A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެއްޖެ

ފެންބޮޑުވެ، ހިނގާބީގާވެ އުޅުމަށް ދަތިވުމުްން ފެންހިއްކުމުގެ މަަސައްކަތުގައި - ސެޕްޓެމްބަރު 2022

ފުވައްމުލަކައް މިހާރު ކުރަމުންދާ ވިއްސާރާގައި ރަށަށް ބޮކޮށް ވާރޭ ވެހި އެކި ހިސާބުތަކުގައި ފެންބޮޑުވެ ހިނގާބިގާވެ އުޅުމަށް ދަތިވެފައި ވެއެވެ.

ފެންބޮޑުވުމާއި ގުޅިގެން މިއަދު ފުވައްމުލައް ސިޓީ ކައުންސިލާއި އެމް.ޓީ.ސީ.ސީ އަދި އެމް.އެން.ޑީ.އެފް ފަޔާ ސާވިސް ގުޅިގެން ފެން ބޮޑުވެފައިވާ ސަރަހައްދުތަކުގައި ޕަންޕު ބަހައްޓައި، ފެން ހިންދުމުގެ މަސައްކަތް ކުރެވެމުންކާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

މިފަހަރު މޫސޫން ގޯސްވެ ވާރޭ ވެހިފައި ވަނީ ފުވައްމުލަކުގެ ބޮޑެތިމަގުތައް ރަނގަޅު ފެންވަރަކަށް ހަދައި ތާރުއެޅުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށެވެ. ފެންބޮޑުވުމާއި ގުޅިގެން ތާރުއެޅުމުގެ މަސައްކަތް ވެސް ވަނީ މެދުލަކަނޑާލަން ޖެހިފައެވެ. ދިވެހިރާއްޖެއަށް އެންމެގިނައިން ވާރޭ ވެހެނީ ސެޕްޓެމްބަރު މަހުގައި ކަމަށް ފާއިތުވި 40 އަހަރު ރާއްޖެއަށް ވާރޭވެހިފައިވާ ގޮތުގެ ރެކޯޑުތައް ބެލުންމުން ފާހަގަ ވެއެވެ.

ފުވައްމުލައް ސިޓީގައި ފެންބޮޑުވެފައި- ސެޕްޓެމްބަރު 2022

ފުވައްމުލައް ސިޓީއަށް މޫސުން ގޯސްވެ ވާރޭ ވެހެން ފަށާފައިވާއިރު، މިފަހަރުގެ ވާރޭގައި މަގުތަކުގައި ފެންބޮޑުވެދާނެތޯ މިކަލް ނޫހުން އިއްޔެ ކުރި ސުވާލެއްގެ ޖަވާބުގައި، ފުވައްމުލަކު މެދުތެރޭގައި ދިރިއުޅޭ މީހަކު ބުނެފައިވަނީ ފެންބޮޑުވާނެ ކަމަށެވެ. އެއީ އިއްޔެއާއި ހަމަޔަށް އައިއިރު ފުވައްމުލަކަށް ވެހުނު ވާރެއިން އަދި އޯޅުތަކާއި އަޑިތަންތަން އެއްކޮށް ނުފުރޭ ކަމަށެވެ. އަދި އިތުރުށް ވާރޭ ވެހިއްޖެނަމަ އޮޅުތައް ފުރި މަގުތަކުގައި ފެންބޮޑުވާނެ ކަމަށް ބެލެވޭ ކަމަށް އެނާ ބުންޏެވެ. މަގުގައި ހަދާފަިއވާ ފެންހިންދާ ނިޒާމު ފުރިހަމައަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ގަބޫލެއް ނުކުރެއެވެ.

މިއަދު މަގުތަކުގައި ފެންބޮޑުވުމުން ބައެއް ފަރާތްތަކުން ސުވާލު އުފައްދަނީ މަގުހެދުމުގެ މަސައްކަތާއެކު ގާއިމުކުރި ސްޓޯމް ވޯޓާ ސިސްޓަމް މަސައްކތް ނުކުރަނީ ތޯއެވެ؟ ރަށުގެ އެކި ހިސާބުތަކުގައި ބެހެއްޓި ސްޓޯމް ވޯޓާ ޓޭންކްތައް އެއްދުވަހުން ފުރާލެވުނީ ބާއެވެ؟ އަދި އެޓޭންކް ތަކާއި ގުޅން ބުނި އޮޓޯ ޕަމްޕްގެ ނިޒާމު އަދި ގާއިމުކުރެވި ވަނީ ބާއެވެ؟

ފެންބޮޑުވެ، ހިނގާބީގާވެ އުޅުމަށް ދަތިވުމުްން ފެންހިއްކުމުގެ މަަސައްކަތުގައި – ސެޕްޓެމްބަރު 2022

އެއަށް ރަށްދުދެމުން ސަރުކާރަށް ތާއިދުކުރާ ބައެއް ފަރާތްތަކުން ބުނަނީ ފުވައްލަކުގެ ސްޓޯމް ވޯޓާ ސިސްޓަމް އަދި މުޅިން ގާއިމު ނުކުރެވޭތީ ފެން ބޮޑުވި ކަމަށެވެ. އަދި އެސިސްޓަމް ގާއިމުވުމުން ފެންބޮޑު ނުވާނެ ކަމަށާއި ކެތްތެރިވެ ތިބެ އެތަން ބެލުމަށެވެ.

ފަހަކަށް އައިސް ރަށުގައި ފެން ބޮޑުވުމުން، ރަށުން ފެން ހިންދުމަށް ބޭނުން ކުރަމުން އައީ ޕަންޕް ޖަހައިގެން ފެންގަނޑު އެއްތަނުން އަނެއް ތަނަށް ބަދަލުކުރުމައި ބައެއް ހިސާބުތަކުން މޫދަށް ފެން ބޭރުކޮށްގެންނެވެ.

އެންމެ ކުރީގައި ފުވައްމުލަކުގައި ފެން ބޮޑުވުމުން ރަށުން ފެން ހިންދުމަށް ބޭނުންކުރީ ރަށުގެ އެކި ހިސާބުތަކުގައި ހަދާފައުވާ އާރު(ކާނު) ތަކެވެ. ނަމަވެސް، ތަރައްގީގެ ގިނަ މަސައްކަތްތަކެއް ރަށުގައި ހިނގައި، އާއްމުގެ ގޭތަކާއި މަގުފާރުތައް އިތުރުވެ ކާނުތަކާއި ހަމަޔަށް ފެން ދައުރުކުރުމުގައި ގިނަ ހުރަސްތަކެއް ދިމާވެފައިވުމުން އެންމެ އެކަށީގެންވާ މިނެއްގައި އާރުތަކުން ފެން ހިންދާނުލެވޭތީ ޕަމްޕް ހޯދައިގެން ފެން ބޭރުކުރުނަ ޖެހުނީކަމަށް ކުރީގެ ސިޓީ ކައުންސިލުން ހާމަކޮށްފައި ވެއެވެ.

ނަމަވެސް ރަށުގެ ބައެއް އާއްމުން މިކަން ގަބޫލެއް ނުކުރެއެވެ. ކުރީގެ ކާނު ނުވަތަ އާރު ތައް ބާކީކޮށްލައި އާރުތެރޭގައި 4 އިންޗި ނުވަތަ 6 އިންޗީގެ ހޮޅިއެއް އަޅާއިގެން ރަށުގެ ފެން ހިންދުމަށް ޕެތްރޯލް ޕަމްޕް ބޭނުންކޮށްގެން ކުރާ ކަރަދަކީ ބޭކާރު ޚަރަދެއްގެ ގޮތުގައި އެމީހުން ދެކެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !