A wide advertisement which will be shown on all devices. (700 x 100)

މާދަމާ ވެކްސިން ޖަހަން އަލުން ފަށަނީ

ވެކްސިން ޖެހުން މެދުކަނޑާލެވުނީ ރަށުން ވެކްސިން ހުސްވުމުން
މާދަމާ ފުވައްމުލައް ސިޓީގައި ކޮވިޑް-19 ވެކްސިން ދޭން އަލުން ފަށާނެ ކަމަށް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކޮށްފިއެވެ. ފުވައްމުލައް ސިޓީއިން ކޮވިޑް-19 ވެކްސިން ޖެހުން ނިމުނު މާރިޗު މަހު ފަހުކޮޅު ހުއްޓާލެވުނީ ލިބިފައިހުރި ވެކްސިން ޖަހާ އެއްކޮށް ހުސްވުމުންނެވެ.
މާދަމާ އަލުން ވެކްސިން ޖަހަން ފަށާއިރު ވެކްސިން ދޭނީ ފުރަތަމަ ޑޯޒް ކަމަށާއި، މިފަހަރު ޖަހަން ހަމަޖެހިފައި ވަނީ ޗައިނާގެ އުފެއްދުމެއް ކަމަށްވާ ސިނޮފާމް ވެކްސިނެވެ. ފާއިތުވި މާރިޗު މަހު 14 ވަނަ ދުވަހު ރާއްޖޭގެ ޕަބްލިކް ހެލްތުން ވަނީ މިވެކްސިން ވެސް އިމަޖެންސީ ހާލަތުގައި ބޭނުންކުރުމުގެ ހުއްދަ ދީފައެވެ.

ކޮވިޑް-19ގެ ވެކްސިން ޖެހުން ފުވައްމުލަކުގަިއ ފޯރިއާއެކު ކުރިޔަށް

އަލުން ވެކްސިން ޖަހަން ނުފެށި ލަސްވާތީ އާއްމުންގެ ކަންބޮޑުވުންތައް މިކަލް ނޫހާއި ވެސް ހިއްސާކޮށްފައި ވެއެވެ. މިހާރު އެވަނީ ވެކްސިން ޖަހަން އަލުން ތައްޔާރުވެފައެވެ. އެގޮތުން މާދަމާ، 4 އޭޕްރީލް 2021 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކު ހޮސްޕިޓަލުން ވެކްސިން ޖެހުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމުގެ މައުލޫމާތު ލިބެއެވެ.

ފުވައްމުލައް ސިޓީއިން ވެކްސިން ޖެހުނު މީހުން

އަލުން ވެކްސިން ޖަހަން ފަށާއިރު ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކު ހޮސްޕިޓަލުގެ ގަރާޖް ސަރަހައްދުގައެވެ. ވެކްސިން ދޭނީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން  12:00 އަށް އަދި މެންދުރުފަހު 1:00 އިން ހަވީރު 4:00 އަށް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވައެވެ. މިފަހަރު ވެކްސިން ދޭނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިނުވާ އުމުރުން 18-60 އަހަރާއި ދެމެދުގެ ހައިރިސްކް މީހުންނާއި ސިއްހީ ދާއިރާގެ މީހުންނާއި އާއްމު މަސައްކަތް ކުރާ މީހުންނާއި އަމިއްލަ މަސައްކަތްކުރާ މީހުންނަށް ކަމަށް ހާމަކޮށްފައިވެއެވެ.
ސިނޯފާމް ވެކްސިން ޖަހާނީ އުމުރުން 18-60 އަހަރާ ދެމެދުގެ މީހުންނަށެވެ. ސިނޯފާމްގެ ވެކްސިން ދެ ފަހަރެއްގެ މަތިން ރާއްޖެއަށް ވަނީ ލިބިފައެވެ. އެންމެ ފުރަތަމަ ލިބިފައިވަނީ 18،000 ޑޯޒްއެވެ. އަދި އެއިގެ ފަހުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން  ދޭން ހަމަޖެހިފައިވާ 200،000 ޑޯޒް ވެކްސިންގެ ތެރެއިން 100،000 (އެއްލައްކަ) ޑޯޒް ވެކްސިން މިހާތަނަށް ލިބިފައިވާކަމަށް ވެއެވެ.
ނަމަވެސް ފުވައްމުލައް ސިޓީއަށް ލިބިފައިވަނީ ސިނޮފާމް ވެކްސިންގެ ކިތައް ޑޯޒް ކަމެއް ކަމާއިބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުވައްމުލައް ސިޓީގައި މިއަދު (5 ފެބްރުއަރީ 2021) ކޮވިޑް-19 ވެކްސިން ޖަހަން ފަށައިފި.

ފުވައްމުލައްމުލައް ސިޓީގައި ވެކްސިން ޖަހަންޖެހޭ، 18 އަހަރުން މަތީގެ 7064 މީހުން (ބިދޭސީން ހިމަނައިގެން) ތިބިކަމަށް ފުވައްމުލައް ސިޓީ ކައުނސިލުން ހާމަކުރައްވައެވެ. މިހާތަނަށް ފުވައްމުލައް ސިޓީއިން ވެކްސިން ޖެހުނު މީހުންގެ އަދަދުތަކަށް ބަލާއިރު 5176 މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފައި ވެއެވެ. އެއީ ވެކްސިން ޖަހަން ޖެހޭ އުމުރުގެ %73 މީހުންނެވެ.
ވެކްސިން ޖެހުމުގެ ފޯރި އިތުރުކޮސް މިހާތަނަށް ވެކްސިން ނުޖެހި ތިބި ފަރާތްތަކުން ވަރުގަދަ ފޯރިއަކާއި ޖޯޝެއްގައި ވެކްސިންޖަހައިގެން ފުވައްމުލައް ސިޓީއަކީ ރާއްޖޭން އެންމެ ކުރީގައި އޮތް އަތޮޅު/ސީޓީއަކަށް ހައްދަވައި ދެއްވުމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖައު އަހުމަދު ސައީގު އެދިލައްވައެވެ.

“ކުރިމަތީގައި އޮތީ ރަމަޟާން މަހެވެ. ރައްކާތެރިކަން އޮތީ ވެކްސިނާއެކުގައެވެ. ކޮވިޑްގެ އިތުރު ރާޅެއް އައިސް ކުރިން އުޅެން ޖެހުނުފަދަ ހިތްދަތިކަމުގައި އުޅުމުގެ ފުރުސަތު ނުދެއްވާށެވެ. ވެކްސިން ޖެހުމުގެ މި ރޭހުގެ އެންމެ ކުރިއަށް އަޅުގަނޑުމެން އަރާ ސަލާމަތްވެ ތިބުމުމަށް މަސައްކަތް ކޮށްދެއްވާށެވެ!” އަހުމަދު ސައީދު ވިދާޅުވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !