ފުވައްމުލަކު ސިޓީގެ މަގުގެ 72 އިންސައްތަ ނިމިއްޖެ – އެމްޓީސީސީ

އެތެރޭގެ މަގުހެދުމުގެ މަސަކަތް ޖޫން 2022
Share on facebook
Share on twitter
Share on google
ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 72.65 އިންސައްތަ ނިމިފައިވާ ކަމަށް އެމަސައްކަތާއި ހަވާލުވެފައިވާ އެމްޓީސީސީއިން ބުނެފިއެވެ. އެކުންފުނިން އިތުރަށް ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދަނީ ފެންހިންދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްކަމަށެވެ.
އަންނަ ޖުލައިމަހުތެރޭ ފުވައްމުލަކުގެ އެތެރޭމަގުތަކުގެ ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައްވަމުންދާ ކަމަށް އެމްޓީސީސީ އާއި ހަވާލާދީ ފުވައްމުލަކު ސިޓީ ކައުންސިލުންވަނީ މިދިޔަ މާޗުމަހު ބުނެފައެވެ.
މި މަޝްރޫޢުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ފުޓްޕާތު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭކަމަށްވެސް އެމްޓީސީސީއިން ހާމަކުރިއެވެ. މި މަޝްރޫޢަކީ 331.05 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ފުވައްމުލައް ސިޓީގެ އެތެރޭގެ 31 މަގެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 04 ވަނަ ދުވަހެވެ. އަދި އަމަލީ މަސައްކަތް ފަށާފައިވަނީ ޖުލައި 20، 2020 ގައެވެ. އެއަށްފަހު އެމަސައްކަތަށް އެކިފަހަރުމަތިން ބަދަލުތަކެއް ވަނީ އައިސްފައެވެ.
5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments