ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެއްޑެއް އޮތްކަމަށް ބެލެވޭތީ ރައްކާތެރިކަމުގެ ފުވައްމުލައް ސިޓީގައި ޒަރުރީ ބޭނުންތަކުގައި މެނުވީ ރޭ، 9 ފެބުރުއަރީ 2021 ދުވަހުގެ ރޭގނަޑު 12:00 އިން ފެށިގެން ގެއިން ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ.
މިކަމާއި ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުން ރޭ ނެރުނު އިއުލާނުގައިވާ ގޮތުން ފުވައްމުލައް ސިޓީގައި ބޭރަށްނިކުމެ އުޅުން މަނާކުރެވިފައި މިވަނީ އެޗްޕީއޭގެ މޮނިޓަރިން އިން ފުވައްމުލައް ސިޓީ ނަގަންދެނެވެ. ނުވަތަ ސިޓީ ކައްނސިލުން ވަކިގޮތެއް އަންގަންދެނެވެ.

އެޗްޕީއޭގެ މޮނިޓަރިން އަށް ފުވައްމުލައް ސިޓީ ލުން
އާއްމު ބަހުން ބުނާނަމަ ކާފިއުއެއް އިއުލާން ކުރެވިފައިވާ ހިނދު 11 ކަމެއް މަނާކުރެވިފައިވާ ކަމަށް ވައްމުލަކު ސިޓީ ކައުންސިލުގެ އިއުލާނުގައި ވެއެވެ. އެގޮތުން މަނާކުރެވިފައި ވަނީ:
- ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްގެއަިން އަނެއްގެއަސް ދިއުން އަދި ގެއިން ބޭރަށް ނިކުމެ އުޅުން
- އޮފީސްތައް ބަންދުކޮށް، ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް އޮންލައިންކޮށް ދިނުން
- ސްކޫލް، ކޮލެޖު، ޓިއުޝަން ސެންޓަރުތައް، ގުރުއާން ކްލާސް އަދި އެނޫން ވެސް ކިޔަވައިދޭ އެންމެހާ ކްލާސްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުން.
- ކެފޭ، ރެެސްޓޯރަންޓް، ސައިހޮޓާ ފަދަ ތަންތަނަށް ޓޭކްއަވޭ ނުވަތަ ޑެލިވަރީ ނޫން ގޮތަކަށް ޚިދުމަތް ނުދިނުން
- ގާޑިއާ ތަކުން ވެސް ޓޭކްއަވޭ ނުވަތަ ޑެލިވަރީ ނޫންގޮތަކަށް އާއްމުންނަށް ޚިދުމަތް ނުދިނުން
- ކޮވިޑް-19 އާއި ގުޅިގެން ފިހާރަތަކަށް މީހުން ވެއްދުމަށް ކަނދައޅާފައިވާ އަދަދަށްވުރެ ގިނައިން މީހުން ނުވެއްދުމާއި އެޗްޕީއޭއިން ކަނޑައޅާފައިވާ އެހެނހެން ރައްކާތެރިކަމުގެ ފިޔަވަޅުތައްއެޅުން.
- ޕާކްތަކާއި އާއްމު މައިދާންތަކަށް އެއްވެ ނޫޅުން
- ސެލޫން، ބޯކޮށާތަންތަން އަދި ޖިމް ބަންދުކުރުން
- ހުރިހާ ބާވަތެއްގެ ކުޅިވަރުހަރަކާތައް ހުއްޓާލުން
- ޕާޓީތަކާއި ހަފުލާތަކާއި، ބައްދަލުވުންތައް، އަދި ރަސްމިއްޔާތުތައް އޮންލައިންކޮށް ކުރިޔަށްގެންދިއުން
- ޓޭކްސީގެ ޚިދުމަތް އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކުރިޔަށް ގެންދިއުން. އެވެ.
ޒަރޫރީ ބޭނުމެއްގައި ގެއިން ބޭރުގައި އުޅުއްވާއިރު މާސްކް އެޅުމަށާއި ގައިދުރުކަން ބަހައްޓަން ޖެހެއެވެ.

ޒަރުރީ ބޭނުމެއްގައި ގެއިން ބޭރުގައި އުޅޭއިރުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރައްވާ!
މިއީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމައްތަކައި ކަނޑައޅާފައިވާ އުސޫލުތަކެއްކަމަށާއި، މިއެންގުމާއި އެއްގޮތަށް ހުރިހާ ފަރާތަކުންވެސް އަމަލުކުރުމަށް ސިޓީ ކައުންސިލުން އަންގައެވެ.
ފުވައްމުލައް ސިތީ ކައުންސިލުގެ އިއުލާން
ޚިޔާލުތައް