A wide advertisement which will be shown on all devices. (700 x 100)

ފްލެޓަށް ޕޮއިންޓް ދިންގޮތުގެ ތަފުސީލު ހާމަކުރަނީ

ފުވައްމުލައް ސިޓީ ދަޑިމަގު ސަރަހައްދުގައި އިމާރާތް ކުރެވިފައިވާ ފްލެޓްތައް

ފުވައްމުލައް ސިޓީގެ ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޕޮއިންޓް ދީފަައިވާ ގޮތުގެ ތަފުސީލް ހާމަކުރން ނިންމއިފިއެވެ. މިކަލް ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުވައްމުލައް ސިޓީ މޭޔަރު ފަލާޙު ޝަރީފު މިރޭ ވިދާޅުވީ ޕޮއިންޓް ދީފައިވާ ގޮތުގެ ތަފުސީލު ހާމަކުރަން މިހާރު ނިންމައި އެކަން އިދާރީ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

އެގޮތުން މާދަމާ އެތަފުސީލު އާއްމު ކުރާނެ ކަމަށް ބެލެވެއެވެ.

ފުވައްމުލައް ސިޓީގެ 200 ފުލެޓްގެ ތެރެއިން، ދެ ކެޓަގަރީއިން ބާކީހުރި 47 ފްލެޓަށް 776 މީހުން 3 ވަނަ ބުރުގައި ޝަރުތު ހަމަވެ ވަގުތީ ލިސްޓްގައި ހިމެނިފައި ވެއެވެ. އެއީ ފުވައްމުލަކުގެ ރައްޔިތުންނަށް ޚާއްސަ ކުރެވުނު އޭ ކެޓަގަރީން 640 މީހުނާއ،ި ފުވައްމުލަކަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވުނު 20 ފްލެޓްގެ ތެރެއިން ބާކީހުރި 7 ބީ ކެޓަގަރީން 136 މީހުނެވެ. އޭ ކެޓަގަރީން މިބުރުގައި ދޫކުރަނީ ބާކީހުރި 40 ފްލެޓެވެ. އަދި ބީ ކެޓަގަރީން  ދޫކުރާނީ ވެސް ބާކީ ހުރި 7 ފްލެޓެވެ.

ތިންވަނަ ބުރުގެ ފްލެޓް ލިސްޓް އާއްމުކުރުމާއެކު ޕޮއިންޓްލިބިފަިއވާ ގޮތާއި މެދު ސޯޝަލް މީޑިއާގައި ބައެއް އާއްމުންގެ ފާޑުކިޔުންތައް އަމާޒުވާން ފެށިއެވެ. ނަމަވެސް ގިނަ ފާޑުކިޔުން ތަކަކީ ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ 11 ބަިއގެން ތެރެއިން 3،4،5 އަށް ހިމެނޭ، ކުރިމަތިލާފައިވާ ފަރާތްތަކުގެ ދަރިންނަށް ޕޮއިންޓް ލިބިފައިވާ ގޮތާއި މެދުގައެވެ.

ލިސްޓަށް ފާޑުކީ ބައެއް މީހުން ބުނެފައިވާ ގޮތުގައި އާއްމުން ހުށަހަޅާފައިވާ ފޯމުތަކުގައި ހުރި ސައްހަނޫން މައުލޫމާތު ސިޓީ ކައުންސިލުން އެކަށީގެންވާ މިންވަރަކަށް ޔަގީން ކުރެވިފައި ނުވުމުން އެންމެ ހައްގުވެރިން ބާކީވެ ފްލެޓް ލިބުމުގެ ފުރުސަތު އަދިވެސް ފަހިވެފައި އޮތީ ބޯހިޔާވަހިކަން ލިބިފައިތިބި ނުވަތަ ހޮދުމުގެ ގާބިލުކަން ހުރި މީހުންނަށް ކަމަށެވެ. އަދި ރަށުން ބޭރުގައި ދިރިއުޅުން ހަމަޖެހިފައިވާ ގިނަ ފަރާތްތަކެއް ވެސް ލިސްޓްގެ ކުރީގައި ހިމެނޭ ކަމަށް ވެއެވެ. އެމީހުންނަށް ފްލެތް ލިބުމުން އތަން ކުށްޔަށ ްދިފައި ގޮސް އެތިބެނީ މާލެ ނޫނީ މާލެ ކައިރީ ރިޒޯޓްތައް ކާއިރީގައި ހުންނަ ރަށްރަށުގައި ކަމަށެވެ. އެފަދަ މީހުން މި ފްލެޓްތަކަށް ދިރިއުޅެން އައުމަކީ ނާދިރުކަމެއް ކަމަށެވެ.

މާދަމާ އާއްމުކުރެވޭނެ ކަމަށް ބެލެވޭ ލިސްޓްގައި ކޮންމެ މީހަކަށްވެސް ވަކިވަކި ކަންކަމަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފުސީލް ހާމަވެގެން ދާނެއެވެ. އެއިރުން އެންމެންނަށް ވެސް ޕޮއިންޓް ލިބިފައިވާ ގޮތް މިހާރަށްވުރެ ބޮޑަށް ސާފުވެގެން ދާނެއެވެ. އަދި ލިސްޓްގައި ޕޮއިންޓް ދީފާވާ ގޮތުގައި މައްސަލައެއް ހުރިނަމަ އެކަން ހާމަވެ ޝަކުވާ ހުށަހަޅަން ވެސް ފަސޭހަވާނެ ކަމަށް ދެކޭކަމަށް މޭޔަރު ފަލާހު ވިދާޅުވެއެއެވެ.

މޭޔަރު ވިދާޅުވީ ފްލެޓް ލިސްޓަށް ޕޮއިންޓް ދިނުމުގައި ދެފުށްފެންނަ ގޮތަށް ރައްޔިތުންނަށް ހުރިހާ ކަމެއްވެސް ސާފުކޮށްދެއްވަން ކުރެވެންހުރި ހުރިހާކަމެއް ވެސް ކުރައްވާނެ ކަމަށެވެ.

މޭޔަރު އެދިވަޑައިގަތީ ރައްޔިތުންގެ ޝަކުވާ ހުށަހެޅުއްވައި ދިނުމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ރަށި މީހާ

    this is a test message