A wide advertisement which will be shown on all devices. (700 x 100)

އެޗްޕީއޭގެ ސީނިއާ ޓީމެއް ފުވައްމުލަކުގައި- ފުވައްމުލަކުގެ ނޫސްވެރިން ބައްދަލުކުރުމަށް އެދޭ

ގައުމީ ހެލްތު އިމަޖެންސީ އޮޕްރޭޝަން ސެންޓަރުގެ ބައެއް އިސް ބޭފުޅުން ފުވައްމުލަކުގައި

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ސީނިއަރ ޓީމެއް އިއްޔެ ފުވައްމުލަށް ދަތުރުކޮށް ފުވައްމުލައް ސިޓީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިސްފަރާތްތަކާއި ފުވައްމުލަކު ހޮސްޕިޓަލުގެ އިސްފަރާތްތަކާއި އެކު ބައްދަލު ކުރައްވައިއެވެ. ފުވައްމުލަކަށް އެބޭފުޅުން ކުރައްވާ ދަތުރުފުޅުގައި ފުވައްމުލަކުގެ ނޫސްވެރިންނާއި ބައްދަލުވުމަށް ނޫސްވެރިންގެ ފަރާތުން އެދެއެވެ.

ފުވައްމުލަކަށް ވަޑައިގެން އުޅުއްވާ ޓީމުގައި ހިމެނެނީ ނެޝަނަލް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ސްޕޯކްސް ޕާސަން ޑރ. ނަޒުލާ ރަފީގު އާއި ޑރ. ނަޒުލާ މުސްތަފާގެ އިތުރުން ޑރ. ޝަހީދުއެވެ. މިބޭފުޅުންނަނީ ނެޝެނަލް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގައި ވެސް ހިމެނެ ފަރާތްތަކެކެވެ.

ގައުމީ ހެލްތު އިމަޖެންސީ އޮޕްރޭޝަން ސެންޓަރުގެ އިސް ބޭފުޅުން ފުވައްމުލަކުގެ ޓީމާއި ރޭ ބައްދަލުކުރައްވަނީ

ރޭ ބޭއްވި މިބައްދަލުވުންތަކުގައި ފުވައްމުލަކުގެ ހެލް އިމަޖެންސީ ޓާސްކްފޯސް ރިސްޓަރަކްޗާ ކުރުމާއި ފުވައްމުލަކު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ރިސޯސް ހުރި މިަންވަރާއި ފުވައްމުލަކު ހޮސްޕިޓަލުގެ ކެޕޭސިޓީ ހުރި މިންވަރު ބެއްލެވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނުކަމަށް ރެގެ ޕްރެސްގައި މޭޔަރު ފަލާޙު ވިދާޅުވިއެވެ.

މިޓީމު ފުވައްމުލަކަށް ދަތުރުކުރީ މިދުވަސްވަރު ފުވައްމުލަކުަގއި ކޮވިދް1-9 ފެތުރިފައިވުމާއި ގުޅިގެން ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވައެވެ. މިޓީމުން މިއަދު، (3 ފެބްރުއަރީ 2021 ހޮނިހިރު ދުވަހު( ފުވައްމުލަކު ހޮސްޕިޓަލުގެ ކްލިނިކަލް ސާރވިސްގެ މުވައްޒަފުންނާ ބައްދަލު ކުރައްވާ ކޮވިޑް-19ގެ ރޯގާ ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން އިރުޝާދުތައް ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ގައުމީ ހެލްތު އިމަޖެންސީ އޮޕްރޭޝަން ސެންޓަރުގެ އިސް ބޭފުޅުން މިއަދު ފުވައްމުލަކުގެ ހޮސްޕިޓަލުގެ ޓީމާއި ބައްދަލުކުރައްވާނެ.

ރޭގެ ފުވައްމުލަކުގެ ޕްރެސް ބްރީންފިން ބޭއްވުނުލެއް ލސަކަމުން ބައިވެރިވެވަޑައި ނުގެންނެވުނު ކަމުގައި ވިޔަސް ފުވައމްުލަކުގެ ނޫސް ވެރިން އެދެނި މިރޭގެ ބައްދަލުވުމުގައި އެފަރާތްތަކުގެ ބައިވެރިވުން ލިބި ފުވައްމުލަކުގެ ނޫސްވެރިންގެ ސުވާލުތަކަށް ކަމާއި ގުޅޭ ގައުމީ އިސްފަރާތްތަކުގެ ޖަވާބު ލިބޭނެ ގޮތް ވެގެން ދިުއމެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !