A wide advertisement which will be shown on all devices. (700 x 100)

އާއްމުކޮށް ވެކްސިން ޖަހާ އުމުރު 30 އަހަރަށް

ކޮވިޑް-19 ވެކްސިން ޖެހުން ފުވައްމުލައް ސިޓީ. ގްރާފް- މިކަލް ނިއުސް

ފުވައްމުލައް ސިޓީގައި އާއްމުކޮށް ހުޅުވާއިގެން ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖަހާ އުމުރު ފުރާ 30 އހަރުން މައްޗަށް ބަދަލުކޮށްފިއެވެ. މިއަދު މެންދުރު ފަހު 1:30 އިން ފެށިގެން 30 އހަރުން މަތީގެ ހުރިހާ އެންމެނަށް ވެސް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވައެވެ.

މީގެ އިތުރުން 60 އަހަރުން މަތީގެ ހައިރިސްކު މީހުންނާއި ދާއިމީ ބަލިތަކަށް ބޭސް ބޭނުންކުރާ މީހުންނަށްވެސް ވެކްސިން ޖެހުމަށް ވަނީ ހުޅުވާލާފައެވެ. މިއަދު ވެކްސްިން ޖެހުން އޮތީ ޏ.އޭއީސީ ހޯލުގަިއ އާއި އެމްޖޭއެސް ސްކޫލް ގައެވެ.

ފުވައްމުލައް ސިޓީއަށް މިހާތަނަށް ލިބިފައި ވަނީ 2320 ޑޯޒް ވެކްސިނެވެ. އޭގެ ތެރެއަިން އިޔެގެ ނިޔަލަށް 2152 ޑޯޒް ވެކްސިން ވަނީ ޖަހާ ނިމިފައެވެ. އެއާއެކު ބާކީ ހުންނާނީ 178 ޑޯޒް ވެކްސިން ކަމަށް ބެލެވެއެވެ. މިއީ މިއަދު އެކަނި ޖަހައިގެން ވެސް ހުސްކުރެވިދާނެ އަދަދެކެވެ. އިއްޔެވެސް ވުވައްމުލައ ސިޓީއިން 168 މީހުން ވެކްސިން ޖަހާފައިވެއެވެ.

ކޮވިޑް-19 ވެކްސިން ޖެހުން އުމުރުފުރާތައް ފުވައްމުލައް ސިޓީ. ގްރާފް- މިކަލް ނިއުސް

ފުވައްމުލައް ސިޓީއަށް ބޭނުންވާވަރަށް ދަތިނުވެ ވެކްސިން ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ޔަގީންކަން ދެއްވާވާފައިވާ ކަމަށް މޭޔަރު ވަނީ އީއޯސީ މީޑިއާ ބްރީފިންގައި ވިދާޅުވެފައެވެ. ވުމާއެކު ބެލެވެނީ މިއަދު ނޫނޫ މިރޭ އިތުރު ވެކްސިން ލިބޭނެކަމަށެވެ.

ރޭގެ މީޑިއާ ބްރީފިންގައި މޭޔަރުގެ ކަންބޮޑުވުން އާއްމު މީހުން ވެކްސިން ޖެހުމަށް ނުކުންނަލެއް މަދުވުމުންނެވެ. ވީހާ ގިނަބަޔަކު ވެކްސިން ޖެހުމަށް ނުކުތުމަށް ފުވައްމުލަކު ހޮސްޕިޓަލުން ވެސް ވަނީ އެދިފައެވެ.

ކޮވިދް-19 އިން ސަލާމަތްވުމަށް އޮތް އެންމެ އިތުބާރު ހުރި ގޮތަކީ ވެކްސިން ޖަހައިގެން ރައްކާތެރިކަން ހޯދުމެވެ. ނާދިރު ހާލަތެއްގައި ވެކްސިން ޖަހާފައ ިވިޔަސް ކޮވިޑް-19 ބަލި ޖެހިދާނެކަމަށް ކަމުގެ މާހިރުން، ޑޮކްޓަރުން ވިދާޅުވެއެވެ. ނަމަވެސް އެންމެ ބޮޑު އިތުބާރަކީ ވެކްސިން ޖެހުމަށްފަހު ކޮވިޑް ޖެހުނުކަމުގައި ވިޔަސް މީހާގެ ހާލަތު ގޯސްނުވެ ބަލިން ސަލާމަތް ވާނެކަމުގެ %100 ޔަގީންކަން އޮތުމެވެ.

މިހާތަނަ ފުވައްމުލައް ސިޓީގައި ކޮވިޑް-19 ވެކްސިން ޖެހިފައިވާ މިންވަރު 22 ފެބްރުއަރީ އަށް- މައުލޫމާތު ފުވައްމުލައް ސިޓީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !