ފުވައްމުލަކުގެ އާރޮ ގެ މުހިންމުކަން އެނގެނީ ފެންބޮޑުވުމުން

ފުވައްމުލަކު އާރޮތެއް (ކާނު) ތައް ކުރިއާއި މިހާރު
Share on facebook
Share on twitter
Share on google

ފުވައްމުލަައް ސިޓީގައި ގާއިމުކޮށްފައިވާ އާރޮ ނުވަތަ ކާނު ތަކުގެ މުހިންމުކަން ގިނަ ބަޔަކަށް އިހުސާސް ކުރެވެނީ ރަށުގައި ފެންގަނޑު ބޮޑުވެ އާއްމު ދަތުރުފަތުރަށް އުނދަގޫވާ ހިސާބުންނެވެ. މިދުވަސްވަރަކީ މިފަހުގެ ތާރީޚެއްގައި އެންމެ ބޮޑަށް ފުވައްމުލަކު އެތެރޭގައި ފެންގަނޑު ބޮޑުވި ފަހަރު ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ.

އެގޮތުން ރަށުގެ 300 އަށް ވުރެ ގިނަ ގޭގައި ވެލިބަސްތާ ޖަހައިގެން ފެންގަޑު ވަނަ ނުދިނުމަށް މަސައްކަތް ކުރަން ޖެހުނު ކަމަށް ފުވައްމުލައް ސިޓީ މޭޔަރު ރޭ ވިދާޅުވިއެވެ. އަދި ފެން ވަނުމުގެ ސަބަބުން 10 ވަރަކަށް ގޭގެ މީހުން އެހެން ގޭގެއަށް ބަދަލުކުރަން ޖެހުނު ކަމަށް އިހަށް ރޭ ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ. އަދިވެސް މޫސުން ލަފާކުރަނީ ގޯސްވާނެ ކަމަށެވެ. ގިނަ އަދަދަކަށް ވާރޭ ވެހޭނެ ކަމަށެވެ. ރެއިން ފެށިގެން މިއަދުވެސް ވާރޭވެހި، ފެންގަނޑު ހިންދުމަށް ކުރާ މަސައްކަތަށް ހުރަހަކަށް ވިއެވެ. މިއަދުވެސް އޮތީ މޫސުމީ ހުދު ސަމާލު ނެރެފައި ވެއެވެ.

ފުނާޑި އާރޮ އެއާޕޯޓް ޕޮޖެޓާއެކު ކޮޅު ބެދި ފައި. ފޮޓޯ؛ އިސްމާއިލް

އެންމެ އިހުގައި ފުވައްމުލަކުގައި 8 އާރެއް ނެތްކަމަށް ކުރީގެ ރަށުގެ ކަތީބުކަން ވެސް ކުރައްވާފައިވާ މުނީރު ހަސަން ވިދާޅުވެއެވެ. މިނީރު އޭނާ ފެ ފޭސްބުކް ޕޭޖުގަިއ ލިއުވާފައިވާ ގޮތުގައި އެންމެ ކުރާިގައި ފުވައްމުލަކުގައި އޮތީ ދެ އާރެކެވެ. އެއި ފޯކައިހިދޫކޮއެ އާރާއި ކިލަގެފާނު އާރު (ބޯދާ އާރޮ) އެވެ. ފުވައްމުލަކުގައި އިތުރު 6 އާރު  ހެދީ 1967 ގެ ފަހުން ކަމަށެވެ. ފުވައްމުލަކުގައި ބޮޑުވާ ފެންގަޑު ރަށުން ބޭރުކުރުމަށް އިތުރު 6 އާރޮ ހެދ،ީ ކުރީގެ ދެ ރަށް ވެރިން (އަތޮޅުވެރިން – މިހާރު ގޮތުން މޭޔާރު) ކަމަށްވާ ބަހާރުގެ އިބްރާހިމް ދީދީ އާއި އޮޅޮގިނައިގޭ (ފިނިވާގެ) އަޅީ މޫސާދީދީ (ކަޅުތުއްޔު ދީދީ) ގެ ވެރިކަމުގައި ކުރެވުނު މަޝްވަރާތަކުގެ ދަށުންކަމަށް ހާމަކުރައވައެވެ.

އެއިގެ ތެރެއިން 4 އާރެއް ވަނީ 1984 ގައި އެފްއޭއޯ (އ.ދ ގެ ފޫޑް އެންޑް އެގްރިިކަލްޗަރަލް އޯގަނައިޒޭޝަން) ގެ އެހީގައި ކޮންކްރިޓް ބޭނުންކޮށްގެން ހަދާފައި ވެއެވެ. އެއީ ފުވައްމުލަކުގެ އިރު-އުތުރު ބިތުން މާލެގަމު އާރާއި ހޯދަޑު އާރެވެ. އަދި ހުޅަނގު-ދެކުނު ބިތުން ދަޑިމަގު އާރާއި ފުނާޑު އާރެވެ. މި 4 އާރޮ ހަދާފައިވަނީ ފުވައްމުލަކުގެ މޫސުމަށް ބަލައިގެން ދެ މޫސުމުގައި ވެސް ފެން ބޭރުކުރުމަށް ފަސޭހަވާގޮތަށެވެ. ނަމަވެސް ދެހާހުގެ ފަހުކޮޅުގައި ފުވައްމުލަކު އެއާޕޯޓް ހެދުމާއެކު ފުނާޑު- ދޫނޑިގަން ހިސާބުން ފެން ބޭރުކުރުމަށް އޮތް ފުނާޑު އާރު ބޭނުން ނުކުރެވޭ ގޮތަށް ބަންދު ކުރީ އެއާޕޯޓް ރަންވޭއާއި ދިމާވާތީ ކަމަށް ވެއެވެ.

އެފއެއޯގެ އެހީގައި 1984ގައި ހެދި ކޮންކްރިޓް އާރޮ

އެފްއޭއޯގެ އެހީގައި ފުވައްމުލަކު ރައްޔިތުން މަސައްކަތް ކުރާ ގޮތަށް ހެދި މި 4 އާރު ހެދުމުގެ މަސައްކަތް ކުރީ ކޮންމެ ދެ އަވަށެއްގެ މީހުން ގުޅިގެން މަަސައްކަތް ކުރާ މީހުންނަށް ކޮންމެވެސް ވަރެއްގެ އުޖޫރައެއް ވެސް ލިބޭގޮތަށެވެ. އާރޮ ހެދުމުގެ މަސައްކަތުގެ ބިންގާ އެޅީ 17 ޖެނުއަރީ 1984 ދުވަހުގެ ހެނދުނު މާލެގަމު އާރޮ އާއި ހޯދަޑި އާރޮގައެވެ. މިމަސައްކަތުގެ އެފްއޭއޯގެ ކޮންސަލްޓެންޓަކީ ސްރީލަންކާގެ ކުރުކަލަ ސޫރިޔާ އެވެ.

ނަމްބަރު 1: މާލެގަމި އާރޮ ހެދީ – މާލެގަން-މިސްކިތްމަގު މީހުން

ނަމްބަރު 2: ހޯދަޑި އާރޮ ހެދީ – ހޯދަޑު-މާދަޑު މީހުން

ނަމްބަރު 3: ދަޑިމަގި އާރޮ ހެދީ – ދަޑިމަގު-ދިގުވާޑު މީހުން

ނަމްބަރު 4: ފުނާޑި އާރޮ ހެދީ- ފުނާޑު-ދޫނޑިގަން މީހުން

މި އާރޮ ތަކުން އެންމެ ދިގު ދަޑިމަގު އާރޮގައި 350 ފޫޓު، އަދި ފުޅާމިނާއި ފުންމިނުގައި ވެސް 10 ފޫޓު ހުރެއެވެ. އަދި އެންމެ ކުރު އާރޮ، ފުނާޑި އާރޮ ގައި ހުންނަނީ 250 ފޫޓެވެ. މީގެ އިތުރުން ހޯދަޑި އާރޮގެ ދިގުމިނަކީ257 ފޫޓު އަދި ފުނާޑި އާރޮ ގެން ދިގުމިނަކީ 250 ފޫޓެެވެ. ދަޑިމަގު އާރޮ ނޫން އަނެއް 3 އާރޮގެ ފުޅމިނުގައި ހުރި 6-7 ފޫޓު ވަރު އަދި ފުންމިނުގައި 4-6 ފޫޓެވެ. އެންމެ ތިލައީ އެވްރެޖްކޮށް 4 ފޫޓު ހުރި ހޯދަޑު އާރެވެ.

މިއާރޮ ތައް ހެދުނު އިރު ފެނާއެކު އާރޮ ތެރެއިން ދާ ފަސް ނުވަތަ ކިލާތައް ޖަމާކުރުމަށް އާރޮގެ ކޮންމެ 50 ފޫޓަކުން ޖަންކްޝަން ކަހަލަ ގޮޅިތަކެއް ބެހެއްޓުނެވެ. އަދި ކޮންމެ އާރެއްގައި 4 ދޮރުފަތް (ގޭޓް) ލާގޮތަށް އޮތެވެ. އެއީ މޫދުން އަންނަ ލޮނު އެތެރެއަށް ދިޔަ ނުދިނުމަށެވެ. ނަމަވެސް މިދޮރުފަތްތައް ހަރުނުކުރާ ކަމަށް ވެއެވެ.

އެފްއެއޯގެ އެހީގައި 1984ގައި ކޮންކްރިޓުން އާރޮ ހެދުމުގެ މަސައްކަތުގައި ރަށުގެ ރައްޔިތުން

ކުރީގައި ފުވައްމުލަކުގައި އޮތް 8 އާރަކީ:

1. ދަޑިމަގި އާރޮ (ދޫރެސްގެއާއި ރަންހަދުވަރުގޭ ދެމެދުން)

2. ދިގުވާޑި އާރޮ (މިހާރުގެ ހޯދަޑި އާރޮ – އައްޔާގެ/މާބުރުގެ އާއި ރަތްލީީގެ ދެމެދުން)

3. ހޯދަޑި އާރޮ – ހަވިއްތަމަގުން މާރަނގަ އާއި ބުގެ އާއި ދެމެދުގައި އޮތް އާރޮ

4. ފޯކައިދޫ ކޮއި އާރޮ – ބަހާރުމަގުން ހޯދަޑު ޒަމްހަރީރުގެ ވެލިދޫގެ އާއި ދެމެދުން އޮތް އާރޮ. މާދަޑު މީހުން ބެލެއްޓި އާރޮ

5. ބޯދާ އާރޮ (ކިލަގެފާނު އާރު) – ބަނޑަހަލްފަންނޮ އާއި ރަސްގެފަންނު ދެމެދުން، ‘ހިކަރި’ ކައިރީގައި އޮތް އާރޮ. މިއީ ކުރިން މާލެގަމު މީހުން ބެލެހެއްޓި އާރޮ.

6. މާލެގަމި އާރޮ (ކުރީގައި މިސްކިތްމަގު މީހުން ބެލެއްޓި އާރު)

7. ދޫނޑިގަމި އާރު – މަގުސަދު އާއި ނިއުސަން ގެ ދެމެދުގައި އޮތް އާރޮ

8. ފުނާޑު އާރޮ – އެއާޕޯޓް ސަރަހައްދަށް ދިމާވާގޮތަށް މިހާރު ބަންދުކުރެވިފައިވާ އާރޮ.

އިހުގަިއ ރަށުގެ ރައްޔިތުން އަމިއްލައަށް ހަދާފައިވާ އާރޮ

މި އާރޮ 4 އާރަށް ވެސް މިވަނީ ޒަމާނީ ބަދަލުތަކެއް ގެންނަން ޖެހިފައެވެ. އެބަދަލު ހަމައެކަނި އާރޮ ތަކަށް ގެނަޔަސް ރަށުތެރޭގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަކަށް ނުބެލެވެއެވެ. އާރޮތައް ވެސް ޒަމާނީ ގޮތަށް ބަދަލުކުރެވި މިހާރުގެ އާރޮތަކުން ފެން ބޭރުކުރުމުގައި ހުރި ގޮންޖެހުންތައް ހައްލުވާފަދަ ބަދަލުތަކެއް ގެންނަ ވެއްޖެއެވެ. ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހަދާއިރު ގާއިމުކުރާ ސްޓޯމްވޯޓާ ނިޒާމުން އަދި ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަކަށް ވެސް ގަބޫލު ނުކުރެވޭ ކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ.

ރަށުތެެރޭގައި ފެން ދައުރުވާ ގޮތް ވުމާއި ރަށުން ބޭރުކުރަންޖެހޭ ފެން ބޭރުކުރާ އާރޮތަކާއި ހަމަޔަށް ފަސޭހަކޮށް ގެންދެވޭނެ ނިޒާމަކަށް ފުވައްމުލައް ސިޓީ އިންތިހާއަށް ބޭނުންވެފައިވާކަން މިފަހަރުގެ ފެންބޮޑުވުމުގެ ހާދިސާއިން ސާފުވެއެވެ.

2.6/5.0 Article rating
7 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
2 Comments
Inline Feedbacks
View all comments
Anonymous
Anonymous
1 month ago

މިލިއުމުގެ ކާނުތސކާއި ގުޅޭ މަޢުލޫމާތު ރަގަޅެއްނޫން.