކާތެރިވުމުގައި އިތުރަށް ފަރުވާތެރިކަން ބެހެއްޓެވުމަށާއި ގައިދުރުކަން ބަހައްޓަވައި މީހުން އެއްވާ ތަންތަނުގައި މާސްކް އެޅުއްވުމާއި ގިނަގިނައިން އަތްދޮވެ، ޢާއްމު ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށެވެ.”
މއިަދު އިއުލާންކުރެވުނު ކޮވިދް-19 5 ވަނަ ޕޮޒިޓިވް ކޭސް މިފެނުނީ 3 މަސްދު ވަސް ފަހުންނެވެ. 4ވަނަ ކޭސް ރިޕޯޓްކޮށްފައިވަނީ 26 އޮކްޓޯބަރު 2020 ގައެވެ. އަދި އެންމެ ފުރަތަމަ ކޭސް ރިޕޯޓްކޮށްފައި ވަނީ 5 އޮގަސްޓް 2020 ގައެވެ. މިހުރިހާ ކޭސްތަކަކީ ވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.
މިދުވަސްކޮޅު މުޅި ރާއްޖެގެ ކޮވިޑް-19 ކޭސްތަކުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ދިވެހިރާއްޖޭގެ ކޮވިދް-19 ޙާލަތު، 25 ޖެނުއަރީ 2021
ޚިޔާލުތައް