A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ކުނިގޮނޑު ހުސްކުމަށް އިތުރު ލޭންޑިން ކްރާފްޓާކާއި ވެއިކަލް ގެނެސް މަސައްކަތް ހަލުއި ކުރަނީ

ފުވައްމުލަކަށް ވެމްކޯގެ އިތުރު ލޭންޑިން ކްރާފްޓެއް އަންނަނީ - ކުނިގޮނޑު ސާފުކުރުމަށް

ފުވައްމުލައް ސިޓީގެ ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތްތަކަށް ވެމްކޯއިން އިތުރު ލޭންޑިންކްރާފްޓަކާއި އެކްސްކަވެޓަރެއް ގެނައުމަށް ތައްޔާރުވެއްޖެ ކަމަށް ވެމްކޯ ފުވައްމުލައް އިން ހާމަކުރައްވައެވެ.

މިއީ އެމަސައްކަތް އިތުރަށް ހަލުއި ކުރުމުގެ ގޮތުން ގެނެވޭ ވެއިކަލްތަކެއް ކަމަށާއި އެއިގެ އިތުރުން ވަގުތީ ގިނަ މުވައްޒަފުންތަކެއް ނަގައި ކުނި ވަކިކުރުމުގެ މަސައްކަތުގެ ސްޕީޑް ހަލުއި ކުރެވިފައި ވާ ކަމަށް ފުވައްމުލަކު ވެމްކޯ އޮޕްރޭޝަންސްތައް ހިންގުމާއި ހަވާލުވެ ހުރި މެނޭޖަރު އަބްދުﷲ އަފީފު ވިދާޅުވިއެވެ.

ކުރިޔަށް މިފެށޭ ހަފުތާގައި މިހާރު މަސައްކަތް ކުރާ ސްޕީޑް 4 ގުނައަށް އިތުރު ކުރެވިގެންދާނެ ކަމަށް މެނޭޖަރުއަފީފު ވިދާޅުވެއެވެ. ފުވައްމުލައް ސިޓީގައި ޖަމާވެފައިވާ ކުނި ނަގާ ސާފުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ 6 މަސް ދުވަހަށް ވުރެ އަވަހަށް އެމަސައްކަތް 5 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވިއެވެ.

ފުވައްމުލަކު ކުނިގޮނޑުގައި އުފެދިފައިވާ ކުނިގެ ފަރުބަދަ. ފޮޓޯ: ހުސޭން ރަޝީދު

“އަމާޒަކީ 5 މަސްދުވަހުގެ ތެރޭގައި  ކުނިގޮނޑު އެއްކޮށް ސާފުކުރުން” މިކަލް ނޫހަސް މައުލޫމާތު ދެއްވަމުން އަފީފު ވިދާޅުވިއެވެ.

ނަމަވެސް އަފީފު ކުރިން ލަފާކުރައްވާފައި ވަނީ އެމަސައްކަތް 3 މަސް ދުވަހުގެ ތެރެގައި ނިމޭނެކަމަށްވެ. އަދި 3 މަސް ދުވަހުގެތެރޭގައި ނުނިމިއްޖެނަމަ މަސްކަތް ނިމެންދެން ވެސް ކުރިޔަށް ގެންދެވޭނެކަމަށް މިކަލް ނޫހަށް ކުރިން ވިދާޅުވެފައި ވެއެވެ.

އިތުރު މުވައްޒަފުންނާއިއެކު މިހާރު ކުރެވޭ މަސައްކަތްތުގެ ތެރޭގައި ފުވައްމުލަކު ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ހުރި ކުނީގެ އިތުރަށް ރަށުގެ އެކި ހިސާބުތަކުގައި ހުރި ކުނިތައް ވެސް ސާފުކުރެވިގެންދާނެ ކަމަށެވެ. އެގޮތުން ރަށުގެ ހުރަހަށް ފަހުން ހެދި ދެ މަގު (މާލެގަމާއި ފުނާޑު ގުޅުވައިދޭ މަގާއި ހޯދަޑާއި ދިގުވާނޑު ގުޅުވައިދޭ މަގު) ގެ ސަރަހައްދުގައި ހުރި ކުނިތައް ވެސް ނަގައި ސާފުކުރުން ހިމެނޭ ކަމަށެވެ.

މިމަސައްކަތް ހަލުއި ކުރަން އިތުރު މުވައްޒަފުން ނެގިގެން ކުރިޔަށްދާއިރު 3 އެކްސްކަވޭޓަރާއި، ކުނި ފުރާނާ 5 ދާގަނޑު ބޭނުންކޮށްގެން ރަށުން ބޭރުކުރަން ޖެހޭ ކުނިތައް ވަކިކުރުމުގެ މަސައްކަތް ކުރެވެމުން ދާކަމަށެވެ. އެގޮތުން ޖަމާކުރެވިފައިވާ ‘ކުނިފަރުބަދައިގައި’ ހުރި ވެލިފަސް ފުރޭނުމުގެ މަސައްކަތް ހަލުއިވެގެންދާނެ ކަމަށެވެ.

ފުވައްމުލަކު ވެމްކޯއިން ހާމަކޮށްފައިވާގޮތުގައި މި މަޝްރޫއުގެ ދަށުން ފުވައްމުލަކުން ގާތްގަނޑަކަށް 25000 ޓަނުގެ ކުނި ނަގާނެއެވެ. ވެމްކޯއިން މިހާތަނަށް ރަށުން ބެރުކޮށްފައި ވަނީ 650 ޓަނުގެ ކުނި ކަމަށް މައުލޫމާތު ލިބެއެވެ.

ވެމްކޯގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ޖަމާވެފައިވާ ކުނިފުނި ހުސްކުރެވުމުން އެތަނުގެ ދުވަހު މަސައްކަތަށް ފަސޭހަވެގެން ދާނެ ކަމަށް އެކުންފުނިން ހާމަކުރައްވާފައި ވެއެވެ. އެގޮތުން ރިސައިކަލް ކުރެވޭ ޕްލާސްޓިކްގެ ބާއްވަތްތަކާއި އެކި މައުދަނުގެ ރެސިޑިއުލް ކުނީގެ ބާވަތްތައް ފަސޭހައިން ތަނުގެ ތެރޭގައި މެނޭޖުކުރެވިގެން ދާނެކަމަށްވެ. އަދި އަންދާލަން ޖެހޭ ބާވަތްތައް އެންދުމަށް އިންސިނަރޭޓަރު ބޭނުންކުރުމަށާއި ކޮމްޕްރެސް ކުރަން ޖެހޭ ބައިތައް ކުޑަކުރުމުގެ މަސައްކަތް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ފުވައްމުލަކު ކުނިގޮނޑުގައި އުފެދިފައިވާ ކުނިގެ ފަރުބަދަ. ފޮޓޯ: ސަވާދު

ފުވައްމުލަކުގެ ވެމްކޯ ސައިޓަށް ޖަމާކުރެވިގައިވާ ކުނިފުނިން އުފެދިފައިވާ ވެލިފަސްތައް، ރަށުގެ އާއްމު ރައްޔިތުންގެ އެކި ބޭނުންތަކަށް ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ ގިނަބައެއްގެއ އެދުމެކެވެ. އެގޮތުން ގަސް އިންދުމަށާއި އިމާރާތްކުރެވެ ތަންތަނުގެ ބެކްފިލިންއަށް ފަސްދޫކުރުމުގެ އުސޫލެއް ހަދައި ކަމާއިގުޅޭ އިދާރާތުގެ ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މެނޭޖަރު އަފީފު ކުރިން ވިދާޅުވެފައި ވެއެވެ. އަދި އެކަމަށް ރައްޔިތުންގެ ބޮޑު ޑިމާންޑެއް އެބައޮތްކަމަށް ވެސް ފާހަގަކުރައްވާފައި ވެއެވެ.

ވެމްކޯ-ފުވައްމުލައް ސައިޓަށް ޖަމާކުރެވެ ކުނީގެ ބާވައްތަކުގެ ތެރެއިން ކުނިވާޒާތުގެ ބައިތަކުން ކާދު އުފައިދައި ވިއްކަމުން އަންނަކަމަށް ފުވައްމުލަކު ވެމްކޯއިން ކުރިން ހާމަކުރައްވާފައި ވައެވެ.

ފުވައްމުލަކު ކުނި ކޮށީގައި ގިނަ ދުވަސްވެފައި ހުރި ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތަކީ ގިނަ ދުވަސްތަކެއް ވަންދެން ފުވައްމުލަކު ރައްޔިތުން އެދި ތިބި ކަމެކެވެ. މީގެ ކުރިން މި ސަރުކާރުން ބުނެފައި ވަނީ ފުވައްމުލަކަށް ދިމާވެފައިވާ ކުނީގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ 20 ރަށެއްގެ ކުނީގެ މައްސަލައަށް ހައްލު ގެނައުމުގެ މަސައްކަތް މިއަހަރު ފަށައި ނިންމާނެ ކަމަށް މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. ފުވައްމުލަކުގައި ވެސް ކުރިޔަށް މިގެންދަނީ ރައީސް ވިދާޅުވި ޕްރޮޖެކްޓުގެ މަސައްކަތެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !