A wide advertisement which will be shown on all devices. (700 x 100)

ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ބައެއް މަގުތަކުގައި ކާނު ބަހައްޓަނީ

ފުވައްމުލަކުގެ ބައެއް މަގުތަކުގައި ސިޓީ ކައުންސިލުން ބަހައްޓަމުންގެންދާ ކާނުތައް

ވިއްސާރާގައި ފުވައްމުލައް ސިޓީއަށް ވާރޭވެހި މަގުމަތީގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށްޓަކައި ބައެއް މަގުތަކުގައި ކާނު ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ފުވައްމުލަކު ސިޓީ ކައުންސިލުން ކުރިޔަށް އެބަގެނދެއެވެ.

އެގޮތުން މިހާތަނަށް ކާނުތައް ހަދައި ޖަންކްޝަންތައް ބަހައްޓާފައިވާ މަގުތަކުގެ ތެރޭގައި މާދަޑު ކިރިވޭދެމަގު، ވައިލެޓްމަގު، ބަހާރުމަގު އަދި ހާނާރި މަގު ހިމެނޭކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. އަމަލީގޮތުން މި މަސައްކަތް ކުރަނީ ފުވައްމުލައް ސިޓީ ކައުންސިލުގެ މުވައްޒަފުންނެވެ.

ބައެއް މަގުތަކުގައި ހުރަހަށް ކާނުހަދާތީ ސޯޝަލް މީޑީއާގައި ބައެއް މީހުން އެކަމަށް ފާޑުކިޔާފައި ވެއެވެ. “މިނުންފަހެނާ މަގި ހެރަހަށަ ކާނު ހަދާ ބައެކެން އަވަ ނިދަކިން. ދުނިޔޭގެ އެއްވިޔަސް ގައުމެކި ކަންކެރާ ގޮތެއް ނުން. މާ މުޅު ބައެކެން ވޭނާ ތަނެއް މީ” ފުވައްމުލަކުގެ އެކިއެކި ކަންކަމަށް ފޭސްބުކުގައި ފާޑުކިޔާ މުހައްމުދު ޝަހީދު ލިޔެފައިވެއެވެ. ޝަހީދުގެ ކޮމެންޓަށް އެހެން މީހަކު ބުނެފައިވަނީ ހެވީ ވެހިކަލް ދުއްވާ މަގުތަކުގައި މަގު ހުރަހަށް ކާނުހެދާނަމަ ހަދަންޖެހޭނީ ކޮންކްރީޓުން ވަރުގަދަކޮށް ކަމަށެވެ. އެހެން ނޫނީ އެކަން ވާނީ ނުރައްކާތެރި ކަމަކަށް ކަމަށެވެ.

ސްޓޯމް ވޯޓާ – ފެން ހިންދުމަށް ރަށުތެރެގައި ބަހައްޓާ ކާނުތައް

މިމަގުތަކުގައި ބެހެއްޓި ޖަންކްޝަނުން ފެން ހިންދުމަށް ބަލާފައިވަނީ ރަށުގެ ފަސްގަނޑުތެރެއަކަށް ކަމަށް ވެއެވެ.

ފުވައްމުލައް ސިޓީގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށްޓަކައި ރިންގްރޯޑުގައި ‘ސްޓޯމް ވޯޓާ’ މެނޭޖްމަންޓް ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ވެސް ކުރިއަށް ގެންކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވަފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !