A wide advertisement which will be shown on all devices. (700 x 100)

މާދަމާ 2 ޖާހާއިރު މޭޔަރ ފަލާހު ރައްޔިތުންނާއި ބައްދަލުކުރައްވަނީ

ފުވައްމުލައް ސިޓީގައި އިމާރާތްކުރީ 200 ފްލެޓް.

މާދަމާ މެންދުރު 2 ޖާހާއިރު ފުވައްމުލައް ސިޓީ މޭޔަރ ފަލާހު ޝަރީފު ރައްޔިތުންނާއި ބައްދަލުކުރައްވަން ހަމަޖައްސަވައިފިއެވެ. މޭޔަރު ބައްދަލުކުރައްވާނީ ވާޗުއަލްކޮށް ފޭސްބުކް ލައިވް އިންނެނެވެ.

މާދަމާ މޭޔަރު ރައްޔިތުންނާއި ބައްދަލުކުރައްވަނީ މިހާރު އިއުލާން ކުރެވިފައިވް ފްލެޓް ތަކަށް ޕޮއިންޓް ދީފައިވާ ގޮތާއި މެދު ރައްޔިތުންގެ ކަންބޮޑުވުން އޮތްކަން އެނގިވަޑައިގެން އެމައުލޫމާތު ސާފުކޮށް ދިނުމަށް ކަމަށް މިކަލް ނޫހާއި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މިހާރު ލިސްޓް އާއްމުކުރެވިފައި ވަނީ ޝަކުވާ ހުށަހެޅުމަށް ކަމަށާއި، މި 2 ހަފުތާގެ މުއްދަތުގައި އެއްވެސް ޝަކުވާއެއް އޮތްނަމަ ހުށަހަޅާ ދެއްވުމަށެވެ.

ސޯޝަލް މީޑިއާގައި ފެންނަވަރުގެ ކަންބޮޑުވުމެއް އޮތްކަމަށް އަދި ނުބެލެވެއެވެ. އެހެނީ މިހާހިސާބަށް ވެސް ލިބިފައިވާ ޝަކުވާގެ އަަދަދު މަދުކަމުން ކަމަށް މޭޔަރު ވިދާޅުވެފައި ވުމުންނެވެ. މިއަދުގެ ނިޔަލަށް 10 ޝަކުވާ ވެސް ލިބިފައި ނުވާކަމަށް ވިދާޅުވިއެވެ.

3 ވަނަ ބުރުގެ ފްލެޓަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތް

ފްލެޓް ހައްގުވެރިންނަށް ދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށާއި އެކަން ބެލުމަށް މިހާތަނަށް އުސޫލުގެ ތެރެއިން ކުރެވެން ހުރި މަސައްކަތް ވަނީ ކޮށްފައިކަމަށް މޭޔަރު  ވިދާޅުވިއެވެ. އެގޮތުން ފޯމްތަކުގައި ވާ މައުލޫމާތު ރަސްމީ އިދާރާތަކުން ޔަގީން ކުރެވެން ހުރި ހުރިހާ މިންވަރަކަށް ޔަގީން ކުރެވިފައިވާ ކަމަށެވެ. އިދާރީ ކުށަކުން ވެސް ގޯސްކޮށް ކަމެއް ވެފައިވާ ނަމަ އެކަމެއް ރަނަގަޅުކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މިފްލެޓްތައް ދިނުމުގައި ގޭގެއަށްގޮށް ދިރިއުޅުމުގެ ހާލަތު ބެލުމަށް ކަނޑައަޅާފައި ކުރިންވެސް ނުވުމުން މައުލޫމާތު ވެރިފައިކުރީ ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކުން ކަމަށެވެ. އަދި ދެން އޮތީ އާއްމު ރައްޔިތުންގެ ޝަކުވާއެއް ނުވަތަ ޝައްކުވާކަމެއް އޮތް ނަމަ އެކަމެއް ފާހަގަކޮށް މުޅި ލިސްޓަށާއި ވަކިވަކި މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތާއި މެދު ޝަކުވާ ހުށަހެޅުންކަމަށާއި، އަދި އެކަންކަން ސާފުކޮށް ދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި އެކަންކަން ސާފުކޮށްދެވޭނީ އެފަރާތްތަކުން ޝަކުވާ ހުށަހަޅައިގެން ކަމަށް ފާހަގަ ކުރެއްވިއެވެ.

އަދި ފްލެޓް ދިނުމުގެ ކުރިން ޝަކުވާތައް ބަލައި މައްސަލަތައް ހައްލުކުުމަށް ކުރެވެން ހުރި ހުރިހާކަމެއް ވެސް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    Nice

  • ރަށި މީހާ

    ކޮމެންޓުކުރާކަށް ބޭނުމެއްނޫން

  • ރަށި މީހާ

    ފަލާހާއި ބައްދަލުކުރެާކަށް ބޭނުމެއް ނޫން

  • ރަށި މީހާ

    މިއީ ޓެސްޓް މެސެޖެއް

  • ރަށި މީހާ

    ފަލާހާއި ބައްދަލުކުރާކަށް ބޭނުމެއްނޫން