ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ގެންގުޅުނު މީހަކު ފުވައްމުލައް ސިޓީއިން ހައްޔަރުކޮށްފިއެވެ. މިހަރަކާތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ފާއިތުވި މާރިޗު މަހު 31 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުންގެ ހަރަކާތްތަކުގެ މައުލޫމާތު ގެނެސްދޭ “ޕޮލިސްލައިފް” އިން ހާމަކުރެއެވެ. ފުލުހުންގެ އިންޖެލިޖެންސަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ދިޔައީ މަސްތުވާތަކެތި ގެންގުޅެ އެގެ ވިތޔަފާރި ކުރުމުންނެވެ.
މި މައުލޫމާތާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލަިއ ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެހި ބަނދުކޮށްފައި ހުރި 164 ސެލޯފިންކޮޅާއި، ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. މިމައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


ޚިޔާލުތައް