ފުވައްމުލަކު ސިޓީގެ މަގުތަކުގައި ތާރު އެޅުމަށް ތައްޔާރުވަނީ

Share on facebook
Share on twitter
Share on google

ފުވައްމުލަކު ސިޓީގެ އެތެރޭގެ މަގުތަކުގެ ތެރެއިން ބޮޑެތި މަގުތަކުގައި ތާރުއެޅުމަށް ތައްޔާރުވެއްޖެއެވެ. ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ އޭބީސީ ފަށަލަ މިހާރުދަނީ ފިނިވާމުގައި އަޅަމުންނެވެ. ފިނިވާމަގުގެ އިތުރުން، އޯކިޑް މަގާއި އަރުއްފަންނު މަގާއި، ގެންމިސްކިތްފަންނު މަގުގެ އިތުރުން ބައެއް އެހެން ބޮޑެތި މަގުތަކުގައިވެސް އޭބީސީ ފަށަލަ އެޅުމަށް ދަނީ ތައްޔާރުވަމުންނެވެ. ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 75 އިންސައްތަ ވަނީ ފުރިހަމަކުރެވިފައިވާ ކަމަށް އެމްޓީސީސީއިން ހާމަކުރެއެވެ.

ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ތާރާއި ވެހިކަލްތަކާއި އެހެނިހެން އާލާތްތައްވެސް ފުވައްމުލަކަށް މިހާރު ވަނީ ގެނެސްފައެވެ. އެހެންކަމުން، ދާދި އަވަހަށް މިހާރު ތައްޔާރުވަމުންދާ މަގުތަކުގައި ތާރުއެޅިދާނެކަމަށް ބެލެވެއެވެ. މިކަމާއި ގުޅޭ ގޮތުން، އެމްޓީސީސީއިން ކުރިން ބުނެފައިވަނީ މި ޖުލައި މަސްތެރޭ ތާރުއެޅުމުގެ މަސައްކަތް ފެށޭނެކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މަސައްކަތް ނިންމާލެވޭނެކަމަށެވެ. ނަމަވެސް، އޭގެ ފަހުން ވަނީ އިތުރު މަސައްކަތްތަކެއް މި މަޝްރޫއަށް އިތުރުވެފައެވެ.

މި މަޝްރޫޢުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭކަމަށާއި މި މަޝްރޫޢަކީ 331.05 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށްވެސް އެމްޓީސީސީއިން ހާމަކުރެއެވެ.

ފުވައްމުލައް ސިޓީގެ އެތެރޭގެ 31 މަގެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 04 ވަނަ ދުވަހެވެ. އަދި އަމަލީ މަސައްކަތް ފަށާފައިވަނީ ޖުލައި 20، 2020 ގައެވެ. އެއަށްފަހު އެމަސައްކަތަށް އެކިފަހަރުމަތިން ބަދަލުތަކެއް ވަނީ އައިސްފައެވެ.

5.0/5.0 Article rating
3 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments