A wide advertisement which will be shown on all devices. (700 x 100)

މިހާރު 2 ވަނަ ޑޯޒް ޖަހައިދެނީ ފުވައްމުލަކު ހޮސްޕިޓަލުން އެކަނި

ކޮވިޝީލްޑް ދެވަނަ ޑޯޒް ޖެހުމުގެ ފުވައްމުލަކު ހޮސްޕިޓަލުގެ ގަރާޖު ސަރަހައްދުގެ ކިއޫގައި މީހުނ

މިރެއިން (28 އޭޕްރީލް 2021 ވަނަ ދުވަހުގެ ރެއިން) ފެށިގެން ކުރުނދުމާ މާލަމުން ކޮވިޑް-119 ވެކްސިންގެ 2 ވަނަ ޑޯޒް ޖެހުން ވަގުތީގޮތުން މެދުކަނޑާލެވޭނެ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.

އެގޮތުން މިހާރު ކޮވިޝީލްޑް ވެކްސިންގެ 2 ވަނަ ޑޯޒް ޖެހުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ހޮސްޕިޓަލުގެ ގަރާޖް ސަރައްހައްދުން އެކަންނެއެވެ. އޭގެ އިތުރުން އެނދުމަތިވެފައިވާ ބަލި މީހުންނަށް 2 ވަނަ ޑޯޒް ޖަހައިދިނުމަށް ފުވައްމުލަކު ހޮސްޕިޓަލާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން އުފައްދާފައިވާ ޓީމުތަކުން ގޭގެއަށް ޒިޔާރަތްކޮށް ވެކްސިން ޖަހައިދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

ފުވައްމުލައް ސިޓީގައި 2 ވަނަ ޑޯސް ޖެހި މީހުންގެ އަދަދު

މިދުވަސްކޮޅު 2 ވަނަ ޑޯޒް ޖެހުމަށް ޚާއްސަކޮށްފައި ވަނީ 19 ފެބްރުއަރީ 2021 ގެ ކުރިން ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށެވެ. ވުމާއެކު ވެކްސިން ޖަހަން ޖަހާ މީހުންގެ އަދަދު ބޮޑުތަނުން މަދުވާނެ އެވެ. އެއުސޫލުން ފުރަތަމަ ރޭގައި 2 ވަނަ ޑޯޒް ޖެހިއިރު މިކަން ވަނީ ޔަގީން ކުރެވިފައެވެ. ރޭ ފުވައްމުލައް ސިޓީއިން ކޮވިޝީލްޑް 2 ވަނަ ޑޯޒް ވެކްސިން ޖަހާފައި ވަނީ 34 މީހެކެވެ. އެއީ އެއިގެ ކުރީ 3 ދުވަހު ކޮންމެ ދުވަހަކުވެސް 300 އެއްހާ މީހުން ވެކްސިން ޖަހަމުން އައިސްފައިވާތީއެވެ.

ސިނޮފާމް ފުރަތަމަ ޑޯޒާއި 2 ވަނަ ޑޯޒުވެސް މިހާރު ވަނީ ޖަހައިދިނުމަށް ހުޅުވާލާފައެވެ. ސިނޮފާމްގެ 2 ވަނަ ޑޯޒް ޖަހަނީ ފުރަތަމަ ޑޯޒް ޖެހިތާ 4 ހަފުތާ ފަހުންނެވެ. ނަމަވެސް ފުވައްމުލައް ސިޓީއިން ސިނޮފަމްގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް 4 ހަފުތާވެފައިވާކަން އަދި މުޅިން ޔަގީން ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ސިނޮފާމް ވެކްސިްން ޖެހުމަށް ހަމަޖެހިފައި ވަނީ ބަންދުނޫން ދުވަސްތަކުގެ ރޭގަނޑު 9:00 އިން 12:00 އަށް ފުވައްމުލަކު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުންނެވެ.

ފުވައްމުލައް ސަޓީ ކޮވިޑް އަޕްޑޭޓް 27 އޭޕްރީލް 2021

ކޮވިޑް-19 އަޕްޑޭޓް

ކޮވިޑް-19 ގެ އަޕްޑޭޓް ތަކަށް ބަލާއިރު ފާއިތުވީ 7 ދުވަހުގެ ތެރޭގައި ވެސް ފުވައްމުލައް ސިޓިއިން އިތުރު ޕޮޒިޓިވް ކޭސް އެއް ފެނިފައެއް ނުވެއެވެ. ނަމަވެސް އެކްޓިވް 2 ކޭސް އަދިވެސް އެބަތިއްބެވެ. މިޙާތަނަ ފުވްއމުލައް ސިޓީން ބައްޔަށް ޕޮޒިޓިވް ވެފައިވާ ޖުމްލަ އަދަދަކީ 74 އެވެ. އަދި 72 މީހުން ވަނީ ބަލިން ފަސޭހަ ވެފައެވެ. ކޮންޓެކްޓް ޓްރޭސިންގެ އެއްވެސް ހަރަކާތެއް ނުހިނގައެވެ. އަދި ކޮވިޑް ފެސިލިޓީގައި ވެސް ބަލި މީހަކު ބާއްވާފައެއް ނުވެއެވެ.

އިއްޔެ ނެގި ސާމްޕަލް 27

މިހާތަނަށް ނެގި ޖުމްލަ ސާމްޕަލ 9121

ވެކްސިން އަޕްޑޭޓް

އިއްޔެގެ ނިޔަލަށް ކޮވިޑް ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 2318 މީހުން

މިއީ ރަށުގައި ދިއިރުޅޭ ކަމަށް ބެލެވޭ 10،705 މީހުންގެ %21.7 އެވެ.

އިއްޔެގެ ނިޔަލަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 5619 މީހުން

މިއީ ފުވައްމުލައް ސިޓީގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެކްސިން ޖެހުމުގެ ފުރުސަތު އޮތް (18 އަހަރުން މަތީ) 7735 މީހުންގެ %72.6 މީހުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !