A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަައް ސިޓީ ކުނި ގޮނޑު ހުސްކުރުމަށް ވޭމްކޯގެ އުޅަދެއް ވެހިކަލްތަކާއެކު ރަށަށް ވަންނަނީ

ފުވައްމުލަކަށް ވެމްކޯގެ އިތުރު ލޭންޑިން ކްރާފްޓެއް އަންނަނީ - ކުނިގޮނޑު ސާފުކުރުމަށް
ފުވައްމުލައް ސިޓީގައި ޖަމާކުރެވި ނައްތާނުލެވިފައިވާ ކުނީގެ “ފަރުބަދަ” ނަގައި، ކުނި ގޮނޑު ހުސްކުރުމަށް ވޭސްމެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯގެ) ޚާއްސަ ޓީމެއް މިއަދު ފުވައްމުލަކަށް އައުމަށް ދަތުރުކުރުމުން އަންނަ ކަމަށް ވެމްކޯ- ފުވައްމުލައް އިން ހާމަކުރައްވައެވެ.
މިއަދު ފުވައްމުލަކަށް އަންނަނީ 400 ޓަނުގެ ލޭންޑިން ކްރާފްޓަކާއި މަސައްކަތަށް ބޭނުންވާ އިތުރު ވެހިކަލްތައް ވެސް އޭގައި ގެނެވޭނެކަމަށް ވެމްކޯ ފުވައްމުލައް ހިންގުމާއި ހަވާލުވެހުންނެވި މެނޭޖަރ އަބްދުﷲ އަފީފު ހާމަކުރެއްވިއެވެ. އެގޮތުން ހައިމާކަކާއި، ޑަމްޕް ޓަރަކާއި ލޯޑަރެއް ގެންނާނެކަމަށް ވެއެވެ.

ފުވައްމުލަކު ކުނިގޮނޑުގައި އުފެދިފައިވާ ކުނިގެ ފަރުބަދަ. ފޮޓޯ: ހުސޭން ރަޝީދު

މިހާރު ކުރިޔަށް ގެންދެވެނީ އުޅަނދުގެ މީހުން ރަށުގައި މަސައްކަތް ކުރުމަށް ރަށަށް ފޭބުމުގެ ގޮތުން މިދުވަސްވަރު ސިއްހީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތަތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކަމަށް އަފީފު ވިދާޅުވިއެވެ.
މަސައްކަތް ރޭވިފައި ވަނީ 3 މަސްދުވަހުގެ ތެރޭގައު އެއްކޮށް ނަގާ ހުސްކުރުން ކަމަށެވެ. ނަމަވެސް އެތަނުގައި ހުރި ހުރިހާ ބައިތަކެއް ރަށުން ބޭރުކުރުނީ ނުންކަމަށާއި ބޭނުންނުކުރެވޭ ބާވަތްތައް ވަކިކުރުމަށް ފަހު ރަށުން ބޭރުކޮށްލެވޭނީ އެބައިތައް ކަމަށެވެ. އެގޮތުން ކުނިތައް ގިނަދުވަހަށް ޖަމާވެފައި ހުރުމުގެ ސަބަބުން އެތަނުގައި އުފެދިފައިވާ ފަސް(ވެލި) ރަށުން ބޭރުކުރުމުގެ ބަދަލުގައި ބޮޑު ދާގަނޑަކުން ފުރާނައި ބޭނުންކުރެވޭ ބައިތައް ވަކިކޮށް އީޕީއޭއިން ހުއްދަކުރާ ރަށުގެ އެކިކަންކަމަށް ދޫކުރުމަށް ނިންމާފައިވާ ކަމަށް ވެއެވެ.

ފުވައްމުލައް ސިޓީ ކުނިގޮނޑު. ފޮޓޯ އެފްވީއެމް ފޭސްބުކް ޕޭޖް

ފުވައްމުލަކުގެ ވްމްކޯ ސައިޓަށް މިހާރު ޖަމާވެފައިވާ ކުނިތަކުގެ ސައިޒަކީ 15000 (އެއްހާސް ފައްސަތޭކަ) ކިއުބިކް މީޓަރު ކަމަށް އަފީފު މައުލޫމާތު ދެއްވިއެވެ. އެކުނިތައް ހުސްވަންދެން މަސައްކަތް ކުރިޔަށް ގެންދާގޮތަށް ރޭވިފައިވާ ކަމަށާއި ލަފާކުރެވިފައިވާ 3 މަސްދުވަހުގެ ތެރޭގައި އެމަސައްކަތް ނުނިމިއްޖެ ނަމަ އިތުރަށް ވެސް މަސައްކަތް ކުރިޔަށް ގެންގޮސް އެތަން ހުސްރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފުވައްމުލަކަކީ ވެސް ރާއްޖޭގައި ކުނީގެ މައްސަ އެންމެ ބޮޑުވެފައިވާ 20 ރަށުގެ ތެރެގައި ހިމެނޭ ރަށެއް ކަމުން އެކުނިތައް ކުރިޔަށް އޮތް 6 މަސްދުވަހުގެ ތެރޭގައި އެތަނުން ނަގާ ހުސްކުރުމަށް ވެމްކޯއާއި ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. އެކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާމް މުހައްމަދު ސޯލިޙު ވަނީ ވިދާޅުވެފައެވެ.

ފުވައްމުލައް ސިޓީ ކުނިގޮނޑު. ފޮޓޯ އެފްވީއެމް ފޭސްބުކް ޕޭޖް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !