A wide advertisement which will be shown on all devices. (700 x 100)

ޣާޒީމަގުން ރަސްގެފަންނަށް ފެން ބޭރުކުރަން ހޮޅިއަޅައިފި

ޣާޒީ މަގުގައި ހޯލި ލައިން އެލުމުގެ މަސައްކަތު

މިދި ބުދަ (12 މެއި 2021) ދުވަހު މެދުދުރުފަހުން ފެށިގެން ފުވައްމުލައް ސިޓީއަށް ބޯ ވާރެއާއެކު ރަށުގައި މިން ދުވަހަކު ވެސް ފެންގަނަޑު ބޮޑު ނުވާވަރަށް ފެންބޮޑުވެ، ފެން ނުހިނދި ދިގުލައިގެންދާތީ މާލެގަމު އަވަށުގެ އާއްމުންނާއި ރަށުގެ އިސްފަރާތްތައް ގުޅިގެން ޣާޒީމަގުން ރަސްގެފަންނަށް ފެން ހޮޅިއެއް މިއަދު އަޅައި ފެން ޕަމްޕްކުރަން ފަށައިފިއެވެ.

މާލެގަމުން ބަންޑާރަ ކިޅި ސަރަހައްދުގައި ފެންގަޑު ނުހިންދި އޮންނަތާ މިއަދު މީ ދެވަނަ ދުވަހެވެ. އަދި މާލެގަމު އަވަށުގެ ބައެއް ގެތަކުގެ ތޭރޭގައި ބޮޑު ފެންގަޑު އޮވެ އާއމްު ދިރިއުޅުމަސ ްބޯދެތި ދަތިތަކެއް ކުރިމަތިވަމުންދާތީ އެއަވަށުގެ ގިނަ ބަޔަކު ނުކުމެ ސިޓީ ކައުންސިލްގެ އިސްފަރާތްތަކާއި އިންތިޚާބީ މޭޔަރާއި ވާހަކަދައްކައިގެން މިއަދު މިވަނީ 300 ފޫޓުގެ ދިގު ހޮޅިލައިނެއް އަޅައި ފެންދުކުރަން ފަށާފައެވެ.

މިއަދު މާލެގަމު އާރުން ފެން ބޭރުކުރުމަށް ބަދަލުގެނައުމުގެ މަސައްކަތުގެ ތެރެއިން

މިހޮޅިލައިން އެޅީ އެމްޓީސީސީގެ އެހީތެރިކަމާއެކު އެފަރާތުގެ ވެހިކަލާއި އެސިލޯން 8 އިންޗީގެ ފަލަ ހޮޅިތަކެއް ބޭއްނުންކޮށްގެން ކަމަށް މިކަލް ނޫހުގެ ރިޕޯޓަރު މައުލޫމާތު ދެއްވައެވެ. އަދި މި މަސައްކަތުގައި އިންތިޚާބީ މޭޔަރު އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށެވެ. މި ހޮޅިލައިން ގޮސް ބަހާރުމަގު ހުރަސްކުރީ ކޮނެގެން އަޑިންކަމަށެވެ.

މިގެ އިތުރުން ވެސް މާލެގަމު އަވަށުގެ ރައްޔިތުން މިއަދު ވަނީ އެއަވަށުގެ އާރުން (ކާނުން) ފެން ދައުރުކުރުމުގައި ހުރި މައްސަލަތަކެއް ހައްލުކުރުމަށް ވެސް ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ކަމަށް މިކަލް ނޫހުގެ ރިޕޯޓަރު ހާމަކުރެއެވެ. އެގޮތުން ސިޓީ ކައުނސިލްގެ ފަރާތުން ކުރިން ފެންބޭރުކުރުމަށް އެއާރުގެ ތެރެއިން އަޅާފައިވާ ފަލަ ހޮޅިއެއް ނަގައި އާރުން ގްރެވިޓީގައި ފެން ދާގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މީގެ ކުރިން ސިޓީ ކައުންސިލުން އެ އާރު ކައިރީގައި ބަހައްޓާފައި ހުރި ޕަމްޕު ވަނީ ރަސްގެފަންނަށް އެޅި ހޮޅިލައިނަށް ބަދަލުކޮށްފައެވެ.

ޣާޒީ މަގުގައި ހޮޅި ލައިން އެލުމުގެ މަސައްކަތުގެ ތެރެއިން

އެމްޓޯސީސީއިން ބަހާރު މަގު ހެދިއިރު މާލެގަމު އާރު ހުުރަސްކޮށް ކޭބަލް އެޅުމަށް އާރު ތެރެއިން ހުރަހަށް އަޅާފައިވާ ހޮޅިލައިނެއް ވެސް މިއަދުވަނީ ނަގާފައެވެ. އެހޮޅިލައިން އާޅަފައި އޮލް ލެވެލް އިން އާރު ތެރެއިން ފެން ދައުރުކުރާއިރު ބޮޑު ހުރަހަކަށް ވާކަން ފާހަގަކުރެވި އެ ހޮޅިލައިން ނަގަން ނިންމީ ކަމަށް ސިޓީ ކައުންސިލްގެ އިސްފަރާތްތައް ވެސް އެތަނަށް ހާޒިރުވެ އެތަން ބައިލައި އެކަމަށް ހުއްދަ ދީގެންކަމަށް ރިޕޯޓަރު ހާމަކުރިއެވެ.

މިއަދުގެ މި މަސައްކަތަށް އެމްޓީސީސީއިން ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ފުވައްމުލައް ސިޓީ މޭޔާ-އިލެކްޓް ވަނީ ޝުކުރު އަދާކޮށްފައެވެ.

މި މަސަކަތްތަކާއެކު މިހާރު އާރުވެސް އެކަށިގެންވާ ބާރުމިނެއްގައި ފެން ބެރުކުރެވޭ ކަމަށާއި އަދި އަލަށް އެޅި ހޮޅިލައިނުން ވެސް ފެން ބޭރުކުރުމުން ދާކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު މާލެގަމު އާރުން ފެން ބޭރު ކުރަނީ

ނަމަވެސް މިއަދުވެސް ބޯކޮށް ވާރޭވެހޭތީ ފެންގަނޑު އެންމެ އެދެވޭ މިންވަރަކަށް ތިރި ނުވާކަމަށް ވެއެވެ.

އިންތިޚާބީ މޭޔަރު މިކަލް ނޫހުގެ ރިޕޯޓަރަށް މިއަދު ދެއްވި ކުރު އިންޓަވިއުMayor elect Audio 2021-05-14 at 19.48.55

ފުވައްމުލަކުގައި މިހާރު ބޭނުން ކުރެވެން އޮތް 3 އާރުވެސް ހުޅުވައި ފެން ބޭރުކުރަމުން އަންނަ ކަމަށް ސިޓީ ކައުންސިލަން ރޭގައި ހާމަކޮށްފައިއެވެ. ނަމަވެސް އާއްމު ބައެއް މީހުންގެ ފާޑުކިއުން ސިޓީ ކައުންސިލަށް އަމާޒުވެފައިވެއެވެ. އެގޮތުން އެފަރާތުން ހާމަކުރާ ގޮތުގައި ކާނުތައް އެންމެ އެކަށީގެންވާ ގޮތަށް ބޭނުން ކުރުމުގެ ބަދަލުގައި، ރަށުން ފެން ބޭރުކުރުމުގައި ޕަމްޕުތަކެއް ބޭނުންކޮށްގެން އެކަށީގެންވާ ނަތީޖާއެއް ނުލިބެ ބޮޑެތި ޚަރަދުތަކެއް އެކަމަށް ކުރަން ޖހޭކަމަށް ބުނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !