A wide advertisement which will be shown on all devices. (700 x 100)

މިރެއިން ފެށިގެން 2 ވަނަ ޑޯޒް ޖެހުން 20 ފެބްރުއަރީގެ ކުރިން ފުރަތަމަ ޑޯޒް ޖެހި މީހުންނަށް

20 ފެބްރުއަރީ 2021 ގެ ކުރިން ފުވައްމުލައް ސިޓީގައި ކޮވިޝީލްޑް ފުރތަމަ ޑޯޒް ޖެހި މީހުންގެ އަދަދު
މިރެއިން (1 މެއި) ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ފުވައްމުލައް ސިޓީގައި ކޮވިޝީލްޑް ވެކްސިންގެ 2 ވަނަ ޑޯޒް ޖަހައިދޭނީ 20 ފެބްރުއަރީ 2021 އިން ކުރީގައި ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ފާއިތުވި އޭޕްރީލް މަހު 27 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކު ހޮސްޕިޓަލުން ކޮވިޑް-19 ވެކްސިންގެ 2 ވަނަ ޑޯޒް ޖަހައިދެމުން ގޮސަފައިވަނީ 19 ފެބްރުއަރީ 2021 ގެ ކުރީގައި ފުރަތމަ ޑޯޒް ޖެހި މީހުންނަށެވެ. މިއަދުގެ ބަދަލާއެކު އިތުރު އެއްދުވަސް އެލިސްޓަށް އިތުރުވީއެވެ. އެއާއެކު ކުރީގައި ވެކްސިން ޖަހަން ގިނަބަޔަކު ކިޔޫގައި ޖެހުން މަދުވެގެން ދާނެއެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ ދޭ މަރުކަޒަކީ ހަމައެކަނި ފުވައްމުލަކު ހޮސްޕިޓަލުގެ ގަރާޖް ސަރަހައްދަށް ވެސް ކުރިން ވަނީ ބަދަލުކޮށްފައެވެ.
ފުވައްމުލައް ސިޓީގައި ކޮވިޝީލްޑް ދެވަނަ ޑޯޒް ޖެހުމަށް މިބަދަލުގެނައިީ އެންމެ ކުރިން ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވަނަ ޑޯޒް ޖެހުމުގައި އިސްކަން ދިނުމުގެ ގޮތުން ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު ކުރިން ހާމަކުރައްވާފައި ވެއެވެ.

20 ފެބްރުއަރީ މީހުންނަށް ކޮވިޝީލްޑްގެ 2 ވަނަ ޑޯޒް ޖެހުމަށް ހުޅުވާލުން

މިކަލް ނޫހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފެބްރުއަރީ 20 ގެ ކުރިން ފުވައްމުލައް ސިޓީގައި ކޮވިޝީލްޑް ފުރަތމަ ޑޯޒް ޖަހާފައި ވަނީ ޖުމްލަ 1036 މީހުންނެވެ. އަދި ފުވައްމުލައް ސިޓީގައި މިހާތަނަށް 2381 މީހުންނަށް 2 ވަނަ ޑޯޒް ޖަހާފައިވުމުން އޭގެތެރޭގައި ފެބްރުއަރީ 20ގެ ކުރިން ފުރަތަމަ ޑޯޒް ޖެހި ގިނަބަޔަކު ހިމެނިފައިވުމުގެ ފުރުސަތު ބޮޑެވެ. ވުމާއެކު ބެލެވޭ ގޮތުން ފެބްރުއަރީ 19ގެ ކުރިން ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ގިނަ ބަޔަކު މިހާރުވާނީ 2 ވަނަ ޑޯޒް ވެސް ޖަހައިފައެވެ.
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !