A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ވެލިމަގުތައް އެއްވަރު ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފި

ފުވައްމުލަކު ސިޓީގެ ނެހެދިހުރި ބައެއް ވެލިމަގުތައް އެއްވަރުކޮށް ވިނަނޮޅާ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. މިމަހު 1 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ކުރިއަށްދިޔަ މިމަސައްކަތުގެ ތެރެއިން އާންމުން ބޭނުންކުރަމުންދާ މުހިންމު މަގުތަކާއި ގޯޅިތަކުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.

މިމައްސައްކަތުގެ ތެރެއިން އެއްވަރުކޮށް ސާފުކުރެވުނު މަގުތަކާއި ގޯޅިތަކުގެ ތެރޭގައި ކެމިމަގާއި ގުލްޒާރުމަގު ގުޅޭ ސަރަހައްދާއި، ރޯޝަނީ މަގާއި ޕެންޒީމާގޯޅި ގުޅޭ ސަރަހއްދާއި، ބަހާރީ ހިގުމާއި، ބޯވެލި ގޯޅިއާއި، ކުޅޭފެ ގޯޅިއާއި، ދަށިއަޑިމަގާއި، ކަޅުފެހިމަގާއި، ފުނަމާމަގާއި، އަލިވާމަގާއި ދަކަނދާހިގުން ގުޅޭ ސަރަހައްދު ހިމެނެއެވެ.

ފުވައްމުލަކުގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހެދުމުގެ ފިޔަވަހި 1 ނިމި މިހާރުވަނީ ފިޔަވަހި 2 ގެ މަސައްކަތްވެސް ފެށިފައެވެ. ނަމަވެސް އަދިވެސް ގިނަ އަދަދެއްގެ މަގުތައް ނެހެދި އެބަހުއްޓެވެ.

+1
1
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !