A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ސަރަހައްދަށް މޫސުމީ ހުދު ސަމާލު ނެރެފި

މޫސުމީ ހުދު ސަމާލު

ފުވައްމުލައް ސިޓީއަށް ހިމެނޭ، ދެކުނުގެ 5 އަތޮޅުގެ ސަރަހަށްދަށް މޫސުމީ ހުދު ސަމާލު ނެރެފިއެވެ. އެއާއެކު މޫސުމަށް ސަމާލުވުމަށް ފުވައްމުލައް ސިޓި ކައުންސިލުން ވަނީ ނޯޓިސް ނެރެފައެވެ.

މިއަދު، 10 މާރިޗު 2021 ދުވަހުގެ ރޭ 8:00 އިން މިރޭ 2:00 އަށް ދެކުނުން ލ. އަތޮޅާއި، ހުވަދުއަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ އަށް ވަނީ މޫސުމީ ހުދު ސަމާލު ނެރެފައެވެ. އެންމެ ފުރަތަމަ ރޭ ހުދު ސަމާލު ނެރުނީ ދެކުނުގެ 4 އަތޮޅަށެވެ.

މިއަދު ފުވައްމުލައް ސިޓީއަށް ބޯކޮށް ވާރޭ ވެހެމުން ދާކަމަށް މައުލާުމާތު ލިބެއެވެ.

މޫސުމާ ބެހޭ އިދާރާއިން ހާމަކުރާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެކަމަށް ވެއެވެ.

ރާއްޖޭގެ ކަނޑުގެރާޅުގެ އުސްމިން: 2 – 5 ފޫޓު ހުންނާނެކަމަސ ްލަފާ ކުރެއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !