A wide advertisement which will be shown on all devices. (700 x 100)

އުކާލެވޭ ކުނީގެ މައްސަލަތަކާއި ގުޅޭ ގޮތުން ތިމާވެއްޓާއި ބެހޭ މިނިސްޓްރީއިން މަޝްވަރާކޮށްފި

ތިމާވެއްޓާއި ބެހޭ މިނިސްޓްރީގެ ބޭފުޅުންނާއެކު މިއަދު ބައްދަލުވުން
ފުވައްމުލައް ސިޓީގައި އުކާލެވޭ ކުނީގެ މައްސަލަތަކާއި ގުޅޭ ގޮތުން ތިމާވެއްޓާއި ބެހޭ މިނިސްޓްރީގެ އިސްފާރާތްކުން ފުވައްމުލައް ސިޓީ ކައުންސިލާއެކު މަޝްވަރާކޮށްފިއެވެ.
މިއަދު ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ ކޮޓަރީގައި ބޭއްވެ މިބައްދަލުވުމުގައި ފުވައްމުލައް ސިޓީގައި ގާއިމުކުރެވިފައިވާ ވޭސްޓް މެނޭޖްމަންޓް ސިސްޓަމަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކާއި، ފުވައްމުލައް ސިޓީގެ ކުނީގެ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ތިމާވެއްޓާއި ބެހޭ މިނިސްޓްރީގެ ބޭފުޅުންނާއެކު މިއަދު ބައްދަލުވުން

މިއަދުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންޞަރު އާއި ޑިރެކްޓަރު އަހުމަދު މުރުތަޟާ ގެ އިތުރުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނަޢީމް ބައިވެރިވެ ވަޑައިގެންފައި ވެއެވެ. މިބައްދަލވުމުގައި ފުވައްމުލައް ސިޓީ މޭޔައިރު އިސްމާއީލު ރަފީގާއި ސިޓީ ކައުންސިލް މެމްބަރުންގެ އިތުރުން ސިޓީ ކައުންސިލު ސެކެޓްރީ ޖެނެރަލް އާއި ވެމްކޯ ފުވައްމުލައް ބްރާންޗްގެ އިސްވެރިންނާއި ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލައް ބްރާންޗްގެ އިސްވެރިން ބައިވެރިވެ ވަދައިގެންފައި ވެއެވެ.

މޭޔަރު އިސްމާއީލ ރަފީގު އާއި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރު

 

ފުވައްމުލައް ސިޓީގެ ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް މިއަހަރު ކުރީ ކޮޅު ވަނީ ފަށާފައެވެ. ފުވައްމުލައް ސިޓިގައި އުފެދޭ ކުނި ރަށުން ބޭރުކުމުގެ ކުރިން އެކުނި ފުރާނައި ރަށުގެ އެކި ކަންކަމަަށް ބޭނުން ކުރެވެ ޒާތުގެ ބައިތައް ވަކިކޮށް ރަށުގައި ބޭނުންކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަލަށް ހަދާ އިމާރާއްތަކުގެ ބެކްފިލިންގެ ގޮތުގައި އާއި އަލަށްހަދާ މަގުތަތައް ބެރުމަށް ވެސް ކުނިގޮނޑަށް އުކާލެވޭ ސާމާނު ބޭނުނުކުރަމުން އާދެއެވެ.
ފުވައްމުލަކަކީ ވަިކން އެކަހެރިކޮށް އޮންނަ ރަށަކަށް ވާއިރު ރަށުގެ އެކި ބޭނުންތަކަށް ފަހާއި ވެލި ހޯދުމަކީ ދަތިކަމެކެވެ. ވުމާއެކު ރަށުން ކުނީގެ ގޮތުގައި އެއްކުރެވެ ހުރިހާ ބައިތަކެއް ރަށުން ބޭރުކުމުކީ އެންމެ ރަނގަޅު ގޮތުން ނުންކަމުގައި ގިނަބަޔަކު ގަބޫލުކުރެއެވެ.
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !