ފުވައްމުލަކުގެ މަގުތަކުގައި ތާރު އެޅުމަށް ތައްޔާރުކޮށް ތާރުނޭޅި ގިނަ ދުވަސްތަކެއްވަނީ

Share on facebook
Share on twitter
Share on google

ފުވައްމުލަކުގެ މަގުތަކުގެ ތާރު އެޅުމަށް ތައްޔާރުކޮށް ތާރު ނޭޅި ގިނަދުވަސްތަކެއް ވަމުންދާތީވެ އާންމުންނަށް ހިގާބިގާވެ އުޅުމަށާއި ވެހިކަލްތައް ދުއްވުމުގައި ތަފާތު އުދަގޫތަކެއްވަމުން އެބަދެއެވެ. ފުވައްމުލަކު އެންމެ ކާރޫބާރު ބޮޑު ފިނިވާމަގާއި އޯކިޑުމަގުމިހާރުވަނީ ކޮނެ އެއްވަރުކޮށް ބައެއް ސަރަހައްދުތަކުގައި އޭބީސީ ފަށަލަވެސް އަޅާފައެވެ. މިދިޔަ މަހު 24 ވަނަ ދުވަހު އޭބީސީ ފަށަލައަޅަން ފަށާފައިވާ ކަމަށް އެމަސައްކަތާއި ހަވާލުވެފައިވާ އެމްޓީސީސީއިން ހާމަކޮށް އެކުންފުނީގެ ފޭސްބުކް ޕޭޖުގައި އަޕުޑޭޓުކޮށްފައިވެއެވެ. އޭގެ ފަހުން ދެ ހަފުތާއެއްހާ ދުވަސް ފާއިތުވެގެން ދިޔައިރުވެސް އެމަގުތަކުގައި އަދި ތާރުގެ މަސައްކަތެއް ނުކުރެވެއެވެ.

ފާއިތުވީ ދެހަފުތާއެއްހާ ދުވަސްތެރޭ އެމަގުތަކުގައި ތާރު ނޭޅުމުގެ ސަބަބުން ދުއްވާ ތަކެއްޗާއި ހިގާބިގާވާ އާންމުންނަށްދަނީ ތަކުލީފުތަކާއި ކުރިމަތިވަމުންނެވެ. އެގޮތުން، ފާއިތުވީ ދެތިން ދުވަސްތެރޭ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންގަނޑު އެމަގުތަކުގައި ބޮޑުވެފައިވާއިރު ފެން ހިންދާ ނިޒާމުގެ ޖަންކްޝަންތަކުން ފެންހިންދޭނެ ގޮތެއްނެތެވެ. މީގެ އިތުރުން އޭބީސީ ފަށަލަ އަޅާފައިވާ ސަރަހައްދުގެ ހިލަގަނޑުގެ ސަބަބުން ދުއްވާ އުޅަނދުފަހަރުތައް ދުއްވުމަށްދަނީ ދަތިވަމުންނެވެ. މިކަމުގެ ސަބަބުން އާންމުނާއި ވިޔަފާރިތަކަށް ގެއްލުންވަމުންދާ ކަމުގެ ޝަކުވާ ގިނަ ފަރާތްތަކަކުން މިކަލް ނޫހާއި ހިއްސާކުރިއެވެ. “މީގެ ކުރިން މިފިހާރައަށް ލިބޭ އާމްދަނީ ގާތްގަޑަކަށް ދެބައިކުޅައެއްބައި މިހާރު ލިބެނީ، ކިހިނެތް އާންމުން ފިހާރައަށް އަންނާނީ މަގުގެ އަނެއްފަރާތުގައި ހުރިގެތަކުގެ މީހުންވެސް އެތިބީ މަގު ހުރަސްނުކުރެވި ދުއްވާ އެއްޗަކަށް މިމަގަކަށް ނޭރެވޭ، މިގޮތަށް މިމަގު އޮންނަތާ މިވަނީ 2 ހަފުތާ” ފުވައްމުލަކުގެ ވިޔަފާރިވެރިއަކު މިކަލް ނޫހާއި ހިއްސާކުރިއެވެ.

މީގެ ކުރިން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމުވަނީ ޖުލައި މަހުތެރޭ ތާރު އެޅުމުގެ މަސައްކަތް ފެށޭނެކަމަށް ވިދާޅުވެފައެވެ. އޭގެކުރިންވެސް އެފަދަ ތަފާތުއެކިއެކި ތާރީޚުތައް އެމްޓީސީސީއިން ވަނީ ދީފައެވެ. ނަމަވެސް އެތާރީޚުތަކުގައި އެވިދާޅުވާ ކަންތައްތައް ކުރެވިފައެއްނުވެއެވެ. ފުވައްމުލަކުގެ ބައެއް ފަރާތްތަކުން މިކަލް ނޫހާއި ހިއްސާކުރި ގޮތުގައި ފުވައްމުލަކުގެ މަގުތަކުގައި އޭބީސީ ފަށަލަ އަޅާފައިވަނީ ޖުލައި މަސްތެރޭގައި ތާރުއެޅުމުގެ މަސައްކަތް ފަށާނެކަމަށް އާދަމް އާޒިމު ވިދާޅުވެފައިވާ ވާހަކަ ހިފެހެއްޓުމަށެވެ. އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ފަށާފައިވަނީ ތާރު އެޅުމަށް ބޭނުންވާ ސާމާނު ނުގެނެސް، އޭރުވެސް އެގޭނެ މިމަގުތަކުގެ ބޮޑު ބައެއް ނިމޭއިރަށްވެސް ތާރުއެޅުމުގެ މަސައްކަތް ނުފެށޭނެކަން، އެގޮތަށް އޭބީސީ ފަށަލަ އަޅާފައިވަނީ ރައްޔިތުންގެ ލޮލުގައި އަދުން އެޅުވުމަށް ކަމަށް މިކަލް ނޫހާއި މައުލޫމާތު ހިއްސާކުރި އެ ފަރާތަކުން ހާމަކޮށްފައިވެއެވެ.

އެމްޓީސީސީއިން މަސައްކަތްކުރަމުންދަނީ ރައްޔިތުންނަށް އުދަގޫވާގޮތަށް ގަސްދުގައިކަމަށްވެސް މިކަލް ނޫހާއި މައުލޫމާތު ހިއްސާކުރި ބައެއް ފަރާތްތަކުން ހާމަކުރެއެވެ. އެފަރާތުން ހާމަކޮށްފައިވާ ގޮތުން އެގޮތަށް އެމްޓީސީސީއިން އަމަލުކުރަމުންދަނީ އެމަސައްކަތް ލަސްވެ އެކަމުގެ ޝަކުވާ އާންމުންނާއި ސިޔާސީ ފަރާތްތަކުން ކުރަމުންދާތީ އެކަންތައް އޮޅުވާލުމުގެ ނިޔަތުގައެވެ. އެގޮތުން، ފުރިހަމައަށް ތައްޔާރުނުވެ ތަކެތި ނުލިބެނީސް މަގު ކޮންނަންފެށުމާއި މަގު ކޮނެފައި ގިނަ ދުވަސްތަކެއްވަންދެން އެމަސައްކަތް ނުނިންމާ މީގެ ކުރިން ހުރިކަންވެސް ފުވައްމުލަކުގެ ގިނަ ބަޔަކު ފާހަގަކުރެއެވެ.

އެމްޓީސީސީއަށް ވެސް އެގޭނެ މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއްކަން، އެހެންކަމުން، އޭބީސީ ފަށަލަ އެޅުމަށް މަގު ކޮނެލެވެލް ކޮށްފިނަމަ ކިތަންމެ ކުޑަ ފާރޭފޮދެއް ވެހުނު ނަމަވެސް އެފެން ނުހިދޭނެކަމާއި އެފެންގަޑު ބޮޑުވާނެކަން އެމްޓީސީސީގެ މުވައްޒަފުންނަށް އެގޭނެ، އަދި އެގޮތަށް މަގު ކޮނެ އެއްވަރު ކުރުމުން މަގުގެމެދުގައިވާ ޖަންކުޝަންތައް އެހުންނަނީ ދުއްވާ އުޅަނދުފަހަރު އަޅައިގަންނަ މިންވަރަށް މައްޗަށް ހިއްލިފައި އެގޮތަށް މަގު ގިނަ ދުވަހަކަށް ހުރެފިނަމަ އެސަރަހައްދެއްގެ އާންމުންނަށް ވާނެ އުދަގޫ އެމަސައްކަތްކުރާ މުވައްޒަފުންނަށް އެގޭނެ، އެހެންވެ އަހަރެމެން މިބުނަނީ އެމްޓީސީސީއިން އެކަން އެކުރަނީ ގަސްދުގައިކަމަށް” ނަން ނުޖެހުމަށް ޝަރުތުކޮށް މިކަލް ނޫހާއި ވާހަކަ ދެއްކި ފަރާތަކުން ހާމަކުރެއެވެ.

4.0/5.0 Article rating
8 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments